އަނިޔާ ކުރުމަށްފަހު އައްޑޫ ސިޓީ މަރަދޫ ފުއްޓަރު ފަރާތަތަށް އެއްލާލައިފައި އޮއްވާ ފެނުނީ ވައްކަން ކުރި މީހެއް ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

މައުލޫމާތު ލިބޭގޮތުގައި، އޭނާ ވައްކަން ކޮށްފައި ވަނީ މަރަދޫ ގެއަކުންނެވެ. އޭނާއަކީ އައްޑޫ ސިޓީއަށް ނިސްބަތްވާ މީހެއް ނޫން ކަމަށް މައުލޫމާތު ލިބެއެވެ.

މައުލޫމާތު ލިބޭގޮތުގައި، އެ މީހާއަށް ވަރަށް ބޮޑަށް ވަނީ އަނިޔާކޮށްފައެވެ. އަދި އެ މީހާއަށް މިހާރު ހިތަދޫ ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މަރަދޫ ފުއްޓަރު ފަރާތުގައި ޒަހަމްތަކަކާއެކު މީހަކު އޮތް ކަމުގެ މައުލުމާތު ފުލުހުންނަށް ލިބުނީ، މިއަދު މެންދުރު ފަހު 15:30 ހާއިރު ކަމަށެވެ.

މިޑީއާ އޮފިޝަލް ވިދާޅުވީ، އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ހުސޭނުބޭ

    ޕޮލިހުން ހަދާހެން އެ އޮތީ ދޫކޮށްލާފައެއްނު!

    16
  2. މުޤައްދިމާ

    އަނިޔާވެރިކަން ޢާންމުނުވާ ތަންތާނގައި އެބަހީ، އިންސާނުން ދިރިއުޅެންކަމުދާ ތަންތާނގައި ހިނގާނެ ކަންކަމެއްނޫން ތިޔަޒާތުގެ ކަންކަމަކީ،

    12
    2
  3. ވަގު

    އައްޑޫ މީހުންގެ ހަމަ ބަރާބަރު

    15
    5
  4. އިންސާނިއްޔަތުކަން

    އަނިޔާކޮށް ފުއްޓަރަށް އެއްލާލީ،

  5. ލޮލަކަށް ލޮލެއް

    ތިރަށުގަ ކޯޓެއް ނުހުރޭތަ؟ ޤާނޫނު އަމިއްލަ އަތަށް ނެގީމަ އެހެން މިއަހާލީ.

    15
  6. މޮހޮދު

    ކޯޓުން ބަންދަށް ދެނީ 15 ދުވަސް. ފުލުހުންނަކަށް ކަަމެއް ނުވޭ.15 ދުވަސް ހަމަވުމުން އެއޮތީ ވަގު ސޮރަށް މިނިިވަންކަން

    11
  7. މޮހޮދު

    15 ދުވަސް ފަހުން އައިސް ފުނޑާލާނެ ގެޔާ އެއްކޮއް. ކޮބާ ސޮރާ ރަނގަޅު ބަޔަކާ ޖެހުނީމަ ހޭ އަރައިފިއެއްނުން

    9
    1