ރާއްޖޭގެ ސިޔާސީ މަސްރަހަށް ބަލާއިރު ރާއްޖެއަށް އިންޑިއާ ސިފައިން ފޮނުވަން ޖެހިދާނެ ކަމަށް އިންޑިއާގެ ވެރިކަން ކުރާ ޕާޓީ ބީޖޭޕީގެ ލީޑަރު ޔަޝްވަންތު ސިންހާ ވިދާޅުވުމުން އެކަމަށް އިންޑިއާގައި ހުންނަ ޗައިނާގެ އެމްބަސީ އިން ރައްދު ދީފިއެވެ.

ނިއުދިއްލީގައި ހުންނަ ޗައިނާގެ އެމްބަސީ އިން އިއްޔެ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ރާއްޖޭގެ މައްސަލަ ހައްލު ކުރަން ޖެހޭނީ ދިވެހިންގެ މެދުގައި މަޝްވަރާ ކޮށްގެން ކަމަށެވެ.

"ޗައިނާ އިން ގަބޫލުކުރާ ގޮތުގައި ރާއްޖޭގެ މައްސަލަ ހައްލު ކުރުމުގެ ގާބިލްކަން ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ކިބައިގައި އެބަހުއްޓެވެ. ރާއްޖެއަށް ދިމާވެފައިވާ މައްސަލަތައް ރާއްޖޭގެ ޤާނޫނުތަކުގެ ތެރެއިން ހައްލު ކުރެވޭނެއެވެ." އެމްބަސީގެ ބަޔާނުގައި ވެއެވެ.

ޗައިނާގެ ބަޔާނުގައި ވަނީ ޗައިނާ އިން ރާއްޖޭގެ 17 ރަށެއް ގަނެފައިވާ ކަމަށް ބީޖޭޕީގެ ލީޑަރާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ވާހަކަފުޅު ދޮގު ކޮށްފައެވެ.

ޗައިނާ އެމްބަސީ އިން ބުނީ ޗައިނާ އިން ރާއްޖޭގެ ރަށްތަކެއް ގަނެފައިވާ ކަމަށް ބުނެ ދައްކަނީ "އެއްވެސް އަސާސެއް ނެތް ދޮގު ވާހަކައެކެވެ."

ޗައިނާގެ ސަރުކާރުން ހިންގާ "ގްލޯބަލް ޓައިމްސް" އިން ވެސް މިއަދު ބުނެފައި ވަނީ ރާއްޖެއަށް އިންޑިއާ އިން ސިފައިން ފޮނުވައިފިނަމަ އެކަން ޗައިނާ އިން ހުއްޓުވާނެ ކަމަށެވެ. އދ. އިން ފާސްކޮށްގެން ނޫން ގޮތަކަށް ރާއްޖެއަށް ސިފައިން ނުފޮނުވޭނެ ކަމަށް ޗައިނާ އިން ބުންޏެވެ.

އދ.އިން އެއްވެސް ގައުމަކަށް ސުލްހަ ބަލަހައްޓާ ފައުޖެއް ފޮނުވޭނީ އދ.ގެ ސަލާމަތީ މަޖިލީހުން އެކަމާއި ބެހޭ ޤަރާރެއް ފާސްކޮށްގެންނެވެ. ސަލާމަތީ މަޖިލީހުގައި ވީޓޯ ކުރުމުގެ ބާރު ޗައިނާ އަށް ލިބިފައި ވާތީ ޗައިނާ އިން ދެކޮޅު ހަދާ އެއްވެސް ޤަރާރެއް ސަލާމަތީ މަޖިލީހުން ފާހެއް ނުވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ޢަލީ

    އިންޑިޔާ މީހުންގެ ލޯ ބޮޑު ކަމުގަިވިޔަސް ދުރު ފެންނަނީ ޗައިނާ މީހުނަށްކަން ޔަޤީން.

  2. މަހަށްދޭބަލަ

    އިސްތިއުފާ ދޭން ތައްޔާރު ނުކިޔާ މައުމޫނުގެ ދިޔެ އިސްތިއުފާ ދީފައި ގެއަށް ކަނޑާލާ އެއިރުން އެކަން ނިމުނީ އެއް ނޫން ދޯ. މަހަށް ދޭބަލަ މަހަށް މަހަށް މަހަށް ދޭބަލަ.

