އަންހެނުންނަށް ފަނޑިޔާރުކަން ނުކުރެވޭނެ ކަން އައްޝައިހް އަލީ ޒައިދު ސާބިތުކޮށްދީފިނަމަ އޭނާގެ ނޯކަރަކަށް ހުންނަން ތައްޔާރު ކަމަށް އައްޝައިހް ހުސައިން ރަޝީދު އަހްމަދު ވިދާޅުވެއްޖެއެވެ.

ހުސައިން ރަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޤުރުއާނާއި ސުންނަތުން އަންހެނުންނަށް ޤާޟީ ކަން ނުކުރެވޭނެކަމަށް ސާބިތުކޮށްދެއްވައިފިނަމަ ޒައިދުގެ ނޯކަރަކަށް ހުންނަން މިހިރީ ތައްޔާރަށް ކަމަށެވެ. "ވަޑައިގަންނަވާ ޓީވީ ލައިވް ޕްރޮގްރާމަކަށް." ހުސައިން ރަޝީދު ވިދާޅުވިއެވެ.

އަންހެނުންނަށް ފަނޑިޔާރުކަން ނުކުރެވޭނެ ކަމަށް ވިދާޅުވެ ޒައިދު މީގެ ކުރިން ވަނީ ވަރަށް ގިނަ ވާހަކަތަކެއް ދައްކާފައެވެ. ނަމަވެސް އަންހެނުން ފަނޑިޔާރުކަން ކުރުމަށް ތާއިދުކޮށް އަދާލަތު ޕާޓީން ބަޔާނެއް ނެރުމުން ޒައިދު ވަނީ އަންހެނުން ފަނޑިޔާރުކަމަށް އައްޔަން ކުރުމާއި މެދު ކުރައްވަމުން ގެންދެވި ބަހުސް ހުއްޓާލާފައެވެ.

އަދާލަތުގެ ބަޔާނަށް ފަހު ޒައިދު ވިދާޅުވީ އިލްމުވެރިންގެ ޒިންމާ އަކީ ކަންއޮތްގޮތް ބުނެދިނުން ކަމަށާއި އެކަން ކުރެވިއްޖެ ކަމަށެވެ.

ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "އަޅުގަނޑުމެންގެ ޒިންމާ އަކީ ބުނެދިނުން. ވިސްނައި ދިނުން. އެކަން އަޅުގަނޑުމެންނަށް އަދާކުރެވިއްޖެ ކަމަށް ރައްޔިތުން ހެކިވާނެ" ކަމަށެވެ.

އަންހެންނުންނަށް ފަނޑިޔާރުކަން ކުރެވޭނެ ކަމަށް ފާޅުގައި މިހާތަނަށް ވިދާޅުވެފައިވާ އިލްމުވެރިންނަކީ ކުރީގެ ރައީސް މައުމޫނާއި ހުސައިން ރަޝީދު އަހްމަދު އެވެ. ކުރިން އަދާލަތު ޕާޓީގެ ރައީސްކަން ކުރެއްވި ހުސައިން ރަޝީދު ފާއިތުވި ހައެއްކަ އަހަރު ފެނުނީ އެމްޑީޕީގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ތާއިދު ކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ.

އަންހެނުން ފަނޑިޔާރުކަމަށް އައްޔަން ކުރުމުގެ ބަހުސް ފެށުނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ދެއަންހެން ބޭފުޅަކު އައްޔަން ކުރައްވަން ރައީސް ޞާލިހް ނިންމެވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

29 ކޮމެންޓް

 1. Juhaa

  ތިޔަ ޙުސައިން ރަޝީދު ޓީވީ ޕްރޮގްރާމެއްގައި ބުނި، މައުމޫނަކީ ކާފަރެކޭ ތިމަންނާ ބުނީ މައުމޫނުގެ ވެރިކަން ވައްޓާލުމުގެ ބޭނުމުގައޭ. އެވަރުގެ ޖައްބާރެއް އެއީ.

