ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ، މަގާމުން ވަކި ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ދިރާސާ ކުރުމަށް ފަހު ދީދީ ވަކިކުރަން ފެންނަ ކަމަށް އެކޮމެޓީން ނިންމައިފިއެވެ.

ދީދީ ފަނޑިޔާރުކަމުން ވަކިކުރަން ކޮމެޓީން ނިންމިއިރު އެކޮމެޓީ އަށް މައްސަލަ ފޮނުވީ ވެސް މިރޭ 21:00 ގައި އޮތް މަޖިލިސް ޖަލްސާގައެވެ.

ފަނޑިޔާރު ދީދީއާ ގުޅޭގޮތުން ޖޭއެސްއީއަށް ހުށަހަޅާފައިވާ ތަހުގީގީ ރިޕޯޓްގައިވާ ކަންކަމަށް ބެލުމަށްފަހު ތައުދީބީ ފިޔަވަޅެއްގެ ގޮތުގައި ފަނޑިޔާރު ދީދީ ވަޒީފާއިން ވަކި ކުރުމަށް މަޖިލީހަށް ހުށަހެޅީ ޖޭއެސްސީން އަންގާރަ ދުވަހު ބޭއްވި ބައްދަލުވުމުގައެވެ. އެކަން މަޖިލީހަށް ފޮނުވީ އަންގާރަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.

ޖޭއެސްސީ އިން ވަނީ މިދިޔަ ޖޫން މަހުގެ 12 ވަނަ ދުވަހު ފަނޑިޔާރު ޑީޑީ ސަސްޕެންޑް ކޮށްފައެވެ. ނަމަވެސް ޖޭއެސްސީގެ ނިންމުމަށް އަމަލު ކުރުން ފަސް ކުރަން ޖެހިގެން އައި ދުވަހު ސުޕްރީމް ކޯޓުން އަމުރެއް ނެރުނެވެ. އެއަމުރު ނެރުނީ އޭނާ އެމައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުންނެވެ. ސުޕްރީމް ކޯޓުން އެގޮތައް އަމުރު ކުރިނަމަވެސް ސުޕްރީމް ކޯޓުގެ އަމުރު ގަބޫލު ނުކުރާނެ ކަމަށް ޖޭއެސްސީ އިން އޮތީ އިއުލާން ކޮށްފައެވެ.

ފަނޑިޔާރު ޑީޑީ ސަަސްޕެންޑް ކުރަން ނިންމީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ޒާތީ މަސްލަހަތެއް އޮވެގެން ކަމަށާއި އެކަމުގައި ޖޭއެސްސީން އަމަލުކުރީ ގާނޫނާ ޚިލާފަށް ކަމަށް ޑީޑީގެ ވަކީލް ސުޕްރީމް ކޯޓުގައި ވަނީ ވިދާޅުވެފައެވެ. ފަނޑިޔާރު ދީދީގެ ވަކީލް މުހައްމަދު ސަލީމް (ރޭނިސް ސަލީމް) ސުޕްރީމް ކޯޓުގެ ޝަރީއަތުގައި ވިދާޅުވީ ފަނޑިޔާރު ޑީޑީގެ މައްޗަށް ތުހުމަތު ކުރާ މައްސަލައަކީ ޓެރަރިޒަމްގެ ކުށުގައި ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމް ކުރެއްވި ބެންޗުގައި ފަނޑިޔާރު ޑީޑީ އިންނެވި އިންވެވުމާ ގުޅުންހުރި މައްސަލައެއް ކަމަށާއި އެހެންވެ، އެ މައްސަލާގައި ނަޝީދުގެ އަމިއްލަ މަސްލަހަތެއް އެބައޮތް ކަމަށެވެ. ޖޭއެސްސީގެ މެމްބަރެއްގެ ގޮތުގައި ވެސް ނަޝީދު ހުންނަވައިގެން އެ މައްސަލަ ހުށަހެޅީ ޒާތީ ގޮތެއްގައި ކަމަށާއި އެ މައްސަލަ ނަޝީދަށް ހުށަނޭޅުއްވޭނެ ކަމަށް ސަލީމް ވިދާޅުވި އެވެ.

މީގެ އިތުރުން ފަނޑިޔާރު ޑީޑީ ސަސްޕެންޑް ކުރަން ނިންމި ޖޭއެސްސީގެ ޖަލްސާގައި ނަޝީދުގެ އިތުރުން އެކަމުގައި މަސްލަހަތު ހިމެނޭ އެހެން ތިން ބޭފުޅަކު ބައިވެރިވި ކަމަށް ސަލީމް ވިދާޅުވި އެވެ. ނަޝީދު ކުރެއްވީ ޖިނާއީ ތުހުމަތުތަކެއް ކަމަށް ވާއިރު، ޖިނާއީ އިޖްރާއާތުގެ އުސޫލުތަކުގެ ތެރެއިން މިހާތަނަށް އެއްވެސް ފިޔަވަޅެއް ނާޅަނީސް އެ މައްސަލާގައި ޖޭއެސްސީއަށް ނިިންމުމެއް ނުނިންމޭނެ ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ. ފަނޑިޔާރަކު ސަސްޕެންޑް ކުރުމުގެ ކުރިން އޭނާގެ ބަހެއް ހޯދަން ޖެހޭނެ ކަމަށް ގާނޫނު ބުނާއިރު، ޖޭއެސްސީން އެގޮތަށް އަމަލު ނުކުރާ ކަމަށާއި އަދި މައްސަލައެއް ބަލާ ކަން ވެސް އޭރު އަންގާފައި ނެތް ކަމަށް ސަލީމް ވިދާޅުވި އެވެ.