  3. ހަރާމްކޯރު އަނނީ

    ހިހހިހިހިހ ސަބަހޭ

  4. މަހަށްދޭބަލަ

    ކޯއްޗެއްތޭ ރައީސް އާއި ދެކޮޅަށް ކުރާ ކަންކަން ހަމަ ހިމެނޭނީ ބަޣާވާތަކަށޭ ތަމެން ރަންރީނދޫ ޓްވިޓަރޭ މެން ދެން ތިޔާ ކަން ހުއްޓާލާ ދަގަ ބޮލިހިލަން. އެއިރުން މާތާހިރު ވާނެ އެއް ނޫންތޭ. ކޮން އަޒުލެއް ތޭ ބޮޑު އެއް އަޒުލް އޮންނާނީ އިނގޭތޭ. މަހަށް ދޭބަލަ ދެން. މަހަށް މަހަށް މަހަށް ދޭބަލަ ދެން.

  5. މަހޭސް

    އިންޑިޔާ އެކަނިތަ މިދުނިޔޭގައޮތީ، މާބާރުގަދަ ޤައުމުތައް މިޤައުމަށް އެހީވުމަށް ތައްޔާރަށް ތިބިކަން އެގިއްޖެނުން، ޗައިނާއާއި ތޮޅެން ކެރެންޏާ ފުއްޕަންވީ މޯދީ

  6. Anonymous
  7. ޙުސެން

    ޝުކުރިއްޔާ ޗައިނާގެނގުޅުއްވާ ސިޔާސަތު ދިވެހިންގެ ކަންތައް ހައްލުކުރުމައް ބޭރުގެ ބާރުގަދަގަވްމު ތަކުން ރާޖެއައް ސިފައިން ފޮނުވުމަކީ ރަނގަޅުކަމެއް ކަމަކައްއަޅުގަަަޑު ގަބޫލެއްނުކުރަް ސުކުރިއްޔާ

  8. Anonymous

    ޝުކުރިއްޔާ ޗައިނާގެނގުޅުއްވާ ސިޔާސަތު ދިވެހިންގެ ކަންތައް ހައްލުކުރުމައް ބޭރުގެ ބާރުގަދަގަވްމު ތަކުން ރާޖެއައް ސިފައިން ފޮނުވުމަކީ ރަނގަޅުކަމެއް ކަމަކައްއަޅުގަަަޑު ގަބޫލެއްނުކުރަް ސުކުރިއްޔާ

  9. އެދުރުބެ

    އަންނި އަކީ ގިނަފަހަރު ހަމަ ހޭގައި ހުންނަ މީހެއް ނޫން. އޭނަ ދައްކަފާނެ ކޮންމެ ވާހަކަ އެއްވެސް. އޭނަ ދައްކާ ވާހަކަ އަށް ބަރޯސާވެ މިލިޓަރީ ފޮނުވާކަމކަށް ވަންޏާ އިންޑިޔާ ސަރުކާރުގެ މައުލުމާތު ހޯދާ އެނަލައިޒް ކުރުމުގެ ގާބިލްކަމާއި މެދު ސުވާލު އުފެދޭ.

  10. އަބޫސުފްޔާން

    އިންޑިޔާ ދެން ކޮން ބޮޑޭއެއްވާކަށް. އަދި ނުވޭ ދުނިޔޭގެ ބާރަކަށް ވަންދެން ކެިތްކޮއްލާ. އަހަރެމެން ސަރުކާރަށް ތާއީދުނުކުރާއިރު އަންނި އަށްވެސް އަދި އިންޑިޔާއަށްވެސް ތާއީދު ނުކުރަން. ޗައިނާއަށް ސެލިއުޓްކުރަން. ހުރިހާ ގޮތަކުންވެސް ޗައިނާ މާ ރަނގަޅު. އަދި ވަންޏާ އައިހެވަންވެސް ދޭނީ ޗައިނާއަށް..އަމުދުން އިންޑިޔާޢިން މޮފަހަރު ބަސްމަގު ބެހެއްޓިގޮތުން އެހެން ހަދާނީ

