ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުالله ދީދީ (ފަނޑިޔާރު ޑީޑީ) ފަނޑިޔރުކަމުގެ މަޤާމުން ވަކިކުރުމާއި ގުޅޭގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ފޮނުއްވާފައިވާ މައްސަލަ، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީން ދިރާސާ ކޮށް ނިންމިގޮތުގެ ރިޕޯޓް މިއަދުގެ މަޖިލިސް ޖަލްސާއަށް ހުށަހަޅަން ތާވަލްކޮށްފިއެވެ.

ޖުޑީޝަލް ކޮމެޓީން ނިންމާފައި ވަނީ ޑީޑީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން ވަކިކުރާށެވެ.

އޭނާ ފަނޑިޔާރުކަމުން ވަކިކުރުމަށް ޖޭއެސްސީ އިން ރައްޔިތުންގެ މަޖިލީހަށް ފޮނުވީ އިއްޔެ ހެނދުނު އެވެ. ރޭ މަޖިލީހުގެ ޖަލްސާގައި އެމައްސަލަ ޖުޑީޝަލް ކޮމެޓީއަށް ފޮނުވިއެވެ. ޖުޑީޝަލް ކޮމެޓީން ވަނީ ވަގުތުން ބައްދަލުވުމެއް ބާއްވާ، ފަނޑިޔާރު ޑީޑީ މަގާމުން ދުރުކުރަން ފެންނަ ކަމަށް ނިންމާފައެވެ.

މިއަދު މަޖިލީހުގައި ފަނޑިޔާރު ޑީޑީގެ މައްސަލަ ތާވަލް ކޮށްފައި ވާއިރު ޖުޑީޝަލް ކޮމެޓީގެ ރިޕޯޓަށް ބަހުސް ކުރުމަށް ފަހު މިއަދު ވެސް އޭނާ ފަނޑިޔާރު ކަމުން ވަކިކުރަން މަޖިލީހުގައި ވޯޓް ނަގާ، އޭނާ މަގާމުން ދުރުކުރުމުގެ ފުރުސަތު އެބައޮތެވެ.

ޑީޑީ ވަނީ އޭނާގެ މައްޗަށް ޖޭއެސްސީ އިން ހިންގި ތަޙްޤީޤަކީ ބާތިލް އިޖުރާއަތެއްގެ މައްޗަށް ހިންގި ބާތިލް ތަޙްޤީޤެއް ކަމަށް ވިދާޅުވެފައެވެ.

ޖޭއެސްސީ އިން ވަނީ މިދިޔަ ޖޫން މަހުގެ 12 ވަނަ ދުވަހު ފަނޑިޔާރު ޑީޑީ ސަސްޕެންޑް ކޮށްފައެވެ. ނަމަވެސް ޖޭއެސްސީގެ ނިންމުމަށް އަމަލު ކުރުން ފަސް ކުރަން ޖެހިގެން އައި ދުވަހު ސުޕްރީމް ކޯޓުން އަމުރެއް ނެރުނެވެ. އެއަމުރު ނެރުނީ އޭނާ އެމައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުންނެވެ. ސުޕްރީމް ކޯޓުން އެގޮތައް އަމުރު ކުރިނަމަވެސް ސުޕްރީމް ކޯޓުގެ އަމުރު ގަބޫލު ނުކުރާނެ ކަމަށް ޖޭއެސްސީ އިން އޮތީ އިއުލާން ކޮށްފައެވެ.

މިއީ ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު މަގާމުން ދުރުކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު ފުރަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ސައްދާމް

    ލާދީނީ ފިކުރުތަކަށް ތަބާވެ މިގައުމުވެސް ހަލާކުގެތެރެއަށް.

    14
    1
    • ހަސަން

      ސައްދާމަށް ދައްނަވާލަންބޭނުމީ ލާދީނީ ފިކުރެއްނޫންތޯ ފައިސާއަށް ޙުކުމް ވިއްކުން، މީހުންމަރާ ވައްކަންކުރާމީހުން ބަންދުން ދޫކުރުން، އާއިލީމީހުންނަށް ވަޒީފާ ހޯދަދިނީމަ އެމީހުން ބޭނުންވާގޮތައް ޙުކުމްކުރުން، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުންބޭރުވެ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެ ކެމްޕެއިން ކޮށްދިނުން؟؟؟؟؟

      2
      3
  2. ނޫރު

    މިއީ ޑިމޮކްރެސީގެ ނަމުގައި ހިންގާ ޚޮދުމުޚުތާރު ވެރިކަމެއް. ދިވެހިންގެ ބާރުތަކަށް އަރައިގަންނަނީ، ގޭގައި ހިންގާ ކުންފުންޏެއްހެން. ނަޝީދުއަށް މިރޭ ހަމަ ނިދުން ނިދޭނެ، އަދި ވ އަވަހަށް އަނެއް ތިން ފަނޑިޔާރުންގެ މަގާމް ގެއްލޜނެ، ޑރ.ދީދީމެން ހެވިފަ ތިއްބާ ހެނުން ކަރުނަޔަށް ބަދަލްކޮށް ޤައުމުގެ ދުވަސް ދުއްވާލަނީ، ނަޝީދުގެ މަށްސަލަ، ެެެެެެެެެެެ އަނެއްކާ ރިވިއުވް ކުރައްވާ، ވަގުތު މުހިންމުތާ...

    6
    2
    • މާވަޑި ފަލާހް

      ދައްނަވާލަންބޭނުމީ ފައިސާއަށް ޙުކުމް ވިއްކުން އޯކޭހޭ، މީހުންމަރާ ވައްކަންކުރާމީހުން ބަންދުން ދޫކުރުން އޯކޭހޭ، އާއިލީމީހުންނަށް ވަޒީފާ ހޯދަދިނީމަ އެމީހުން ބޭނުންވާގޮތައް ޙުކުމްކުރުން އޯކޭހޭ، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުންބޭރުވެ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެ ކެމްޕެއިން ކޮށްދިނުން އޯކޭހޭ؟؟؟؟؟

  3. ދެކުނުތަރި

    ޏަޒާހަތްތެރި ވަގުން ޤާޒީންގެ ގޮތުގަ ނުބޭތިއްބޭނެ

    3
    6
  4. މުހައްމަދު

    މިގައުމުގެ ޝަރުއީ ނިޒާމު ފުނޑާލަނީ.
    ރައްޔިތުން ނިދިން އަދިވެސް ހޭލާކަށްނުވޭތަ؟
    ހުރިހިތާމައެއްގެ ބޮޑުކަމާއެވެ.
    ހަމަބަހެއްބުނެލާނެ ދަރިޔަކުވެސް ނެތީތަ؟

    9
    1
    • މާވަޑި ފަލާހް

      ދައްނަވާލަންބޭނުމީ ފައިސާއަށް ޙުކުމް ވިއްކުން އޯކޭހޭ، މީހުންމަރާ ވައްކަންކުރާމީހުން ބަންދުން ދޫކުރުން އޯކޭހޭ، އާއިލީމީހުންނަށް ވަޒީފާ ހޯދަދިނީމަ އެމީހުން ބޭނުންވާގޮތައް ޙުކުމްކުރުން އޯކޭހޭ، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުންބޭރުވެ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެ ކެމްޕެއިން ކޮށްދިނުން އޯކޭހޭ؟؟؟؟؟