ކުންފުނިތަކަކަށް ބަދަލުގެ ގޮތުގައި ފައިސާ ދޭން ޖެހެނީ ކުރީ ސަރުކާރުގެ ވެރިން އަމަލު ކުރެއްވި ގޮތުން ކަމަށާއި ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު ފަދަ ބޭފުޅުންގެ ގެތައް ދައުލަތަށް ނަގަން ޖެހޭ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ އަށް ވެރިކަން ލިބުމާއި އެކު ކުރީ ސަރުކާރުގެ އިސް ބޭފުޅުންގެ ގެދޮރު ނެގުމުގެ ބަހުސް ރޮޒައިނާ މިއަދު ފެއްޓެވިއިރު 2008 ވަނަ އަހަރު އެމްޑީޕީ އަށް ވެރިކަން ލިބުމުން ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ގޯތި މއ.ކިނބިގަސްދޮށުގެ ދައުލަތައް ނަގަން އެމްޑީޕީގެ އަޣުލަބިއްޔަތު އޮތް މާލޭ ސިޓީ ކައުންސިލުން ފާސް ކުރިއެވެ.
ސަޕްލިމެންޓްރީ ބަޖެޓަށް ބަހުސް ކުރައްވަމުން ރޮޒެއިނާ ވިދާޅުވީ ސަރުކާރުން އެކި ފަރާތްތަކާ އެކު ވެފައިވާ އެއްބަސްވުންތައް ބާތިލް ކުރުމުގެ ސަބަބުން އެ ފަރާތްތަކަށް ދޭންޖެހޭ ބަދަލުގެ ވާހަކަ ދައްކަވަން ޕީޕީއެމް ބޭފުޅުން ލަދު ގަންނަން ޖެހޭނެ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ދައުލަތުން ކުންފުނިތަކަށް ބަދަލު ދޭން ޖެހިފައި ވަނީ އާބިޓްރޭޝަން މައްސަލަތަކުގައި ކުރީ ސަރުކާރުން ހަޑި ހާވާފައި ވާތީއެވެ. ކުރީ ސަރުކާރުގެ މިނިސްޓަރުން ބޭރު ގައުމުތަކުގެ ކޯޓުތަކުގައި ދޮގު ހެދެމުގެ ސަބަބުން ގައުމަށް ގެއްލުންވެފައިވާ ކަމަށް ވެސް ރޮޒެއިނާ ވިދާޅުވި އެވެ.
"މިނިސްޓަރުން ވެސް ގޮސް ތަންތަނުގައި ދޮގު ހަދައި ގައުމުގެ އަގު ވައްޓާލައި ގެއްލުންވާ ގޮތަށް އަމަލު ކުރީމަ، މުއިއްޒު މެން ފަދަ ބޭފުޅުންގެ ގޭގެއާ އެއްޗެހި ނަގަންވީ. މުޅި ފައިސާ އޭގެން ނުދެއްކުނަސް ވީވަރެއް ވާނެ ނޫންތޯ،" ރޮޒެއިނާ ވިދާޅުވި އެވެ.
ރޮޒެއިނާ ވިދާޅުވި ގޮތުގައި މި ސަރުކާރަށް ކަމެއް ނުވެއޭ ބުނާ އިރު، ޔާމީންގެ ސަރުކާރުގައި ފެށި ކަންކަން އަލުން ކުރަން ވަނީ ޖެހިފަ އެވެ. އޭނާ ވިދާޅުވީ ޔާމީނަށް ވެސް ވެރިކަމުގެ އެއް އަހަރު ދުވަހު އެއްވެސް ކަމެއް ނުކުރެވެއެވެ.
ރޮޒޭ ކަލޭ މިޖިލިސް ތެރޭގަ މީހުންގެ ވާހަކަ ދައްކާކައް މާރީޗެއްނޫން މީވަރައް ވާހަކަ
އާނ!!.. ކަލޭމެން އެއް ގޮތަކަށްވެސް ނޫޅޭ ރާއްޖޭގެ ޓުރިޒަމް ހަލާކުކޮށްލަން ބޭރު ޤައުމުތަކުގައި ވާހަކަ ދައްކައިގެނެއް. ރޮޒައިނާ ލަދެއް ވާ ނުގަނޭ ދޯ... އަނެއްކާ އަދިވެސް ޔަގީން މި ބައިންގަނޑުގެ ސަރުކާރުގެ 100 ދުވަސް ހަމަ ނުވާކަން... އެހެންތާ ވާނީ. މިހާރު ގުނަނީ ހުކުރު ހޮނިހިރު އެކަނި ކަންނޭނގެ... ދެން ލަލަލާ!