  11. ޖަޔަ ސަންކަރު

    މިޤަޢުމު މިދާވަރުން ދާނަމަ ޤައްދާރުންގެ މުސީބާތުން އަޅުވެތިކަމަކަށް ދިއުން ގާތް. ބައްލަވާ ރައްޔިތުންނޭ! އެމެރިކާ / އިނގިރޭސިވިލާތް އަޑީގައި އޮވެގެން އިސްލާމީ ބޮޑެތި ޤައުމުތަކާއި ކުޅެލައި މުޅި ޤަޢުމު ވެއްޔަށް ހަދާލައިފި. މިފަދަ ކަމެއް މާތް ﷲ މިޤަޢުމަށް މިންވަރު ނުކުރައްވާށި!

  12. ާފަރީދު

    ތިއޮތީވާ ކަމެށް...ވާވާ

  13. އަދިތަ

    ނަޝީދުގެ މަސައްކަތަކީ ޤައުމތައަް ޖެއްސުން

  14. މިލިޓަރީ އެނަލިސްޓް

    އިންޑިއާ އަށް އެމެރިކާގެ މަދަދު ލިބޭ ގޮތަށް އިންޑިއާ ކަނޑުގަ ކުރާ ހަނގުރާމައެއްގަ ޗައިނާ އަށް އިންޑިއާގެ މައްޗަށް ކުރި ހޯދުމަކީ ވާނެ ކަމެއް ކަމަށް ނުބެލެވޭ... ހުރިހާ އެޑްވާންޓެޖަސް އޮތީ އިންޑިއާގެ ސަބްމެރިން ތަކާ އިންޑިއާގެ އެއާ ފޯސް އަށް... މިފަދަ ނޭވަލް ބެޓްލް އެއްގަ ޗައިނާގެ އެއްމިލިޔަން ސޯލްޖާސް ގެ އެއްގަމު ލަސްކަރަށް ކުރެވޭނެ މާ ބޮޑު ކަމެއް ނޯންނާނެ... 1962 ގަ ޗައިނާ-އިންޑިއާ ކުރި ބޯޑަރު ހަނގުރާމަ އާއި ސްޓްރެޓެޖިކް ގޮތުން ވަރަށް ތަފާތު ހަނގުރާމައަކަށް މި ހަނގުރާމަ ވާނީ... ޗައިނާ އެކޭ އެއްގޮތަށް ނިއުކުލިއާރ ވޯހެޑާއި ބެލެސްޓިކް މިސައިލް މިހާރު އިންޑިއާގަވެސް އެބުހުރި.. އެތަކެތީގެ ބޭނުން ދެކޮޅުން ވެސް ހިފާފާނެ ކަމަށް ނުބެލެވޭ... ދެން އޮތީ އެއާ ފޯސް.. ޢިންޑިއާއިން ބޭނުން ކުރަނީ އެމެރިކާގެ ފަހުގެ ޖެނެރޭޝަން ގެ ބޮންއަޅާ ޖެޓް ތައް.. ޗައިނާ އިން ބޭނުން ކުރަނީ ރަޝާގެ ޖެޓްތައް... ޓެކްނޮލޮޖީ އަށް ބަލާއިރު އެއް ފެންވަރުގެ ޖެޓް ތަކެއްކަމަށް ވީމާ އޯޕެން އެއާރ ބެޓްލް އެއް ގަ އެޑްވާންޓޭޖް ބޮޑުވާނީ ކުޅަދާނަ ޕައިލެޓުންނަށް... ޔޫ.އެސް ނަގާފަ ދުނިޔޭގަ ކުޅަދާނަ ޕައިލެޓުން އެންމެ ގިނައީ އިންޑިއާގަ... މާލެ ފިޔަވާ ލޮޖިސްޓިކް ސަޕޯޓް ލިބޭނެ އަސްކަރީ ބޭސް އެއް އިންޑިއާ ކަނޑުގަ ޗައިނާ އަކަށް ނެތް... ޗައިނާ އާއި އިންޑިއާގަވެސް އޮތީ ކުރީ ސޯވިއެޓް ޔޫނިއަން ދުވަސްވަރު ބޭނުންކުރި ކަހަލަ އެންމެ އެއާރ ކްރާފްޓް ކެރިއާރ އެއް... ހަނދާން ނައްތާލައިގެން ނުވާނެ ދިވެހި ރާއްޖެއާއި