  123
  4
 2. ހަސަންކޮއި

  އމޑޕކުރާކޮއްމެކަމަކީރަގަޅުކަމެއްކަމަކީ
  ރަގަޅުޅުކަމެއްކަމަށްހުސަންމަނިކުފާނުދެކޭ
  ކަމީ އެންމެންނަށްއެގޭކަމެއް

  83
  2
 3. އަޙްމަދް

  ސާބަހޭ! ބަހުސް ކުރައްވާނެ ބޭނުމެއް އެބައޮތްތޯ އެވެ.
  ތި ދެޝޭޙުން ނަކީވެސް ތީ ސީޔާސީ ދެ ނޯކަރުން ނޫންތޯޢެވެ.

  96
  2
 4. ބަޑިއަބުދުﷲ

  މިޒައިދުމެން ނަކީ ދީނީގޮތުން މާބޮޑުއެއްޗެން އެގިއޮޅުންފިލާގެން އުޅޭ ބައެއްނޫން ގައުމުހަލަބޮލިކޮއް. ފިތުނަފަސާދަކުރާޢިލްމުވެރިން ...ޔާމީންކޮންމެވާހަކައެއްދެއްކިޔަސް ބަރާބަރު އޯކޭ.ގެޔަށްހަރާންފައިސާވެއްދިިއިރުވެސްއޯކޭ. ބެންކޮކަށްގޮސްރުފިޔާދީފާއަންހެނުންނެގީމާވެސް. ބަރާބަރު.ބޭރުންމިޔުޒިކުގުރޫޕުގެނަސްގެންއޮރިޔާންޑާންސު ކުރީމާވެސްއޯކޭ.މިކަހަލައިމީހުނަން.ކިޔަނީ..

  16
  105
  • ވިސްނާ

   ތިޔަ ކީ އެއްވެސް ކަމަކީ ސައްތައިންސައްތަ މުސްލިމް ގައުމެއްގެ އެންމެމަތީ ފަނޑިޔާރުގޭގެ ފަނޑިޔާރު ކަމަށް އަންހެނުން އިސްކުރުމާ އެއްވަރު ކަންކަމެއްނޫން. ބާރު ލިބި އޮތް ދުހު ބޭނުން ކަމެއް ކޮށްކޮށްފައި އުޅެވިދާނެ، އެކަމަކު އަދި މިނޫން ދުވަހެއް ވެސް (ތިމާ ގަބޫލުކުރިޔަސް ނުކުރިޔަސް) އަންނާނެ! އިންތިޒާރުގައި މިތިބީ.

   23
   2
   • ޙުސް

    އިންސާނާއެވެ. ތިބާ އަށް އޮތީ ގުރުއާނާއި ސުންނަތްތައް ތަބާވުމެވެ .

 5. ކީކޭވިދާޅުވަނީ

  ތިގޮތަށް ސާބިތުކޮށް ނުދެވޭނީ ހަމައެކަނި އަންހެނުންނަށް ފަނޑިޔާރުކަން ނުކުރެވޭނެ ކަމެއްނޫން! ފިރިހެނަކަށް ދަރިޔަކު ނުލިބޭނެ ކަމެއްވެސް ސާބިތުކޮށެއް ނުދެވޭނެ. އެހެންވެއްޖެއްޔާ، ދެ ފިރިހެނުން ކައިވެނިކުރުމެއްވެސް މަނައެއް ނުވާނެތާ؟

  16
  1
 6. މާ

  މިހާރުވެސް މިފަނޑިޔާރުން އައްޔަނުކުރަން ހަރާމް ވާނެ 2 ކަމެއް މަ ބުނެދީފާނަން.!

  1. ޤުރުއާނާއި ސުންނަތުން ސާބިތުވާ ގޮތަށް އައުރަ ނިވާ ނުކޮށް ހުރުން، !