ޙާދަމޮޅު ވާހަކަ އޭދޯ ދައްކަނީ
މީނަ މަޖިލީހަށް ހޮވާ ބަޔަކު ދޯ
ރޮޒޭ ކަމަނާ އަށް ކެރިދާނެތަ މުއިއްޒު ނަގަން ދައުލަތައް؟
އަނގަ ކަހެރުވަކެއްހެން ހަދައިގެން ހުރެ ކޮސް ނުގޮވާ، މިމީހުން މިދިޔަ ސަރުކާރު ކިޔަކިޔާ ތިއްބާ ދުނިޔެ ގިޔާމަތްވާނީ
ރޮޒައިނާގެ ބައްޕަ އޮޑިހަނު ވިއްކަން ހުުރެފާ ބޮޑު މުއަސަންޖަކަށްވާން މެދުވެރިވި ގޮތާ ޑޮނާޑް އަކަށް ވީގޮތް ތަހުގީގު ކުރަންޖެހޭ
ނިންމާލީ........ރޯޒް........... ފައިސާ ހަމަޖައްސާ.........
އޯޑިއޯއެއް ލީކުވިއެއްނުން
މުއްސަދިވިގޮތް މަށައްވުރެން ބޮޑައް އެގޭނީ ވަކި ކާކަށް. ކުރީގެ ލޯބިވެރިޔާ
ތީނަ ދަާންވީ ބޮލީވުޑަށް ފިލްމު ކުޅެން ތިިީނަ މެން މުއްސަދި ކޮށްދިނީ މައުމުޫނުބެއެވެ ތި ކަހަލަ ކަާންދެޭ އަތުގައި ދައިގަންނަ މީހުން ރާއްޖޭގައި ވަރަށްގިނަ ހޯރަފުށީ ހުޝާމަދުގެ ޅެންހަދާގެން މަޝްހޫރުވި މަންޖެގެ ޅިއަންކޮއިގެ އާއިލާއަށް ދެން ލަލަލާ މަޖިލީހުގައި ÷ޕޮއް ޕޮއް ގޮއްވިޔަސް ކަލޭމެންގެ ނަޒާހަތްތެރިކަން ދިވެހިންނަށް ވަރަށް ރަގަޅަށްއެގެއޭ ގުދޯ ގުދޯ ގޮވަާ މަންޖެއަށް ވަރަށް ސަލާން
ކަލޭ ސ.ފޭދޫ ވެރިންނަށް ރިޝްވަތު ދީގެން އެރަށުން ދެ ގެއެއްގެ ބިމުން ޣަސްބުން ފޭރިގެންފަ އޮތް ބިމަށް ކިހިނެއްތަ ހަދަންވީ؟މީހުންގެ ހައްގުތައް ފައިސާއާއި ނުފޫޒުން ފޭރިގެން ކައިކައި ހުރެ އަދި އެބަ ވާހަކަ ދައްކައެއްނު. ތޯ މާލޭ މީހުންނަށް ތެވާހަކަ ކޭއިދެރެފެ. ތަކީ ކަންކާކަން ފޭދޫ މީހުންނަށް އެނގެއި.
ގެނަގާބަލަ. ކަލޭގެ ގެ ވެސް ނަގާނެކަން ހަނދާންކޮށްލާތި. ހީކުރީތަ މި ޔަހޫދީ ވެރިކަން ތާއަބަދަށް ދެމިއޮންނާނެ ކަމަށް.
ބުނެވެންއޮތީ ހަމަ އެންމެވާހަކައެއް.. އެއީ.. ޔާމީނުގެ ސަރުކާރު ނުބައިކޮއްފާ މިސަރުކާރު ރަނގަޚު ކުރެވޭކައް ނެތޭ.. އެއީވެސް މިއީވެސް ހަމަ އެކައްޗެއް މޫނުމަތީން ފެންނަންހުންނަ ބޭރުފުށުގެ ސިފައެކަނި ތަފާތީ.. މި އެންމެން ރިޕްލޭސް ކުރެވިގެން ނޫނީ މިގައުމުގެ އެއްވެސް ހަގީގީ މައްސަލަތަކައް ނިމުމެއް ނުގެނެވޭނެ. އެކަން ކުރެވެން އޮތް ގޮތަކުބް އެބަޖެހޭ ކުރަން.