އަސްލު އެންމެ ކާރިގަ އޮތީ އެމެރިކާގެ ކަނޑުގެ ސިފައިންގެ ވަރުގަދަ ގޮތްނޭގޭ އަސްކަރީ ބޭސް ޑިއެގޯ ގާސިއާ...!! އެތާގަ އަބަދުވެސް މަނަވަރު ފްލީޓް އަކާއި އެކު 3 ނިއުކުލިއާރ ޕަވަރޑް އެއާރކްރާފްޓް ކެރިއާރ އޮވޭ!!! ސައުތު ޗައިނާ ސީ ގަ ޗައިނާ ގެ އަސްކަރީބާރު ގަދަ ކުރާތީ އެމެރިކާ މިހާރުވެސް އޮތީ ރުޅި ގަދަވެފަ... ޗައިނާ އާއި އެކު ސީދާ ހަނގުރާމަ އަކަށް ނުދިޔަސް އިންޑިއާ ކަނޑު ޗައިނާގެ އަސްކަރީ ބާރުގެ ދަށަށް ދާތަން ބަލަން އެމެރިކާ މަޑުން ނޯންނާނޭ ކަން ޗައިނާ އަށް ބޮޑަށް އެނގޭނެ!!
    ކަން ކޮންމެ ގޮތަކަށް އޮތަސް މިމައްސަލާގަ ޗައިނާއިން ދޫދޭނެހެން ހީނުވޭ... އަދި އެމެރިކާ- ޗައިނާ އިން ޑައިރެކްޓް ހަނގުރާމަ އަކަށް ދާނެ ކަމަށް ނުބެލެވޭ... ގޮއްސި ނަމަ ރަޝިޔާއިން ޗައިނާ އަށް މަދަދު ދޭން ފަށާ 3 ވަނަ ބޮޑު ހަނގުރާމަ ފެށުމުގެ ފުރުސަތުބޮޑު.. އެހެން ކަމުން ކޮންފްލިކްޓް ގެ ވަރަށް ކުރީކޮޅުގަ ދިވެހި އަސްކަރިއްޔާގެ އެހީތެރިކަމާއެކު މާލެ ޗައިނާ އަސްކަރިޔާ ބެލުމުގެ ދަށަށް ގެންގޮސް އެންޓި އެއާރ ކްރާފްޓް އެންޓި މިސައިލް ސިސްޓަމަކުން މާލޭ ސަރަހައްދު އޭރިއަލް ޑިފެންސް ވަރުގަދަ ކުރާނެ ކަމަށް ބެލެވޭ...ރާއްޖޭގެ އެކި އަތޮޅު ތަކުގެ ބިން ބޮޑު އެއާރ ޕޯރޓް ތައް ހުރި ރަށް ރަށަށް އެމެރިކާ-އިނޑިއާ ގެ ފައުޖު ތައް އަރާ އެ ރަށް ރަށުގަ ވަގުތީ މިލިޓަރީ ބޭސްތައް ގާއިމް ކޮށް އާއްމު ދިވެހިނަށް ހަނގުރާމައިގެ ތަމުރީނާ ހަތިޔާރު ދީ ރާއްޖޭގެ ދެކުނުގަ ނުވަތަ އުތުރުގެ ބޮޑު ރަށެއްގަ އިދި ކޮޅު ފަރާތްތައް ތަމްސީލު ކުރާ ވަކި ސަރުކާރެއް ގާއިމް ކުރެވިގެންދާނެ...!!! އެމެރިކާ ޔޫރަޕް އިންޑިއާ އިން ބަލައިގަންނާނީ ރާއްޖޭގެ ގާނޫނީ ސަރުކާރަކީ އެއީ ކަމަށް... އދ ގެ ސަލާމަތީ މަޖުލިސް އިން މި މައްސަލާގެ ގޮތެއް ނުނިއްމޭނެ... ހަމަ އެއާ އެކު މާލެގަ މިހާރު ކުރާ މުޒާހަރާ ތަކުގެ ބަދަލުގަ އިދި ކޮޅުފަރާތްތައް ހަތިޔާރު ހިފާގެން ދިވެހި ސިފައިންނާ ޗައިނާ ސިފައިންނާ ކުރިމަތިލާ މާލެގަ ގެރިއްލާ ހަނގުރާމަ އެއް ފެށިގެންދާނެ...!!!
    ވެލްކަމް ޓް ސިވިލް ވޯރ!!!!

