މާލޭގެ މިސްކިތެއްގައި މަޣްރިބް މަނާދުކުރަން ހުރި މީހެއްގެ ފޯނެއް ވަގަށް ނަގައިފިއެވެ.

ފުލުހުން ވިދާޅުވީ، އިއްޔެ އިރު އޮއްސި 18:30 އެހާއިރު، އެ މީހާގެ ފޯން ވަގަށް ނަގާފައި ވަނީ ނަމާދު ކުރުމަށް އެމީހާގެ ފައިކައިރީގައި ފޯނު ބާއްވައިގެން ހުއްޓާއެެވެ. އަދި އެ މައްސަލަ ރޭ ފުލުހުންނަށް ހުށަހެޅުނު ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، ވަގަށް ނަގާފައިވަނީ އައިފޯނު އެކްސް އެސް މޯބައިލް ފޯނެކެވެ.

އަދި ފުލުހުން ކުރި މަސައްކަތުން ރޭ 22:19 ހާއިރު ފޯން ވަނީ ހޯދާފައެވެ. އަދި އެ ފޯން އޭގެ ވެރި ފަރާތާއި ވަނީ ރޭ ހަވާލުކޮށްފައެވެ.

ފުލުހުން ވިދާޅުވީ، އެ ފޯން ވަގަށް ނެގި މީހާ ހައްޔަރުކޮށްފައި ނުވާ ކަަމަށެވެ.

ފުލުހުން ވިދާޅުވީ، މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖަޒީރާ ހުއްދަ

    ފުލުހުން ވިދާޅުވީ، އެ ފޯން ވަގަށް ނެގި މީހާ ހައްޔަރުކޮށްފައި ނުވާ ކަަމަށެވެ. އެއީ ޖަޒީރާ ރާއްޖޭގާ ފޯނުވަގަށް ނެގުމާ ދީނަށް ބަދުބަސްބުނުން އޯކޭވީ ހިސާބުން ކަމަށްވެދާނެ.

    10