ކާކުތޯ ބަދަލުދެނީ ދިވެހިރައްޔިތުންގެ މިލްކިއްޔާތުގަ އޮއްކަމައްބުނާ 98 އާގުބޯޓްތަކައް އެބޯޓްތައް ވީތަނެއް އެނގޭ ބޭފުޅަކު އުޅުއްވާބާ މިގައުމުގައި ދިވެހިރައްޔިތުންނައް ބަދަލު ދޭން ޖެހޭނެ މިމައްސަލަ ނުބަލާ ދޫކޮއްލިވެރިންވެސް ޒިންމާވާން ޖެހޭނެ މިއަދު ތިބެވިދާނެ އިންސާފް ޔަގީންވާދުވަހު ދޭންޖެހޭނެ މީނަކާލީ އޭނާކާލީ އެއް ނުބުނެވޭނެ ދިގުރާސްތާ 30 އަހަރަކަސް ކުރުރާސްތާ 3 އަހަރަކަސް ގިޔާމަތް ދުވަހުން ޒިންމާވާންޖެހޭނެ ޔަގީން މާތްﷲގެ ދަރުބާރަކުން ވެދުން
ބަލަ މިގައުމުގައި ރައްތަކާ އެއަރޕޯޓް އާ ތަންތަން ދޭންފެއްޓީ 2008 ގައި އައިސަރުކާރުން ވީމާ މިކަންތައް ކުރުވިމީހުންގެ ގެދޮރުވެސް ސަރުކާރައް ނަގަން ޖެހޭނެތާ މިގައުމުގައި ކަރެޕްޝަންގެ ހާއްޔަކައހެދީ ތިޔަބުނާ 2008 ގައި އައިސަރުކާރުން މިކަން ކުރަން ވެގެން އެދިގުރާސްތާ 30 އަހަރުގެ ހިޔާނާތުގެ ވާހަކަތައް އޮއްބާލާ ފަފެއްޓީ ރައްޔަތުންގެ ދެން ބާކީ ހުރި ތަރކަކޮޅު ދުއްވާލަން ކޮބާތޯ 98 އާގްބޯޓް ކޮބާތޯ އެއަރ މޯލްޑިވްސްގެ މަތިންދާބޯޓްތައް ޕިޔޯނަކުވެސް ޒިންމާނުވޭ މީމިގައުމުގެ ކަޕްޝަން ފައްޓަން ދޫކޮއްލާފައި ފެއްޓީ ރައްޔަތުން އަޅުވެތިކުރަން ޖީއެސްޓީގެ ނަމުގައި ޖިޒީނަގަން ވީމާ ލަދުގަންނަން މިޖެހެނީ ކޮންބަޔެއްތޯ އަދިވެސް ވާނޭ ކިޔާފައި ހަވާލުވޭ ބަލަ މުޅިސަރުކާރު ތިޔަހިނއގަނީ ނިކަމެތި ރައްޔަތުން ދާއޮހޮރުވާލައިގެން ހޯދާ ފައިސާކޮޅުން ނަގާ ޖިޒީގެ ފައިސާއިން ލަދުގަންނަން މިޖެހެނީ ރައްޔަތުން
މީ މި އަހަރުގެ މިހާތަނަށް އިވުނު އެންމެ ސަޅި ވާހަކަ.. މި މުއިއްޒު އާ ހެދި މާލޭ މަގުމަތީ ހިނގާލެވެން ނެތް
ރޮޒް ހާދަ ގިނައިން ގެދޮރު ނަގާ ވާހަކަ ދައްކަނީ. ޑޮނާޑު އާދަން ކަމަނާފުޅު ކުޑައިރު ގެދޮރު ނަގާ ވާހަކަތަ ނިންދަވަން ނާނާއަކަށް ކިޔާދިނީ ވެސް. މާފަންނުގައި ހުރި ގެއެއް ލުއްސާލާގެން ގެންގޮސް ހެންވޭރުގައި އިންދާގެން ވިއްޔާ އާދަމްބެ ރޮޒް ގެއަށް ގެނައީ
ރޮޒޭނާ މުއިއްޒުގެ ގެ ސަރުކާރަށް ނަގަން ބުނިއިރު ރޮޒޭނާގެ ބައްޕަ މި ދިވެހިރާއްޖޭގެ އެކިރައްރަށުގެ އެކި ތަންތަނުން މައުމޫން ދެއްވާފައިވާ ބިންތައް މިހާރުން މިހާރަށް ސަރުކާރަށް ނަގަން އަޅުގަނޑާއި މާލޭގެ ހުރިހާ ރައްޔިތުން ގޮވާލަން ރޮޒޭނާ ބައްޕަ ސަރުކާރުންނެގި ހުރިހާ ފައިސާ މިހާރުން މިހާރަށް ހަވާލުކުރޭ. އަދި އެއްވާހަކަ ރިޔަ ރޮޒޭނާ ތީ ކޮންރަށެއްގެ މީހެއްކަން އެގޭތަ؟
ކަމަނާގެ ބައްޕަ އާ ކަމަނާގެ ބައްޕަގެ ހުރިހާ މުދަލެއް ވެސް ދައުލަތަށް ނަގަންޖެހޭ...އެއީ މައުމޫންއާ ކަމަނާގެ ބައްޕަ ކުރި ވައްކަން
ﷲ ދުނިޔެމަތީގައި ވާހަކަ ދައްކަން ދޫ ދެއްވާފައިވާ ނުބައި މީހުންގެ ދޫ ތިޔަގޮތުގައި ހެލުވޭނެއެވެ.
