ރާއްޖޭގެ މެދު ތެރޭގެ އަތޮޅުތަކަށް މޫސުން ގޯސްވެދާނެ ކަމަށް ލަފާކޮށް، މޫސުމާއި ބެހޭ ރާއްޖޭގެ ގައުމީ އިދާރާ (މެޓް) އިން ހުދު އިންޒާރު ނެރެފިއެވެ.

މެޓް އޮފީހުން އިންޒާރު ނެރެފައި ވަނީ، ކ. އަތޮޅުން ފެށިގެން ތ. އަތޮޅުގެ ރަށްތަކަށެވެ.

އެ އިންޒާރުގައި ބުނެފައި ވަނީ، މި ސަރަަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށެވެ. އަދި ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަށެވެ.

އެ އިންޒާރުގެ މުއްދަތު ހަމަވާނީ މިރޭ 12:00އަށެވެ.

މާދަމާ ހެނދުނާއި ހަމައަށް ރާއްޖޭގެ މޫސުން ކުރިއަށް ލަފާކޮށް މެޓް އޮފީހުން ބުނީ، ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި އުތުރާއި މެދުތެރޭގެ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށެވެ.

އަދި ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި، ވިލާގަނޑުގައި ގަދަވާނެ ކަމަށާއި،ރާއްޖޭގެ ބައެއް ރަށްތަކަށް އުދަ އެރުންވެސް އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ.