ރިކޯޑް އަދަދެއްގެ ބައިވެރިނާއި އެކު 33 ވަނަ ގައުމީ ގުރުއާން މުބާރަތް އަންނަ މަހު އެކެއްގައި ފަށަން ތައްޔާރުވެއްޖެއެވެ.

އަންނަ މަހުގެ އެކެއް އިން ހަތަކަށް މާލޭގައި ބާއްވާ ގައުމީ ގުރުއާން މުބާރާތާއި ގުޅޭގޮތުން މިއަދު އިސްލާމީ މަރުޖަޒުގެ މީޓިން ރޫމްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މި މުބާރާތުގެ އިންތިޒާމު ކޮމެޓީގެ ފަރާތުން ވާހަކަ ދައްކަވަމުން އަހުމަދު ތައުފީގް ވިދާޅުވީ އެހެން މުބާރަތްތަކޭ ހިލާފަށް މިފަހަރު މުބާރާތުގައި ރިކޯޑް އަދަދެއްގެ ބައިވެރިން ބައިވެރިވާނެ ކަމަށެވެ.

"މި ފަހަރުގެ މުބާރާތުގައި ގާތް ގަނޑަކަށް 1100 އަށް ވުރެން ގިނަ ބައިވެރިން ބައިވެރިވާނެ އެހެން ކަމުން މިއީ މި މުބާރާތް އެންމެ ގިނަ އަދަދެއްގެ ބައިވެރިން ބައިވެރިވާބެ ފަހަރު " އަހުމަދު ތައުފީގް ވިދާޅުވިއެވެ.

މިއަދު އިސްލާމިކް މިނިސްޓްރީގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން - ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް

ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ގުރުއާނާއި ބެހޭ ގައުމީ މަރުކަޒުގެ އެޒެކުޓިވް ޑައިރެކްޓަރ އިބްރާހިމް ރާފިއު ވިދާޅުވީ އަންނަ މަހު އެކެއް ގައި ފަށާ މި މުބާރަތް ހަތް ދުވަހަށް ދިގު ދެމިގެން ދާއިރު މުބާރާތުގެ ބަލައިގެން އަދި ހިތުން ކިޔެވުން ބާއްވަނީ ވަކި ދެތަނެއްގައި ކަމަށެވެ.

"އަޅުގަނޑުމެން މި މުބާރާތުގެ ކިޔެވުން ބާއްވަނީ އިސްލާމީ މަރުކަޒާއި ގުރުއާނާއި ބެހޭ މަރުކަޒުގައި , އެއީ ބަލައިގެން ކިޔެވުމާއި ހިތުން ކިޔެވުން " އޭނާ ވިދާޅުވިއެވެ.

މި މުބާރަތް އިންތިޒާމު ކުރާ ކޮމެޓީން ވިދާޅުވީ މި މުބާރަތް ރާއްވާ ހިންގާ ކަންކަން ވަރަށް ގާތުން ނައިބު ރައީސް ފައިސަލް ނަސީމާއި އިސްލާމިކް މިނިސްޓަރ ޑރ އަހުމަދު ޒާހިރު ބައްލަވަމުން ދާކަމަށެވެ.

މީގެ އިތުރުން މި މުބާރާތަށް މާލެ ވަޑައިގަންނަވާ ހުރިހާ ފަރާތަކަށް ފާސޭހަވާނެ ގޮތަށް ކަންކަން ރާވާފައިވާ ކަމަށް އިންތިޒާމު ކޮމެޓީން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޢާޝޯހު

    ހީވޭ ކަމެއްްހެން

    4
    6
  2. އަލީ

    ރާފިއު. އަސްލުވެސްތަ. ކޮންއިރަކު ކީއްވެގެންތަ އެމަގާމް. ހަމަ އެކަނި ކޮންމެ ގްރޭޑެއްގައި 3 އަހަރު ހޭދަކުރަމުން ސްކޫލް ނިންމާލި ދަރިވަރެއް. މުބާރާތުގެ ކޮލިޓީ

  3. ޔާޤޫތު

    ވަރަށް ހިތާމަޔާއެކު ބުނެލަން އޮތީ ތި މުބާރާތުން ފެންނަންވާ ކޮލިޓީއާ ގާތަށްވެސް ފެންވަރު ފެނިގެން ނުދާނެކަން. ސަބަބުތަކުގެތެރެއިން އެއް ސބަބަކީ ބައެއް ރަށްރަށުގެ ސްކޫލުތަކުގައި އޮޑިޝަން ބޭއްވިގޮތް. ބައެއް ސްކޫލުތަކުގައި އޮޑިޝަން ބާއްވަން އިސްކޮށް ތިބީ ދަރިވަރުންގެ ބައްޕަމެން. އެމީހުން އެގޮތް މިގޮތުންވެސް ވަނީ މުބާރާތަށް ގެންދިއުމަށް ދަރިން ހޮވާފައި.