  2. މިަކަން މީ ކޮންމެހެންވެސް ކުރަން ޖެހޭ ކަމަކަށް ވީތީ ބަހުސް ކުރުމުގެ ތެރޭގަ މިކަންދިފާއު ކުރާ މީސްތަކުންގެ އަނގައިން ދީނާ ހިލާފް ކިތަންމެ ވާހަކަ ތަކެެއް ދެކެވި މުރުތައްދުވާ ހިސާބަށް ގޮސް މީސް ތަކުންގެ މެދުގައި ހަމަ ނުޖެހި ގައުމުގެ މަސްލަހަތު ނަގާލާ ފިތުނައަށް މަގުފަހިވާ ހިސާބަށް ދިޔުން !.

  މިއީ ބައެއް ދަންނަ ބޭކަލުންނަށް ނޭނގޭ ވަރަށް އެންމެ ތުއްތު ކުއްޖާއަށް ވެސް އިނގޭވަރު،.

  27
  2
 7. ޓަކުތު

  Madhama bunaane ަanheނ verinnah ިimaamuvެ hukuruves kurevyeney. ނ

 8. ސަނާ

  ޜަސޫލާ ހަދީޘްކުރައްވާފައިވާ ކަމަށްވަނީ މަތިމަސް ކުރު ކުރާށޭ ތުނބުޅި ދިގުކުރާށޭ މަޖޫސީންނާ ތަފާތު ވުމުގެ ގޮތުން މިކަލޭގެ ތުނބުޅި މަތިމަސް އެއްވަރު

  19
  1
 9. ާއަހުމަދު

  ޒައިދު ހިއްވަރެއް ހުރިއްޔާ ނިކަން އަރަބަލަ!

  20
  7
  • އަހްމަދު

   ބުއްދިވެރިއަކު ޢާލިމަކު، ކަނޑުކޮސް ޖާހިލަކާ މުބާރަޒާކުރާކަށް ނުދާނެ. މަވޯޓާވެސްބުނި ހުރިހާ އިލްމުވެރިން އަޔަސް ބަލިކުރާނަމޭ. އެކަހަލަޖާހިލެއް ތިޔަ ހުސެންރަޝީދަކީ ވެސް.

