ރާއްޖޭގައި ހިންގި އެންމެ ބޮޑު ހިޔާނަތް އެމްއެމްޕީއާރުސީގެ ފައިސާގައި ޕީޕީއެމް ދޫކުރައްވައި ރޭ ޖުމުހޫރީ ޕާޓީ އާއި ގުޅުނު ވިލިމާފަނު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހުސެއިން މަނިކު ޖެހުނު ކަމަށް އެމްއެމްޕީއާރުސީގެ މައްސަލާގައި ދައުވާ ރައްދުވާ ކުރީގެ ނައިބު ރައީސްގެ ވަރަށް އަރިސް މީހެއް ކަމަށްވާ އަލީ ޝާހިދު (ސްޓެޕް އައްޔަ) ބުނެފިއެވެ.

ސްޓެޕް އައްޔަ ކުރެއްވި ޓުވީޓެއްގައި އޭނާ ބުނީ ނިހާން ޖުމުހޫރީ ޕާަޓީއާއި ގުޅިވަޑައިގަތަސް ހިންގާފައިވާ ޖަރީމާތަކުން ނުރެކެވޭނެ ކަމަށެވެ.

"އެމްއެމްޕީއާރުސީގެ ފައިސާގައި ޖެހުނު ބޮޑެތި މީހުންގެ ތެރޭގައި ނިހާންގެ ނަން ލިސްޓުގެ ކުރީގައި އޮންނާނެ، މި ސަރުކާރު އަޅުގަނޑުމެން ގުރުބާން ވެގެން ގެނައީ މި ބައިގަޑުގެ ކިބައިން ސަލާމަތްވާން " އޭނާ ބުންޏެވެ.

https://twitter.com/Step_Ayya/status/1166287963933704192?s=19

ނިހާން އާއި އެކު ރޭ ޖުމްހޫރީ ޕާޓީއާއި ގުޅުވަޑައިގެންނެވި ކުރީގެ މެންބަރުންގެ ތެރޭގައި، ކެލާ ދާއިރާގެ ކުރީގެ މެންބަރު އަލީ އާރިފް އާއި އިނގުރައިދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ފަލާހު އާއި ކުރީގެ ހޯމް މިނިސްޓަރ އަޒްލީން އަހުމަދާއި ރައީސް ޔާމީންގެ ދައުރުގައި އެމަނިކުފާނުގެ ނައިބު ކަން ކުރައްވާފައިވާ އަބްދުﷲ ޖިހާދު ހިމެނިވަޑައިގަންނަވައެވެ.

ރޭ ގުޅުވަޑައިގަތުމަށް ނިންމެވި ހުރިހާ ސިޔާސީ އިސް ބޭފުޅުންނަކީ ވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަރިހުގައި މަސައްކަތް ކުރައްވަމުންގެންދެވި ބޭފުޅުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކާފަބޭ2019

    އޮޑިޓްރިޕޯޓުގައިވާކަމަށްބުނާ 152 މީހުންގެނަން ސަރުކާރުންފޮރުވަންއުޅެނީކީއްވެތޯ؟ ޒީރޯޓޮލަރެންގެދަށުން ފަޓާސްބަރިއެއްގޮށްވާލާގޮތަށް އެލިސްޓު އާންމުކޮށްދެއްވާ ހުރިހާފަރާތަކަށްދައުވާ ކުރުމަށްފޮނުވާދެއްވާށެވެ. ހަމައެކަނި ވިދާޅުވާބަހަކަށް ޒީރޯޓޮލަރެންސް ނުހައްދަވާށެވެ.

    18
  2. ދދދދދދ

    ".......މި ސަރުކާރު އަޅުގަނޑުމެން ގުރުބާން ވެގެން ގެނައީ މި ބައިގަޑުގެ ކިބައިން ސަލާމަތްވާން " ތިގޮތެއް ކަމަކުނުދާނެ. ގައުމު ދަވާލާ ބަންޑެލި ޖަހައިގެން ހުރި ގޮލައަކާހުރެ ކަލޭ ޖާނުން ތިޔަ ފިދާވަނީ ހަމަ ކަމަކާނުލާތަ. އެފައިސާތަކުން ހަމަ އެއްވެސް ރާހަތެއް ނެތީތަ؟ ބަލަ ނިހާނު އެކަންޏެއް ނޫނޭ ކަލޭގެ ވަގުކަލޭގެއާއި އޭނަގެ ބައިގަނޑު ކިބައިންވެސް ދިވެހިންނާއި ދިވެހި ގައުމު ސަލާމަތް ކޮށްދީބަލަ. ކަލޭ ގުރުބާންވެގެން ގެނައި ސަރުކާރުގެ އަނިޔާވެރިކަމުންވެސް ސަލާމަތްކޮށް ދީބަލަ. މާލިއްޔާ ލޫޓުވަމުންދާއިރު ހުއްޓުވަބަލަ. ކަލެއަކަށް ކަމެއް ނުތްވެއްނު.

    19
    1
  3. އަންނަނީ ހިނި

    ހުވާތަ؟ އެމްއރމްޕީއާރްސީގެ ފައިސާގަނޑުން ރިޝްވަތު ބަހައިގެން ވޯޓުން ވައްކަން ކޮށްގެން ގެނައި ސަރުކާރުގެ ބަލާމުސީބާތުން ރައްޔިތުންނަށް ލިބޭ ކެކުޅުންތަކުގެ ޒިންމާ އުފުލަން ޖެހޭ އެއް މުޖުރިމުތަ ކަލޭވެސް ތީ؟! ތިހެން ބޮނދައިގެންވެސް ލައްކަ ބަޔަކު އެބަ ތިބިތަ؟ އަމިއްލައަށް ފަޟީހަތް ވެވުނިއްޔާ އެނގޭނެތަ؟

    21
  4. ފަސޭހަ

    އެމްއެމްޕީއާރުސީގެ ފައިސާ ސްޓެޕް އައްޔަ ވެސް ނެގި.

    21
    1
  5. ޙަސަން

    މީހުންނަށް ހައްޤަކާ ނުލާ ގެއްލުންދިނުން އެއީ ނޫސް ވެރިކަމެއް ނޫން

    13
  6. މުޖައްރިބު

    އެހެންވިއްޔާ އަލީޝާހިދުވެސް ހުންނާނީ އެފައިސާގައި ޖެހިފާ.

    8
    1