ކުރީގެ ހޯމް މިނިސްޓަރ އަހުމަދު އަޒްލީނަށް މީހަކު ހަމަލާ ދީފިއެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން އަޒްލީން ވިދާޅުވީ އޭނާ އަށް މީހަކު ހަމަލާ ދިނީ އިރުކޮޅެއް ކުރިން އޭނާ ދިރިއުޅޭ ގޭގެ ތިރީގައި ހުރި ކެފޭއެއް ކައިރިން ކަމަށެވެ.

"ހަމަލާ ދިން މީހާ އަޅުގަނޑުގެ ގައިގަ ދެ ފަހަރު ޖެހި. ކުދި އަނިޔާ ތަކެއް ލިބުނު. ހަމަލާ ދިން މީހާ ވަނީ އަޅުގަނޑަށް މަރުގެ އިންޒާރުވެސް ދީ ރޭ ޖޭޕީ އަަށް ސޮއިކުރީ އިތުރު ބަގާވާތެއް ކުރަން ކަމަށް ބުނެފައި" އަޒްލީން ވިދާޅުވިއެވެ.

އަލްޒީން ވިދާޅުވީ ހަމަލާދިން ސަރަހައްދުގައި ފުލުހުން މިހާރު ހަރަކާތްތެރިވަމުންދާ ކަމަށާއި ފުލުހަށް މައްސަލަ ހުށައަޅަން ފުލުހުންގެ މައި އިދާރާއަށް ދަތުރު ކުރައްވަމުން ގެންދަވާ ކަމަށެވެ.

އަޒްލީނަށް މިރޭ ހަމަލާދީފައިވާއިރު އެނާ އަކީ ރައީސް ޔަަމީން ސަރުކާރުގެ ހޯމް މިނިސްޓަރ ކަން ކުރެއްވި ބޭފުޅެކެވެ. އަދި ރައީސް ޔާމީންގެ ވަރަށް އަރިސް ބޭފުޅެކެވެ. އަޒްލީންގެ އިތުރުން ކުރީގެ ރައީސް ޔާމީނުގެ އަރިހުގައި ތިއްބެވި ގިނަ ބަޔަކު ރޭ ވަނީ ޖޭޕީއަށް ސޮއިކޮށްފައެވެ.

އަޒްލީން އާއި އެކު ރޭ ޖުމްހޫރީ ޕާޓީއާއި ގުޅުވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި، ކުރީގެ މެންބަރު ނިހާން, އަދި ކެލާ ދާއިރާގެ ކުރީގެ މެންބަރު އަލީ އާރިފް އާއި އިނގުރައިދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ފަލާހު, ރައީސް ޔާމީންގެ ދައުރުގައި އެމަނިކުފާނުގެ ނައިބު ކަން ކުރައްވާފައިވާ އަބްދުﷲ ޖިހާދު ހިމެނިވަޑައިގަންނަވައެވެ.

އަޒްލީނަށް ދިން ހަމަލާ އާއި ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކުރިކަމުގެ މައުލޫމާތެއް ލިބިފައެއް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

 1. ައަފީ

  އަޒްލީނަށް ބުނެލަން އޮތީ މިގައުމުގެ ވެރިކަމަށް އަހަރެން އަޔަސް މިގައުމުގެ ވެރިކަމަށް ޖޭޕީ އަށް ނާދެވޭނެ.

  100
  22
  • ގ

   ހަމަ ލިބިދާނެ... ޑރ. ވަހީދު ވެސް ރައީސްކަން ކުރެއްވި..

   17
   4
 2. ކިނބޫ

  "..........އަޅުގަނޑަށް މަރުގެ އިންޒާރުވެސް ދީ ރޭ ޖޭޕީ އަަށް ސޮއިކުރީ އިތުރު ބަގާވާތެއް ކުރަން ކަމަށް ބުނެފަ" އެހެންވީމާ ޝައްކެއް ނެތް ރީނދޫ ގުންޑާއެއް ތިކަން ކުރާނީ. މައްސަލައެއް ޖައްސާނެ ކަމެއް ނެތް. ތިކަމެއް ނުބެލޭނެ.

