ސާބިތުކަމާއެކު ޕީޕީއެމްގައި ހުންނެވި ކަމަށް ވިދާޅުވި، ނިލަންދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ޚަލީލް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ އަރިހުގައި ހުންނަވަނިކޮށް ނަންގަވާފައިވާ ފޮޓޯއެއް މީސް މީޑިއާގައި ދައުރުވާން ފަށައިިފިއެވެ.

ބެލެވޭ ގޮތުގައި، އެ ފޮޓޯއަކީ ގާސިމްގެ އޮފީހުގައި ނަންގަވާފައިވާ ފޮޓޯއެކެވެ. އެ ފޮޓޯގައި، ރޭ ޖުމްހޫރީ ޕާޓީއާއި ގުޅުނު އިދިކޮޅު ކޯލިޝަންގެ މެންބަރުން ކަމުގައިވާ ކެލާ ދާއިރާގެ ކުރީގެ މެންބަރު އަލީ އާރިފް އާއި އިނގުރައިދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ފަލާހު އާއި ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހަސަން މަނިކު ފެނެއެވެ.

މިއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންއާއި އެންމެ އަރިސް ބޭފުޅުންނެވެ. އެ ފޮޓޯއިން ފެންނަ އަބްދުﷲ ޚަލީލްއަކީ ރައީސް ޔާމީން އާއި ވަރަށް ގާތް ބެފުޅެކެވެ. އޭނާ ވަނީ ޕީޕީއެމްގެ ޓިކެޓުގައި މިފަހަރުވެސް ނިލަންދޫ ދާއިރާއަށް ވާދަކުރައްވާފައެވެ. އެހެން ނަމަވެސް އޭނާއަށް މިފަހަރު ގޮޑި ކާމިޔާބު ކުރެވޭ ގޮތް ވަނީ ނުވެފައެވެ.

އަދި މަޖިލީސް އިންތިހާބަށްފަހު ޚަލީލް އިދިކޮޅު ސިޔާސީ ހަރަކާތްތަކުން ފެންނަލެއް ވަނީ ވަރަށް މަދުވެފައެވެ. އަދި އިއްޔެ އިވިގެން ގޮސްފައި ވަނީ، ޚަލީލްވެސް ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގަންނަވަން އުޅުނު ހަބަރެވެ.

އެ ވާހަަކަތަކާއި ގުޅިގެން ޚަލީލް ވިދާޅުވީ، އޭނާ ހުރީ ސާބިތުކަމާއެކު ޕީޕީއެމްގައި ކަމަށެވެ. އަދި ޕީޕީއެމް ހިންގުމުގައި ކަންބޮޑުވުންތަކެއް ހުރި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޕާޓީ ވަރުގަދަވާނީ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެން ކަމަށް ޙަލީލް ވިދާޅުވިއެެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. ޤާދިރު

  އިއްޔެ ހަވީރު ވެސް ޚަލީލު ގެންގޮސްގެން ވަރަށް އާދޭސްކުރި ޕާޓީއަށް ސޮއިކޮށް ދިނުމަށް. ވެދާނެ އޭރު ނަގާފައިވާ ފޮޓޮއަކަށް ވެސް. އޭރު ތިއެންމެން އެތާތިބި.

  31
  9
 2. ހުސޭނުބޭ

  ހަތަރު މީހުން ސައިބޮމުން ބޮމުންގޮސް ޤާސިމްބޭ ބޮއިނުލާތި! ޤާސިމްބެ ނިކަން ގަޅިވާނެ!

  26
 3. ސާބިތާ

  ތިއޭ އެބުނާ ސާބިތުކަމަކީ.. ސާއިބޯންއެތިބީ އެހެންވެ އެބުނީ ސާބިތު ހުރީމޭ.. މާލު ނެތްތަނެއްގަ ސާބިތެ ނުވެވޭނެ ޖާނުގަ ހިއްވަރުނެތް ހިތްބަލި ކުދިންނަށް.. ތިޔައީ އަތްމަތި ދަތި ހާލުގައުޅޭ ކުދިން..