   23
   3
 10. މަގޭ އަންހެނުންގެ ނޯކަރު

  ޒައިދު ގެނަައި ސަރުކާރެއްމީ.... ލަދުގަނެބަލަ ޒައިދު

  44
  3
 11. މުހައްމަދު

  ޓިކަމަކީ ބަޔަކު ބަހުސް ކުރަންޖެހޭ ކަމެއްނޫން ކަމަށްދެކެން. ކޮންމެ ބަޔަކު ކޮންމެ ގޮތަކަށް ވާހަކަ ދެއްކިޔަސް ހަގީގަތަކީ އަންހެނުންނަށް ފަނޑިޔާރުކަން ދިނުމަކީ އެކަމަށް މާތްﷲ އާއި އެކަލާނގެ ރަސޫލާ އަންގަވާފައިނުވާކަން. އެކަންކުރުމަށް ބާރުދޭ އެއްވެސް ހަދީސެއް ނެތް. އެހެން ނަމަވެސް އެކަން ނުކުރުމަށް ބާރުދޭ ހަދީސްތަށް އެބަހުރިކަމަށް އިލްމްވެރިން ވިދާޅުވަނީ. ދެން އިސްލާމީތާރީހަށް ބަލާއިރު މާތް ރަސޫލާގެ ހަޔާތްޕުޅުގައިވެސް އަދި ސުވަރުގެ ވަޑައިގަތުމަށް ފަހު ދެން އައި މާތް ހަތަރު ހަލީފާއިންގެ ޒަމާނުގައިވެސް އަންހެނަކަށް ވެރިކަން ނުވަތަ ފަނިޔާރުކަންދެއްވާފައިނުވޭ. ހަތަރު ހަލީފާއިންގެ ޒަމާނަށްފަހު ދެންއައި އުމަވީވެރިކަމުގައިވެސް އައްބާސީވެރިކަމުގައިވެސް ކަން އޮތީ ހަމަ އެގޮތަށް. މިހިސާބަށްއައި އިރުވެސް އަންހެނަކަށް ވެރިކަން ނުވަތަ ފަނޑިޔާރުކަން ދީފައިނެތުމަކީ އެއީ އިސްލާމްދިން އެކަމަށް ހުއްދަނުކުރާކަމުގެ ދަލީލެއްކަމަށް ދެކެން. ތާރީހު ހެކިދޭގޮތުން މިއަދު މިފެންނަ އިސްލާމީ އުސޫލުތަކާއި ބީރައްޓެހި ގޮތްތަކަކީ މިއީ މުސްލިމުންގެ ވަރުގަދަ އަޒުމާއި އެމީހުންގެ މެދުގައި އޮތް އުހުއްވަތްތެރި ގަދަފަދަ އެއްބައިވަންތަކަން ނެތިކޮށް މުސްލިމުން ވިއްސިވިހާލިކޮށް ނެތިކޮށްލުމުގެ ބޭނުމުގައި ކާފަރުން ތައްޔާރުކުރި ޕްލޭން. އެޕްލޭންގައި އެންމެ ފުރަތަމަ އޮތީ އިލްމްވެރިންގެ މެދުގައި ހިިޔާލުތަފާތުވުމް އުފެއްދުން، ދެން އޮތީ ތައުލީމީ ނިޒާމު ޔަހޫދީން ރުހޭގޮތަކަށް ބަދަލުކޮށް ގަޑުބަޑުކޮށްގެން އާޖީލެއް އުފެއްދުން. މިއަދު މިއިވެނީ އެޖީލުގެ އަޑު. ޢިއްޔެ އަޅުގަނޑުމެންގެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރު ވިދާޅުވީ ދީނުގައިވާގޮތަށް ވައްކަންކުރާމީހާ އަތްކަނޑަން ވެއްޖެއްޔާމު ދެން މިރާއްޖޭގައި ގިނައިން ތިބޭނީ އަތާއި ފައި ބުރިކޮށްފައި ތިބި މީހުންކަމަށް. އެގިގެން ނުވަތަ ނޭގިތިބެ މި މަލާމާތްކުރެވެނީ މާތްﷲ ބާވައިލައްވަފައިވަ ހުކުމަކަށް. މާތް ﷲ އަންގަވާފައިވަނީ ބަޔަކުމީހުން އަމިއްލަޔަށް އެބައިމީހުންގެ ހާލަތު ބަދަލު ނުކުރާހާހިނދަކު ތިމަންﷲ އެބައިމީހުންގެ ހާލަތު ބަދަލު ނުކުރައްވާހުށިކަމަށް. އެހެން ކަމުމް މިއަދު އަޅުގަނޑުމެން މިތިބި ހާލަތަކީ ހަމަ އަޅުގަނޑުމެން އަމިއްލަޔަށްބޭނުންވި ހާލަތު. މާތްﷲ އަޅުގަނޑުމެން އެންމެންގެ ފާފަފުއްސަވައި އަޅުގަނޑުމެންނަށް ސީދާވެގެންވާ މަގަށް މަގުދައްކަވައިފާނދޭވެ. އާމީން.

  38
  2
 12. ޓްވިޓަރޭ

  ހިލޭ އަންހެނެއްގެ ޖުއްބާ ތެރެއަށް ވަދެ ފިލި މީހާ އެއްނު ތީ

  38
  3
  • ލެބަނޯން ވަ ޖޯރޑަން

   ކާކު؟

 13. ލޮލް

  މޑޕ ކޮއްފިއްޔާ ކޮނމެކަމެއްވެސް ރަނގަޅުވާނެ އެހެންބަޔަކު ކުރަންޏާ ހަރާމްކަމެއް

  17
  1
 14. ކޮރަލް

  މިނިސްޓަރު ކަން ބޭނުންވާ މީހުން އުޅެއެވެ.