  114
  31
 3. ޝައްފާން

  ބުނެވެންއޮތީ ހަމަ އެންމެވާހަކައެއް.. އެއީ.. ޔާމީނުގެ ސަރުކާރު ނުބައިކޮއްފާ މިސަރުކާރު ރަނގަޚު ކުރެވޭކައް ނެތޭ.. އެއީވެސް މިއީވެސް ހަމަ އެކައްޗެއް މޫނުމަތީން ފެންނަންހުންނަ ބޭރުފުށުގެ ސިފައެކަނި ތަފާތީ.. މި އެންމެން ރިޕްލޭސް ކުރެވިގެން ނޫނީ މިގައުމުގެ އެއްވެސް ހަގީގީ މައްސަލަތަކައް ނިމުމެއް ނުގެނެވޭނެ. އެކަން ކުރެވެން އޮތް ގޮތަކުބް އެބަޖެހޭ ކުރަން.

  81
  11
 4. ބަޑިއަބުދުﷲ

  ކަލޯ.އަޒުލީމު .އިޚުލާސްތެރިނިޔަތެއްގައި.ކަލޭމެން.ބުރުމާގާސިމްކާރިއަށް.ނުދާނެކަމާމެދު އަހަރެމެން ޝައްކެއްނުކުރާނަން ދުވާލު އިރުފެންނަފަދައިން އެގޭހަގީގަތެއް ހަގީގަތް އޮޅުވާނުލެވޭނެ ބޮޑުރޭވުންގަޑެއް އެބަވޭ. ކަލޭމެންގެބަހަން ހެއްލޭނީ ތިދެބޯބުރާތި ބުރުމާ އަހަރެމެންމިތިބީ ކަލޭމެންގެ ކުޅިގަޑު ވަރައްގާތުންބަލަން އިގޭ!!!!!!!!!!!

  49
  10
 5. މާމިގިލީ މީހާ

  މިހާރު ގާސިމު އެގެންދަވަނީ ބަގާވަތް ކުރާނެ ގޮތް ރާވަމުން. ގާސިމު ހިފާ ހައްޔަރު ކުރޭ.

  55
  31
 6. އިމްރާން

  ހަމަ ތެދެއްތަ،. ހީވެސްނުވޭ، އަނެއްކާ ކީއްކުރަން މިފަދަ ނެގިމަޑުވެފަ ނާގާބިލް މީހަކަށް ހަމަލާވެސް ދޭންވީ.

  26
  2
 7. ނިހާދު

  ލަޔާގަތު ކިޔާ މީހަކު ފޭސް ބުކުގައި އަޒުލީނަށް ވަރަށް ހަޑިއެއްޗެހި ކިޔާފަ ހުރި. 100% ޔަގީން އެމްޑީޕީ މީހުން ތިހަމަލާ ދޭން ފެށީ .

  33
  12
 8. މަކމަނާ

  ބޮޑަށް ޝައްކުކުރެވެނީ އަދުރޭގެ ބަދަލު ހިފުމަކާ

  20
  34
 9. ޕޮގުބާ

  ބަގާވާތް ކޮއްގެންވެސް މިއަނިޔާވެރިކަމުން ސަލާމަތްވޭތޯ މަސައްކަތް ކުރަންޖެހިއްޖެ.

  45
  17
  • ގ

   ތެދެއް 100%

   6
   2
 10. ސޮއްބެ މާލެ

  އަޒުލީނާ އަށް އުޅެވޭ ގޮތަކުންދޯ ތިހެންތިވީ... އަޒުލީނާ މެނަށް ހީވަނީޔޭ ބޭނުންހާގޮތަކަށް ދުނިޔޭގަ އުޅެވިދާނެޔޭ.... އަޒުލީނާ އެހެނެއް ނުވާނެ އެނގޭ

  20
  11
  • ސޮއްބެ

   މީހަކަށް ބަޔަކު އަނިޔާދެނީ ވަކިގޮތަކަށް އުޅެގެނެއްނުން...ޢެކަމަކު ޒާތީވެގެން ކޮމެންޓް ކުރަނީ ސިޔާސީ ކަންކަން ހަޖަމުނުކުރެވޭތީ...ޒާތީވެގެން. އަނިޔާވެރި މީހަކު ނޫނީ މީހަކަށް އަނިޔާއެއް ނުކުރާނެ

 11. ޒާ

  މަށަށް ކީއްތަ ހަމަލާ ދިނަސް. ތިމާއުޅޭލެއްވެސް ވަރަށް ހަޑި.

