ކަމާއި ގުޅުން ހުރި ހުއްދަތައް ނުހޯދާ ވަގަށް ކާރާއި، ސައިކަލު އެތެރެ ކުރަމުން ދިޔަ ބަޔަކު ހުއްޓުވައި، ތަކެތި ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ކަސްޓަމްސް އިން ވިދާޅުވީ، އޮގަސްޓް 24 ގައި ރާއްޖެއަށް ލަކުޑި އެތެރެކުރުމުގެ ނަމުގައި ގެނެވުނު 2 ކޮންޓެއިނަރެއްގައި ކާރާއި ސައިކަލްތަކެއް ވަގަށް ރާއްޖެއަށް އެތެރެކުރަމުންދާކަމުގެ މަޢުލޫމާތު ލިބުމުން ކަސްޓަމްސްއާއި ފުލުހުން ގުޅިގެން ހިންގުނު އޮޕަރޭޝަނުން މިހާތަނަށް 3 ކާރު، 2 ޕިކަޕް، 2 ވޭން އަދި 14 ސައިކަލު ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ.

އަދި މި ވެހިކަލްތަކުގެ ޖުމްލަ ސީ.އެންޑް.އެފް އަގު 586،000 ރުފިޔާއަށް އަންދާޒާ ކުރެވޭއިރު މިތަކެތީގެ އިމްޕޯޓް ޑިއުޓީގެ ގޮތުގައި ދައުލަތަށް 558،000 ރުފިޔާ ލިބެން ޖެހޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ކަސްޓަމްސް އިން ވިދާޅުވިއެވެ.

މި މައްސަލަ ކަސްޓަމްސްއިން މިހާރު ދަނީ ތަހުޤީޤު ކުރެވެމުންނެވެ.

މިފަދަ މައްސަލަތަކާއި ގުޅިގެން ކަސްޓަމްސްއިން ފޯރުކޮށްދެވޭ ޚިދުމަތްތަކާއި މުއައްސަސާގެ ނަޒާހަތްތެރިކަން ޤާއިމުކޮށް ނެގެހެއްޓުމަށް އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އެއްވެސް ފަސްޖެހުމެއްނެތި އަޅަމުންދާނެކަމަށް ކަސްޓަމްްސް އިން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ވަގަވޯޓާ މަވޯޓާ ތަވޯޓާ ފޮސްފަންބިޑާ

    ''3 ކާރު، 2 ޕިކަޕް، 2 ވޭން އަދި 14 ސައިކަލު ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ.'' ސީއެންއެފް އަގު 586000 ރުފިޔާ ؟؟؟ ހާދަ އަގުހެޔޮކޮށް ލިބުނު ތަކެއްޗޭ!!

    21
  2. މޫންލައިޓް

    ޒީރޯޓޮލެރެންސްގެ ދަށުން ތިއެންމެން އަވަހަށް ދޫކޮށްލަން ކަރުބުޑުން ގޮވާލަން. ޢަނެއްކާ ތިއެތެރެކުރި ބައެއް އެއްވެސް ބަޔަކަށް ނޭގޭނެ. ޢެންމެފަހުންޖެހޭނީ ތިއެއްޗެހިތައްވެސް ޒީރޯޓޮލެރެންސްގެ ދަށުން ދޫކޮށްލަން. ޓިކަންބަލާ ބަޔަކު ކުއްވެރިވެގެން އާޚިރުގަނިމޭނީ.

    36
  3. ޖަޒީރާ

    ހުޅުމާލެ މަގުމަތީ އަދިގޯތިތަކުގެތެރޭ ގިނައަދަދެއްގެ ވެހިކަލްތަކެއްއެބަހުރި ރަޖިސްޓުރީ ނަންބަރެއްނެތި އަދިނަންބަރު ޒޯންވަކިނުވާ ބަދަލުވެފެ ހުރިތަކެތި ހުޅުމާލެ އަދި މޭލޭގަ ގަރާޖެއް އިތުރެއްނުވޭ އަދި މިއަހަރުން ފެށިގެން އަދިހުއްދައެއް ނުދޭކަން އެނގޭ އެޗްޑީސީއެން ނެރޭއިއުލާންތަކުން ރައްރަށުންގެއްނަ ވެހިކަލްތައްވެސް ބަދަލުކޮއްނުދޭ ވަގުތީގޮތުން ޒޯނުވެސް ޓުރާންސްޕޯޓުވެސް މާލެއައް ހުޅުމާލެއައް.

    17
  4. ޢައިސަ

    ތިޔަ ހިސާބަށް ތިޔަކަން ކުރަން ކެރޭނީވެސް ބަޔަކާއި ގުޅިގެންތާ

    21
    • ދޮގެއް؟

      ބަލަ މި ސަރުކާރުގަ މާގިނަ "އަދީބު"ތައް އެބައުޅޭ. ކުރިން އުޅުނީ އެންމެ އަދީބެއްނު. އެހެން ވައްކަން ކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާތައް ވަގަށް ނަގަމުން އެދަނީ.