  12
  1
 15. އިސްމާޢީލް

  ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "އަޅުގަނޑުމެންގެ ޒިންމާ އަކީ ބުނެދިނުން. ވިސްނައި ދިނުން. އެކަން އަޅުގަނޑުމެންނަށް އަދާކުރެވިއްޖެ ކަމަށް ރައްޔިތުން ހެކިވާނެ" ނޫނޭ ޒައިދު ވަޑައިގަންނަވާ ހުސައިން ރަޝީދު އާއި އެކު ޓީވީ ޝޯ އަކށް. ރައްޔިތުންނަށް ސާބިތު ކޮށްދެއްވާ ޒައިދުގެ ރަޢުޔު.

  7
  1
 16. ވަގަވޯޓާ މަވޯޓާ ތަވޯޓާ ފޮސްފަންބިޑާ

  ހުސެން ކަލޭގެ ލަދުކޮބާ؟؟ ސ.ހިތަދޫ ''ކުދު ފާލަން'' ކާރީގަ ހުރި ފަޅު ގެއަކުން ކަލޭ ނިކުތީ ކޮންކަމެއް ކޮށްފަހޭ އަހާލަން ބޭނުން.ހިތަދޫގެ އިސްރަށްވެހިންނަށް ވަަރަށް ރަނގަޅަށް މިކަމުގެ ހަގީގަތް އެނގޭނެ.ކަލޭ އާދެބަލަ ޓީވީގަ ބަހުސްކުރަން މިކަމުގަ.

  11
  1
 17. ބަގުދާދީ

  ޒައިދުމެން ވެސް ނޯކިރީން ގެންގުޅޭތަ.

  10
 18. ކަނބާ

  މި ޙުސައިން ރަޝީދަކީ ނަމުގައި ޝެއިޚެކެވެ. ޢަމަލުގައި ސޭކެކެވެ. މިޤައުމުގައި ފިތުނަފަސާދަ އުފެއްދުމުގައި ޝެއިޚެއްގެ ނަމުގައި ހުރެ މަސައްކަތްކުރުމުގައި އަރާހުރި މީހެކެވެ. މީނާ ޤަބޫލުކުރާގޮތުގައި ހުރިހާއެއްޗެއް އެންމެ މޮޅަށް އެނގެނީ އޭނާއަށެވެ. އެހެން މީހުންނަކީ އެއްވެސް އެއްޗެއް އެނގޭ ބައެއްނޫނެވެ. މީނާއާ މައުމޫނަކީ އެއްފޮތަކުން ކިޔަވައިގެން ތިބި ދެ މުނާފިޤުންކަމަށް ގިނަބަޔަކު ޤަބޫލުކުރެއެވެ. މީހުންގެ ކުރިމަތީގައި ޝެއިޚުންގެ އަގުވެއްޓި އެމީހުން ދައްކާ ވާހަކަތަކާމެދު މީހުން ޝައްކު އުފައްދަނީ ބައެއް ޝެއިޚުން ސިޔާސީވެ، ދެފަހަރު ދެގޮތަށް ވާހަކަދައްކަމުން ގެންދާތީއެވެ. .

  12
  1
 19. ސައްދާމް

  މިހިރީ މިކިޔާ އިލަމުވެރިންގެ ވާހަކަ މިތަނުން ކާކު ކިޔާއެއްޗެއް ގަބޫލުކުރަންވީ، ފަހުގެ ދަންނަބޭކަލުން ފުޅަވެސްކާނޭ ބުނާތީ އަހަން، توكلت على الله