  20
  3
 12. ސައްދާމް

  މިގައުމުގައި ސިޔާސީ މީހުންގެ ކޯޓުލައިގެން އުޅޭ %99.9 މީހުންނަކީ 4 މީހެއްގެ ތައްޕާހުން އުޅޭބަޔެއް، މިއިން މީހަކު ކަމެއްގައި ބެދި އާރާއިބާރު ކުޑަވެލާއިރަށް ދެންހުންނަމީހާގާތަށް ދުވާ ބައިގަނޑެއް.

  19
  1
 13. ހުސެން

  ކަޑަކަމެއް ޖެހުމަކީ،

  12
  2
 14. ސޮނިފުހޭ

  ރީނދޫ ބައިގަނޑަށް ކަމަކުނުދާނެ ތަންކޮޅެއް ދުރުސުލް އަހްލާގު މީހުންނެއް ހީވަނީ އެމީހުންނާ ގުޅެންއުޅޭތީ މެސެޖެއް ދިނިީހެން .ގުޅެންބޭނުންނަމަ ހުސެން ރަ ޝީދު އަހުމަދު ގޮތަށް ދޫ ނުބައި ގުނބޯލަކަށް ވެބަލަ

  13
 15. މަފާޒް

  ހިތާމަ ހުރި އެއްގޮތެއްގަ ސާބިތު ވެ ހުންނަވާ ބަލަ

  2
  1
 16. ބުލްބުލް

  Varah Faisaa ah varu hunna meeheh
  Home ministry ga ves ekan kuree..

  1
  1
 17. ޙަޔާކުޑަ

  ތީ ޔާމީން ބޮލުގަ އާޅުވަން ގަންޖާ ޕާޓީން ކުރާ ކަމެއް

  3
  1
 18. ވަހީދު

  ސިޔާސީ ކަންކަމުގައި ގްރާސްރޫޓް ލެވެލް މީހުން ނުކުމެ ގަޔަށް އަތްލި ޒަމާން ފާއިތުވެއްޖެ ކަމަށް މަ ހީކޮށްގެން މިހުރީ. މާދަމާ ކަންނޭނގެ އަޒުލީނު އެމްޑީޕީއަށް ސޮއިކޮށްފައި ބޮޑު މަގާމަކަށް އަންނާނީ. ގަޔަށް އަތްލުމުގެ ބޭނުމަކީ ކޮބާ؟ ތާކުންތާކު ނުޖެހޭ ކަމެއްގައި ހައްޔަރުވެ ގޮޅިއަށް ދާނީ މޮޔައިން.

 19. ޓެދު

  ޏުޖަހަ. ޙަމަ ހުސް ދޮގު

 20. ފާތުން

  ކަލޭ ތީ ޔާގުންޑާ ވެރިކަމުގަ ކަލެއަށް އިޚުތިރާމް ނުކުރެއޭ ބުނެ މުވައްޒަފުންނަށް ފިޔަވަޅު އަޅާފަ ހުރި ބީތާއެއް. ކަލޭ ހުންނަނީ ކަލެއަށް ކަލޭ ފެނިފަ

 21. ނަޖްވާ

  މި އަޒުލީނަކީ ކާކު؟ ރަށުން މާލެ އަރާ ޑިނގިރީ އެއް ހަދާނަމޭ ހިތާ، އެމްއެންޔީ އަށް ވަދެ އެ ތަާ ތިބި ލެކްޗަރަރުންނަށް ބިރުދައްކަިއިދެން ބޮޑާ ހާކައިގެން އެސައިންމަންުޓްތައް ހަދާފަ ހުރިކަމަސް ވަނީ!