ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އަށް އެމްޑީޕީގެ އެކްޓިވިސްޓަކު އައްޔަން ކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް އެބޭފުޅާގެެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.

ރައީސް ޞާލިހް މަޖިލީހަށް ފޮނުވި 36 ބޭފުޅުންގެ ތެރޭގައި ހިމެނޭ އެމްޑީޕީގެ އެކްޓިވިސްޓަކީ ގދ.ތިނަދުއަށް ނިސްބަތްވާ އަހްމަދު ގައިސް އެވެ. އޭނާ އަކީ ތިނަދޫގެ ކުރީގެ މެންބަރު ގަސަމްގެ ކޮއްކޮ އެވެ. މީގެ ކުރިން އެމްޑީޕީގެ ހުރިހާ ސިޔާސީ ހަރަކާތަކާއި ކެމްޕޭނެއް ގައި ވެސް އިސްކޮށް ގައިސް ބައިވެރިވެފައިވެއެވެ.

ރައީސް 36 ބޭފުޅެއްގެ ނަން މަޖިލީހަށް ފޮނުވި ނަމަވެސް ބްރޯޑްކޮމް އަށް އައްޔަން ކުރާނީ ދެ މެންބަރުންނެވެ.

ގައިސްގެ އިތުރުން ބްރޯޑްކޮމް އަށް އައްޔަން ކުރަން ރައީސް ނަން ފޮނުވި ބޭފުޅުންގެ ތެރޭގައި މިދިޔަ މަޖިލިސް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓް ހޯދަން އެޕާޓީގެ ޕްރައިމަރީގައި ވާދަކުރި އަހްމަދު ފައިރޫޒް ވެސް ހިމެނެއެވެ.

މީގެ އިތުރުން މިހާރު މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމްގެ ކޮއްކޮ، ސައުދާ ސަލީމްގެ ނަން ވެސް ރައީސް ޞާލިހް ވަނީ މަޖިލީހަށް ފޮނުވާފައެވެ.

ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އިސްކަން ދެއްވާފައިވާ 10 ނަމުގެ ތެރޭގައި ގައިސް އާއި ފައިރޫޒްގެ އިތުރުން ދެން ހިމެނިވަޑައިގަންނަވަނީ ޝިފްލާ އިބްރާހިމްއާއި، މުޙައްމަދު ޙިލްމީއާއި، ޢަލީ ޔޫސުފްއާއި، އާމިރާ އާދަމްއާއި، ޖައުފަރު ރަޝީދު އާއި، އައިޝަތު ދިޔާނާ ޠޯހިރާއި، ސޮފާ ސަލީމްގެ އިތުރުން ނަފީސް މުޙައްމަދެވެ.

މީޑިއާ ކައުންސިލްގެ ރައީސް ހިދާޔަތުﷲ ގެ ނަން ވެސް ރައީސް ވަނީ މަޖިލީހަށް ފޮނުވާފައެވެ. ނަމަވެސް ރައީސް އިސްކަން ދެއްވާ ބޭފުޅުންގެ ތެރޭގައި އޭނާ ނުހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

 1. ޒީރޯޓޯލަރަންސް

  ޙިޔާނާތްތެރި މަހުލޫފު ގެ ކޮއްކޮ ވެސް ދޯ. ޗީޗީ

  20
 2. ހިރިހަމައިތު

  މަގޭ ޢާއިލާގެ ކުއްޖެއްދޯ. ގޯހެއްނުވާނެ. މީހުންނަށް ރަގަޅުވާނެ. ތެދުވެރިވާނެ. އިންސާފުން ވާހަކަ ދައްކާނެ

  3
  11
 3. މުހައްމަދު

  އިންވައްތަރުންވެސް ހީވޭ ހަމަރަނގަޅު ޕޓއެއްކަން

  14
  1
 4. ާިއިއްމަ

  ތިނަދޫގަ ހުޅުޖެހި މީހުންގެ ތެރެއިން އެކަކު.

