2 ރަށެއްގެ ބިން ހިކުން އަދި އެއް ރަށެއްގެ ބަނދަރު ސާވޭ ހަދަން އެމްޓީސީސީ އާއި މިއަދު ހަވާލުކޮށްފިއެވެ.

މިއަދު ޕްލޭނިންގ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ، ހަސަން ޝާހް އެވެ. ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގް އެވެ.

އެމްޓީސީސީ އާއި މިއަދު ހަވާލުކޮށްފައި ވަނީ ކ. މާފުށި އަދި ކ،ގުރައިދޫގެ ބިން ހިއްކުމުގެ މަޝްރޫޢު ކުރިއަށްގެންދިއުމަށެވެ. 225 ދުވަހުގެ ތެރޭގައި ނިންމާގޮތަށް، އެ މަސައްކަތް ހަވާލުކުރެވުނުއިރު، މާފުށި ބިން ހިއްކުމުގެ މަޝްރޫއަށް 99،981،373.0 ރުފިޔާ ހަރަދުވާނެއެވެ. އަދި ގުރާދޫ ބިން ހިއްކުމުގެ މަޝްރޫއަށް 85،931،168.4 ރުފިޔާ ހަރަދުވާނެއެވެ.

މީގެ އިތުރުން، އެމްޓީސީސީ އާއި މިއަދު ހަވާލުކުރެވުނީ، ރ. އަނގޮޅިތީމުގެ ބަނދަރުގެ ސާރވޭ އެންޑް ޑިޒައިން މަސައްކަތް ކުރުމަށެވެ. އެ މަސައްކަތަށް 305,505.10 ރުފިޔާ ހަރަދުވާނެ ކަމަށް ޕްލޭނިންގ މިނިސްޓްރީން ބުނެއެވެ.