  5
  2
 20. Anonymous

  ހުކުރު ނަމާދުގެ އިމާމުކަން އަންހެނަކަށް ކުރެވޭނެތަ؟
  ހެކިންގެ ގޮތގައި އަންހެނުންނާއި ފިރިހެނުން ހަމަހަމަތޯ؟
  މިއުޒިކު ރާ ޖުވާ އޫރުމަސް ހުއްދަތޯ؟
  ފިރިހެނުން ވިހާތަ؟
  ފިރިހެނުން މައްސަރުކަންތައް ޖެހޭތަ؟
  ހުސޭނާ އޮޅުވާނުލައްވާ މީހުން މަގުފުރައްދަން ނުއުޅޭ ،
  ފާފަ ވާނީ ފާފައެއް،
  ކާމިޔާބުގެ މަގާއި ނާކާމިޔާބުގެ މަގަކީ ކޮބާތޯ
  ކާމިޔާބުގެ މަގަށް އަންނަނަން ކޮންމެ ދުވަހަކު އެ ގޮވަނީ ކޮންކަމަކަށްތޯ؟
  އަންހެނަކު ވެރިޔަކަށް ލައިފި ބަޔަކު ނާކާމިޔާބު ވެއްޖެޔޭ އެހެންނޫންތޯ އެބަޔަކަށް ނާކިޔާބުވެއްޖެޔޭ،އަބާއްޖަވެރިންނަކީ ކޮބާތޯ؟
  ޤުރުއާނާއި ނަބަވީ އިރުޟާދުން އަބާއަޖަވެރިންނަކީ ކޮބާ ކަން ބުނެދީބަލަ

  19
  1
 21. އިބްރާހިމް މުއްތަލިބް

  ޙުސައިން ރަޝީދު އަހުމަދު އަކީ މަގާމާއި މުއްސަދިކަމަށް ޤުރުބާން ވާންތައްޔަރު މީހެކެވެ. ވީއިރު މަޤާމެއް ލިބިދާނެ ކަމުގެ އުއްމީދުގައި ދީން ބަދަލުވެސް ކޮށްފާނެއެވެ.

  7
  1
 22. Anonymous

  ރަސޫލާ ޞ ނޮކޮށް ދޫކޮށްފިކަމަކީ އެކަލޭގެ ފާނުގެ ސުންނަތް ކަމަށްވާނަމަ ބަލާބަލަ ތިކަން އެކަލޭގެ ފާނުގެޒަމާނުގައި ފެންނަން ހުރިތޯ؟ ތިކން ޖާހިލަކާ ބަހުސްކޮސްގެން އެކަކަށްވެސް ކުރި ނުލިބޭނެ! މީހާ އުޅެނީ ޖާހިލުންނާއި އެކޮށް ކަމަށް ވަންޏާ އެމީހާވެސް އެހެން ބަދަލްވާނެ. ވާނީވެސް އޭގެ ތެރެއިން އެއްަކަށް

  2
  1
 23. ޗެނަލްޓީވީ

  ދީނަކީ ކުޅިވަރެއްކަމުގައި ހަދައިފި ބަޔަކު މަގުފުރެދި ހަލާކުވެއްޖެ. ދުނިޔޭގެ އެދުމާއި އެއްގޮތަށް ނަސޭހަތް ދޭ މީހުންނަކީ ފޮތްއުފުލާ ހިމާރުން, އެ ހިމާރުންގެ ވާހަކަތައް ރައްދު ކުރެވިގެންވޭ. (ޢެ ބަސްތައް ގަބޫލުނުކުރެވޭނެ)

  2
  1
 24. ކަދުރު

  ދާދި އިހަކައްދުވަހު ސުޖޫން ވެސް ފަނޑިޔާރުކަން ކުރި ދެއްތޯ؟ ޢެދުވަހު ކޮބައިތޯ ސެއިޚުން ތައް.

 25. މަރޭ

  ހުސެން ރަސީދު އެނގޭނެ ދީނުގަ ކިތަން މެ ކަމެއް ބަހުސުން ކާމިޔަބު ވެވިދާނެ ކަން އެމީހާބޭނުން ގޮތަކަށް. އެއި ކިތަން މެ ކަމެއް އެބަހުރި ވަކި ގޮތެއް ކަނޑަނޭޅެ،މިސާލު ރާބުއިން ހަރާމް .އެކަމަކު ސިގިރެޓު ބުއިންހަރާމޭ އެބައޮތްތަ..މިބަހުސުން އެމީހާބޭނުނުްވާ ގޮތަށް ކާމިޔާބު ވަނެ.ިކަހަލަ ކަންކަން ދިން ކިޔައވަިގެން ތިކުރަނި.