އިސްލާމީ ތާރީހުގެ ނަބީ ބޭކަލުންނާއި ޚަލީފާއިންނަކީ ކޮންބޭކަލުންނެއް ކަން ވަކި ކުރަން ނޭނގި އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ބަހުސްގައި ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރްޕީގެ ލީޑަރު އަބްދުﷲ ޖާބިރު ނިޒާމީ ނުކުތާ ނަންގަވައިފިއެވެ.

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އޭދަފުށީ ދާއިރާގެ މެންބަރު ސަލީމް ވިދާޅުވީ އައްޑަނަ ކޮޅު ގެއްލުނު މައްސަލާގައި އަލީގެ ފާނު ދައުވާ ކުރީ ޔަހޫދީ އަކަށް ކަމަށެވެ.

މެންބަރު ސަލީމް މިހެން ވިދާޅުވުމުން ކާށިދޫ ދާއިރާގެ މެންބަރު ޖާބިރު ވިދާޅުވީ އަލީގެ ފާނާއި އުމަރުގެ ފާނު އެކަހަލަ އެއްވެސް މައްސަލައެއް މިތާގައި ނޫޅޭއިރު ނަބީބޭކަލުންގެ ވާހަކަ އޭދަފުށީ ދާއިރާގެ މެންބަރު ދައްކަވާ އެބޭކަލުނާއި މަޖިލީހާއި ބްރިޖް ކުރަން ސަލީމް އުޅުއްވާ ކަމަށެވެ.

ޖާބިރު އުމަރުގެ ފާނާއި އަލީގެ ފާނަކީ ނަބީބޭކަލުން ކަމަށް ހީފުޅުވެލެއްވިއިރު އުމަރުގެ ފާނާއި އަލީގެ ފާނަކީ ޚަލީފާއިންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ނަޖްވާ

    އެއްގޮތަކަށްވެސް އެއްވެސް މަޖުލިހުގެ މެމްބަރަކު އެގޮތަށް އޮޕަރޭޓު ކުރައްވައިގެންނުވާނެ! އެ ގޮތް ގޮތަށް އޮޕަރޭޓު ކުރައްވަން ވާނީ، އެ ބޭބޭޅުންގެ އޮޕަރޭޓަރާ އެއްކޮށް، އޮޕަރޭޓު ކުރަން ހަމަ ޖެހިފަ އޮންނަ ގަޑި ތަކުގަ!

    19
    1
    • ވަގަވޯޓާ މަވޯޓާ ތަވޯޓާ ފޮސްފަންބިޑާ

      އޮޕަރޭޓް ، ކެޕޭސިޓީ ، އަންޑަސްޓޭންޑް ، ޑިވެލޮޕް ، ވޯކްފޯސް ، އިކޮނޮމިކްސް ފަދަ ބަސްތައް ޖާބިރުގެ ވާހަކަތަކުން އަޑުއިވޭނެ.

      19
  2. ބިލަމަގު އަސާރަފުޅި

    ޖާބިރޫ ދިޔާނާ ދަންނަންތަ ޔަގީނޭ ނޭގޭނެ ކަން

    28
  3. ސަރަނގު

    އައްތަޙިއްޔާތު ކިއުއްވަބަލަ އިނގޭތޯ! ހުވާ ނޭގޭނެ

    26
  4. ސިފައިންގެމީހާ

    މިޖާބިރަކީ ޖާހިލެއް. މީނައަށް ހޮޑައިދޫ އަތިރިމަތި ސާފުކުރާ މަސައްކަތުމީހެއްގެ ވަޒީފާ ހަމަޖައްސަން ފެނޭ.

    22
  5. އަލް ނޫރު

    ގާބުރި ލޮލީ ޝޭޚު..

  6. ސޮމެޮނެ

    ކުރިންވެސް ބިންމައްޗަށް ވައްޓާލާ ވެލިކާންދީފި، ދެން އަތްޖަހާ.