  15. ނަގޫރޯޅި

    ޗައިނާ ނޫނަސް މިވީ 40އަހަރުތެރޭ ރާއްޖޭގައި އެކިގަމުތަކައްނިސްބައްވާ ވިޔަފާރިކުންފުނިތަކުން އިންވެސްޓްކޮއްފައިވެ. ހާއްސަކޮއް މަތީފަންތީގެ ރިސޯޓުހެދުމައް. ފޯސީސަން، ސަންގްރިއްލާ، އަނަންތަރާ، ބަންޔަންޓްރީ ގްރޫޕް، ސްވެލްބްލޭންކް، ކޮންރެޑް، ތާޖް ހޮޓެލްސް، ޖުމެއިރާ، ޑަބްލިއު ރްޓީޓް މިހެންގޮސް ކިޔާންނެކަމެއްނެއް. ޗައިނާއިން ފުދުންތެރިކަން ލިބި އެމީހުން ހަމައިސްކޮޅައް ތެދުވެ މުޅިދުނިޔޭގާ އިންވެސްޓް ކުރަންފެށުމަކީ ވަކިގައުމުތަކަކައް ހަޖަމުނުވި ކަމެއް. މީހާރު ފުޓްބޯޅައިގައި އެމީހުން އެގެންގުޅޭ ދުރުވިސްނުމަކީ ވެސް ޔޫރަޕު ބައެއްގައުމުތަކައް ހަޖަމުނުވާ ކަމެއް. ދުނިޔޭގަ އޮތް އެންމެ ބޮޑު ސީޕްލޭން ކުންފުނި އެމެރިކާގެ ބްލެކްސްޓޯން މޮނޮޕޮލައިޒްކޮއް ރާއްޖޭގަ ހިންގާއިރު އިންޑިޔާގެ މަސްލަހަތައް ބުރުނާރަ ޗައިނާވީމަ ގޯސްވީ. އެކަމަކު ޗައިނާއިން އިންޑިޔާގަ 10ބިލިޔަން ޑޮލަރުގެ އިންވެސްޓްމަންޓްތަކައް ލޯނުދިންއިރު އަދި އަމަލީގޮތުން އެތަންތަން ހިންގުމުގާ ޗައިނާބައިވެރިވާއިރު އަވައްޓެރި ރާއްޖޭގެ ނުނީ ސްރީލަންކާގެ މަސްލަހަތަކީ އިންޑިޔާއައްވުރެން ފަހުންއަންނަ އެއްޗެއްތޯ. ހޮސްޕިޓާ، ބަންދަރު، ނަރުދަމާ، އެއާޕޯޓު، ބޭންކް، ކާގޯސިޕްމަންޓް ބަދަރު މިހެންގޮސް މިހުރިހާކަމެއްވެސް ރާއްޖޭގެ ރައްޔިތުންނައްވެސް ހަމަހައްގު. އެކަމައްއިންވެސްޓް ކޮއްދޭން ތިބިމީހުންނާ އެކީ ކުރިޔައްދާންވެސް އެބަޖެހެ. މިކަންކުރާކައް އިންޑިޔާގެ ހުއްދަހޯދާކައް ނުޖެހެ. ތިމާމެން ގައުމުގަ އަމިއްލަ ރައްޔިތުންގެ ކަންތައް ހަމަޖައްސައި ނުދެވިގެން އުޅޭއިރު ހަސަދަވެރިވިޔަސް ގަދަބާރުން އެހެންގައުމުތަކުގެ އިންވެސްޓްމަންޓް ތަކައްހުރަސް އެޅުމަކީ ހުދުމުހުތާރުތޯ ނޫނީ ގައުމުގެ ބޮޑުކުޑަމިނުން ތިލަފަތް ވަކިއަތަކައް ބުރަވަނީތޯ ކިޔަވައިގެން ހަމަބުއްދީއްގަތިބި ބަޔަކުބަލަން އެބަޖެހެ .