      15
  5. ދުންމާރި

    ޖަރީމާހިންގި ބަޔަކު ހާމަނުކުރީތީ ހިތާމަ ކުރަން އެ ޖަރީމާ ހިނގީ ޖިންނި ސައިތޮނުންބާ؟ ވަކިބަޔަކު ކުކިއްސަރުގޮތަކަށް ކިނބިއްސެއް އެޅިޔަސް މުޅި މީޑަިޔާގަ ވަނަވަރު ހާޟަ ކުރޭ އަނެއްބައި ބަޔަކު ކިތަންމެ ބޮޑޫ ޖަރީމާއެއް ހިންގިޔަސް އެންމެ ކުޑަމިނުނަންވެސް ހާމަކުރަން ނުކެރޭ ޒިންމާދާރު ނޫސްވެރިކަމެއްގަ މިހެން ވެގެން ނުވާނެ

    17
    • ކިނބޫ

      ދޭތެރެއަކުން ކޮންމެސް ކުންފުންޏެއްގެ ފައިސާ ފޭރިގެންފިއޭވެސް ބުނޭނު. ކޮންއިރަކު ކޮންތާކު ކޮން ދުވަހަކު ކާކު މިއިން އެކައްޗެއްވެސް އެނގުނުތަ؟

      12
  6. ވަލުދޮރާށި

    ވަލުދޮރާށިން އެތެރެވަނީ، ހަމައެކަނި ވެހިކަލްތޯ ސުވާލުއުފެދެއެވެ. ޔަޢުނީ، ނުރައްކާތެރި ހަތިޔާރު އެތެރެނުވާ ކަމަށް އެއްވެސް ޔަޤީންކަމެއް ދެވޭނެތޯ ؟

    26
    • ނޭނގިފަ

      މުޅި ގައުމު ދަވާލައިގެން ހުރި ބޮޑު މާސިންގާ ފަލަ ލޮޅިމަހެއް މިތާ ބަނދަރުގަ އޮތް ބޯޓެއްގަ ރައްކާވެގެން ދާއިރު ނޭނގޭ ބަޔަކަށް ކޯޗެއް އެނގޭނީ؟

      18
  7. ޭއަދީމް

    ކޮބާ ކަސްޓަމްސް ބޮންޑުން ވަގަށް ނެރުނު ޑިއުޓީ ނުދައްޚާ 340 ކޭސް ސަގަރޭޓް.

    18
    • އަދީމް

      އަޅުގަނޑު އަންހެނުންނަށް އެއަރޕޯޓް ހެޑް ކަން ދީފައި އިސްތިއުފާ ދިނީމަވެސް ހުއްޓައެއް ނުލިދޯ މިމިހުން މި ސިގަރޭޓް ގެ ވަހަކަ. 500000ރ ގެ ވެހިކަލް އާއި 6މިލިއަންގެ ސިގަރޭޓް ތަފަތު ކޮންމެސް ކުއްޖަކު ސީޖީ އަށް ބުނެދީބަލަ

  8. ޢަހަންމާ

    ލަައިސަންސް ނުނަގާގޮތަށް ހަމަޖެއްސީ މިކަހަލަ މަގު ހުޅުވައި ދޭންވެގެން.

  9. ހހހހހހހ

    ކާރުގެ ކުލައިންވެސް އެބައެނގޭ އަތުލައިގަތް އެއްޗިހި "އޭގެ އަހުލުވެެރިންނާ ހަމައަށް" އަމާނާތްތެރިކަމާއެކު ފޯރުކޮށްދޭނެކަން.

  10. މާވައްޑެ

    ބައްލަވާ 2 ޑީސީ އައްޔަނު ކުރިޔާ މާގިނަ އިރު ނުވެ މިދިޔަ ހަފުތާގައި ކަސްޓަމުސް އޮފިސަރުން ވަނީ 519 ކިލޯގެ ސުޓާބަޒު ދުންފަތް ދުކޮށްފައި. މިދިޔަ ސަރުކާރު ވައްކަން ކުރަން އުޅުނު އޮފިސަރުންނަށް ބޮޑެތި މަގާމުދިނީ. ދެން ކޮން ވާހަކަ އެއް. ތިމާމެން މަގާމުގައި ތިބެވެނި މިމީހުންނާށް މަގާމު ދިނީމަޔޯ

  11. އަލީ

    ތިޔަކަހަލަ ހުރިހައި އެއްޗެއް ރާއްޖެ އެތެރެ ކުރަނީ ކަސްޓަމުގައި އުޅޭ ބައެއް މީހުންނާއި ގުޅިގެން