ކަލޭއަތުން މެމްބަރުކަންވެސް އަތުލަންވީ. ކަލޭތިއީ މީދޫ މީހެއްވެސް ނޫން ވިއްޔަ
ހުޅުމާލެއަށް ގޮސް އަދީބް ނައިބް ރައީސްކަމަށް ގެންނަން ވޯޓް ދޭން ޑީލްހަދައި ޖަގިޔަ ތެރެއަށް 4 ލައްކަ ޑޮލަރު ޖެހީ ކާކު؟ މި ސުވާލްގެ ޖަވާބް ދެވޭނީ ރުޒައެނާއަށް.
އައްޑޫ މީދޫ ދާއިރާގެ މީހުން މިހަޔާތްކުޑަ އަންހެންމީހާ ހޮވަނީ މިނަގެ ފަރާތުން ކޮންފައިދާއައް ވާތީތޯ މިދާއިރާގެ ރައްޔިތުންގެ ގާތުގައި އަހާލަން!
ކޮއިގެބަފާ މާލެއަތޮޅުގެ މެމްބަރަކަށްހުރިއިރު މާލެއަތޮޅު ކޮންމެރަށަކުން ގަވާއިދާޚިލާފަށް ނުފޫޒުފޯރުވާގެން ހަދާފާއެހެރަ ގެތައްވެސް ސަރުކާރަށް ނަގަންޖެހޭ. ރަށުގެ ރައްޔިތުންނަށްގޯތި ނުލިބި ޑޮނާޑް އާދަމްފުޅަށް ގޯތި ލިބުނީތީ އޭރު ރައްޔިތުން ޝަކުވާކުރި. އެކަމަކު ބާރުއޮތީތީ އެޝަކުވާތައް އަޑުއަހާނޭ މީހަކުނެތް. މައުމޫނުގެ މާގާތްމީހަކަށްވާތީއޯ.
ދައުލަތައް ރޮޒޭނާ ނެގީމަ މާ ފައިދާ ބޮޑުވާނެ މުއިއްޒު އަށް ވުރެ
ވަރަށް ރަނގަޅުވާހަކައެއް، މުއިއްޒަކީ ނިމިދިޔަ 7 އަހަރު އެއްމިނިސްޓްރީއެއް ހިންގާ އެންމެގިނައިން ރައްޔިތުންގެ ފައިސާ އިސްރާފުކުރި މީހާ. ނުވިތާކަށް ވެރިކަންނިމުމުން އެވެރިކަމުގައި ބާތިލްކުރި އެގުރިމެންޓް ތަކަކީ ސަރުކާރުގެ އިހުމާލުން ބާތިލްކުރި އެގުރީމެންޓް ތަކެއްކަމަށްބުނެ މިޔަދުގެ ސަރުކާރަށް މިޖެހުނީ އޭގެ ބަދަލުދޭން
ރޮޒޭ ހާދަރީއްޗެ.ފިލްމު ކުޅެން ފަށަންވީއެނޫންތަ.
ދައުލަތަށްނަގަންޖެހޭ ތަކެތިއެގޭނީ ރޮޒެއިނާއަކަށްނޫން ނަގަންޖެހޭ ސަބަބުތަކާ ގޮތްތަކެއްހުންނާނެ
އަޑުއަހަން އަނގައޮވެއްޖިއްޔާ ކާޅެއްނުކާނެކަމަށް