  22
 5. ޕަޕެޓް

  ކޮބާ މައްސަލައަކީ. ޓިޔަ ތަނަށް ކުރިމަތިލީ މީހުންގެ ތެޜޭގަ ޔާމިނަށް ސަނާކީ މީހުން އެބަތިބިވިއްޔާ. ޢެހެންވީމަ އެމީހުން ނުހިމަނާ ގައިސްގެ ނަން ފޮނުވުން އޯކޭހަމަ

 6. ސޯކާބެ

  މީއެއްނު މިގައުމުގެ ހަލާކަކީ މަގުމަތީގައި ދުވާ އެކްޓިވިސްތުން ރައްޔަތުންގެ ފައިސާއިން ޙަރަދުކޮއްގެން ހިންގާ ކުންފުނިތަކައްލީމަ ވާގޮއް ފަނޭނު ކުންފުނިތައް ބަނގުރޫޓް ޒިންމާވާނެ މީހަކު ނުވާގޮތައް މިޔޮއް ގައުމެއްދޯ ހީހީހަލާކު ފުލޯކް ވާހަކަ އެއް ކަމައް ވާ އަލިފު ލައިލާ ވާހަކަޔަކުން ވެސް މިކަހަލަ ފުލޯކް ވާހަކައެއް ނެތް ސަހަރޯ މިތިބަބަޔެއްދޯ

  11
 7. އައްބެ

  މިފަހަރު ތިނަދޫގައި ހުޅުޖެހި މީހުންނަށް ބޮޑެތި މަގާމްތަކެއް

 8. މުރާދު

  މަޖިލީހުންމިހާރު ފާސްކުރައްވާނެ ރައީސުލްޖުމްހޫރިއްޔާއާ، މަޖިލިސްމެމްބަރުންނަށް ކަމުދާފަރާތްތައް
  ޚާއްސަކޮށް އެމް.ޑީ.ޕީ އެކްޓިވިސްޓުން މަޖިލިސްބޭފުޅުން ޖުހާގެނަންފޮނުއްވިއަސް އެބޭފުޅުންނަށް
  ކަމުދާކަމުގައިވާނަމަ ރަގަޅުވާނެ މިއީ މިކަންވާންވީގޮތްކަމުގައި ނުދެކެން އެއީ ރަށްޔިތުންގެ މަޖިލީހުގައި ތިއްބަވާނީ ރަށްޔިތުންގެ ލާބަޔާ،މަންފާއަށް ހޮއްވަވާބޭފުޅުން ވީމާ،އެބޭފުޅުން މަސައްކަތް ކުރައްވާނެކަމަށްދެކެނީ ރަށްޔިތުންގެ ހައްޤުގައި ނަމަވެސް ތިނަދޫގައި ހުޅުޖެހުމާ
  ގުޅިގެން ގައުމަށާ، ގައުމުގެ ރަށްޔިތުންނަށް ވަރަށްބޮޑެތި ގެއްލުންލިބިފައިވޭ މިކަމުގައި ބައިވެރިވިފަރާތެއް މިފަދަތަނަކަށް އައްޔަންކުރުމަކީ ދެވަނަފަހަރަށް މިކަންކުރުމަށް އެފަދަފަރާތަކަށް ދެވޭހިތްވަރަކަށްވާނެ ތިހެންނުހައްދަވާ ހުޅުޖަހައިގެން ލިބުނުގެއްލުމުގެ ބަދަލު
  ހުޅުޖަހައި ގެއްލުންދިން ފަރާތަކުން އެމީހުންގެ

 9. ގާސިމާ

  ބިލޭ އެވިއްކަނީ ކާކުގެ އެއްވެއްސެއްތޯއެވެ

 10. ނަސީމު

  ވޯޓަށް ކިތެއް މިހުން ބްލެކްމެއިލް ކުރިންތޯއެވެ

 11. ހަބީބު

  ބާރު އޮތް އިރު ތިނަދޫ ސިނާއީ ސަރަހައްދުން ހިލޭ ކިތެއް މީހުންށް ބިން ދޫކުރިންތޯއެވެ. އަދީ އޭގެން ކިހާވަރަކަށް ބައިއެޅުނުތޯއެވެ

 12. ޓަކޭ

  އަހާބަލަ އޭނަކައިރީ ތެޔޮބިޑި ނުބޮންހޭ

 13. ބިގަރުބޯ

  ކިތެއްމީހުންނަށް އޭނާ ދަރާފައިވޭތޯ އޭނާކައިރިން އަހާބަލަ