  23
  2
 4. ގައްޔޫމް

  ފެއިލް ވެފަ ތިބި ބައެއް..ބާރުކެނޑުނީމަ އަވަހައް އައީ...ހެޔޮނުވާނެ ކައިރިކުރަން..ގާސިމްވއަށް އަޅުގަނޑު ކުރި ސަޕޯޓް ނިމުނީ....ފަލާހު މިދެން ކާކު

  21
  5
 5. ސަގަރު

  ތީހުސް ރީލޯޑު. ހުސް ބޮޑު ވަގުން. ގާސިމު އައް ކޮން އިރަކުން ވިސްނޭނީ ދިވެހީންގެ ތާއިދެއް ނެއްކަން އޮތީ އަތުގަ ލީރި ކަން.

  18
  5
 6. ޢަބްދުއްލާ

  ސާބިތުކަމާއެކު ޕީޕީއެމްގައި ހުންނެވި ކަމަށް ވިދާޅުވި، ޚަލީލް ގާސިމްގެ އަރިހުގައި

  1 ގަޑިއިރު ކުރިން ( އޮގަސްޓް 27, 2019 )

  ތިތިބީ ލައްކަ މަސްޖަހާ ފަލަވެފަ ދޯ؟

  ތީއެއްޗެއްގަ ރޯވެއްޖެއްޔާ ނިވޭނީ ހާދަ އިރަނުންނޭ ؟

  10
  3
 7. ޕާނާސް

  ތިހާ ކުޑަކޮޓަރިއެއްތެރޭ ތިހާ ބޮޑެތި ވަގުންނައް އެއްފަހަރާ ވަދެތިބެވޭހާ ޖާގަ އެބައޮތްތަ..؟

  11
  5
 8. މޫސަ

  ނިހާނުވެސް ކާސިންބެ ގޮތަށް ޅަވާންވެގެން ހާދަ ވަރަކަށް ބޯ ކަޅުކޮށްފަ އެބަހުއްޓޭދޯ؟

  11
  2
 9. ރައްޔިތުމީހާ

  ތިމާ އުޅޭ ޕާޓީ ނޫން އެހެން ޕާޓީއެއްގެ މީހަކާއި އެކީ ފޮޓޯ އެއް ނެގީމަ ފޮޓޯ ނެގުން އެއީ އެހެން ޕާޓީ އަކަށް ސޮއިކުރުންތަ؟

  2
  1
 10. ބުރޯ

  ޔާމީނު ކިތަންމެ ގިނަގުނަ މަސައްކަތް ކުރެއްވިޔަސް އެކަނި ކުރެވޭ މަސައްކަތަކުން ވެރިކަމަކށް ނާދެވޭނެ. ތަރައްގީގެ ގިނަ މަސްރޫއުތަކެއް ހިންގެވި ކަމުގާވިޔަސް އެކަނި ލީޑަރަކަށް އިލެކްސަން ކާމިޔާބު ނުކުރެވޭނެ . ވީމާ މިވަގުތު ސިޔާސީ ރޭހާދުރަށް ޔާމީން ޖެހިވަޑައިގެން އިދިކޮޅު ލީޑަރުން އެއް ޕްލެޓްފޯމަކަށް އަރުވަންޖެހޭ. ޔާމީނާ އެކު ފްލެޓްފޯމަކަށް ސިޔާސީ ބޭފުލުން އަރާ ވަޑައިގަތުމަށްވުރެ ދުރަށް ޔާމީނުވަނީ ކަންކަން ގެންދަވައިގެން ސިޔާސީ މިތުރުން ހަތުރުންނަށް ވާން މަޖްބޫރު ކުރުވާފަ. ވީމާ ވަގުތު ނަންގަވާ ނުލައްވާ މިވަގުތު ދުރަށް ޖެހި ވަޑައިގަތުމުން މެނުވީ މުސްތަގުބަލުގާވެސް ފުރުސަރު ލިބުން ހަނި ވެދާންެ

  1
  3
 11. ބުރޯ

  ސާބިތުކަން މަތީހުރެ ކެރިޔަރު ނަގާލާކަށް އެކަކުވެސް ބޭނުމެއްނުވާނެދޯ

  5
  2
 12. ސީނު

  ވައްތަރީ ބޮޮޑު ޖިހާދަކަށް 4ބަދަވިން ނިކުތީކަމަށް.....ތިތާނެތް ވިކޭ ފާޑު އެކަކުވެސް. ގައުމުގެ ކަންތަށް މާމައްޗަށް ދާންފެށިމަ މުހިންމުވާނީ ދީނަށްޓަކާ މަސަކަތެއްކުރަންދޯ....ޕީޕީއެމް މުހިންމުވާނީ ދީންނަގާފަ.