ޑީޑީ ވަނީ އޭނާގެ މައްޗަށް ޖޭއެސްސީ އިން ހިންގި ތަޙްޤީޤަކީ ބާތިލް އިޖުރާއަތެއްގެ މައްޗަށް ހިންގި ބާތިލް ތަޙްޤީޤެއް ކަމަށް ނިންމައި ދިނުމަށް އެދިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. .އިކުރާމުބެ

    ލަސްވެއްޖެ ބޭރުކުރަން ޔާމީނު އެތައްބަޔަކު ނުހައްގުން ޖަލައްލުމައް ބޭނުންކުރި ފަންސޫރެއް ތިޔައީ

    2
    14
  2. ކަނބާ

    އެމްޑީޕީއާ ނުވަތަ އެމްޑީޕީގެ މެމްބަރަކާ ދެކޮޅަށް ޙުކުމެއްކުރާ އެއްވެސް ފަނޑިޔާރަކު ކަމަކު ނުދާނެއެވެ. އެއީ އިންޞާފުވެރި ފަނޑިޔާރަކަށްވެސް ނުވާނެއެވެ. އިންސާފުވެރި ފަނޑިޔާރުގެއެއް ހޯދާވާހަކަ އެބުނަނީ އެމީހުން ބޭނުންވާގޮތަށް ޙުކުމްތައް ނެރޭނެ ފަނޑިޔާރުގެއެވެ. ޑީޑީ ގޯސްވެ، އޭނާ ބޭރުކުރާން އެއުޅެނީ އަންނިއާ ދެކޮޅަށް ހުކުމްކޮށްފައިވާތީ އެކަމުގެ ބަދަލުހިފުމަށެވެ.

    15
  3. ކުޑަބަޖަރާ

    ރަބަރުތައްގަނޑު.

  4. ނުރަބޯ

    ގާނޫނު އަސާސީގައި ކަނޑައެޅި ބަޔާންވެގެންވާ، ގައުމުގެ 3 ބާރުގެ ތެރެއިން 1 ބާރަކީ ޢަދުލު އިންޞާފުގެ ދާއިރާގެ އެއްމެ މަތީ ބާރުކަމަށްވާ ސުޕްރީމް ކޯޓެވެ. އެކޯޓްގެ މައްޗަށް އަމުރުކުރާނެ ޖޭއެސްސީ އެއްވެސް ކޭއެފްސީ އެއްވެސް އަދި ރައްޔިތުންގެ މަޖްލިހެއްވެސް ނުހުންނާނެ އެވެ. އަދި އެ ކޯޓުން ކުރާ ކޮންމެ އަމުރަކީ އެއްމެފަހުގެ އަމުރެވެ. ވީއިރު ޢަދުލު އިންސާފު ހިންގަން ހުންނަ ފަނޑިޔާރަކާ ޒާތީވެގަނެ އޭނާގެބޮލުގައި ކުށެއްގެ ތުހުމަތު އަޅުވާ އޭނާ ފަނޑިޔާރު ކަމުން ދުރުކުރަން މަސައްކަތް ކުރުމަކީ ބަޣާވާތް ކޮށްގެންނާ ވޯޓުން ވައްކަން ކޮށްގެން ގައުމު ފޭރިގަތް ރީނދޫ ލާދީނީ އެމްޑީޕީގެ ޚުދުމުޚުތާރު ކަން ނޫން ދެން ކޮންކަމެއްތޯ؟ ކެރަފާ ނަޝީދު އޭނާ ކުރިކަން މުޅިދުނިޔެވެސް ދަންނަ ކުށަކަށް ޝަރީޢަތުން ޙުކުމްކުރިމީހާޔާ ގެޅިގަނެގެން އޭނާ ކޯޓުން ވަކި ކުރި އަސް އަދި އޭނާއަށް ލިބިފައިނުވާ ބާރެއްގެ ދަށުން ސުޕްރީމް ކޯޓު އުވާލިޔަސް އެނާ އެކުރިބޮޑު ކުށް، ޔަޢުނީ ގާޒީ ޢަބްދުﷲ ޢަސްކަރީ ބާރުބޭނުން ކޮށްގެން ހައްޔަރު ކޮށް ރަހީނު ކުރުމުގެ ޓެރަރިޒަމްގެ ޢަމަލު އެއީ އޭނާ ނުކުރާ ކަމަކަށް ހެދޭނެ އެއްވެސް ގޮތެއް ނެތެވެ.

    10