ގެއްލުމުގެ ބަދަލު ދޭން ކޯޓުން ޙުކުމްތަކެއް ކޮށްފައި ވީނަމަވެސް މިސަރުކާރުން އެފަރާތްކަށް ބަދަލު ދީފައި ނުވާކަމަށް ވިދާޅުވެ، ރައްޔިތުން މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ދޮގު ހަދައިފިއެވެ.

ސަޕްލިމެންޓްރީ ބަޖެޓަށް އިއްޔެ ބަހުސް ކުރައްވަމުން ރޮޒެއިނާ ވިދާޅުވީ ބަދަލުދޭ ވާހަކަދައްކަން އަނގަ ހުޅުވަން ޕީޕީއެމް އިން ލަދުގަންނަން ޖެހޭނެ ކަމަށާއި ކޯޓުން ޙުކުމް ކުރި ނަމަވެސް މިސަރުކާރުން އެއްވެސް ފަރާތަކަށް ބަދަލު ދީފައި ނުވާކަން ރަނގަޅަށް މައުލޫމާތު ސާފުކުރުމުން އެނގޭނެ ކަމަށެވެ. ރޮޒެއިނާ ވިދާޅުވީ ބަދަލު ދިނުމުގެ މައްސަލަތައް ރައްޔިތުންގެ މަޖިލީހަށް މިހާރު ފޮނުވާފައި އެބަހުރި ކަމަށެވެ.

ކޯޓުގެ ޙުކުމްތަކާއި އެއްގޮތައް މިސަރުކާރުން ބަދަލު ދީފައި ނުވާ ކަމަށް ރޮޒެއިނާ ވިދާޅުވިއިރު ފިނޭންސް މިނިސްޓްރީން ކޮންމެ ހަފްތާއަކު އާއްމުކުރާ ތަފާސް ހިސާބުތަކުގެ ތެރެއިން އެންމެ ފަހުން މިމަހުގެ 15 ވަނަ ދުވަހު އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ދައުލަތުން މިއަހަރު ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް 569.4 މިލިއަން ރުފިޔާ ވަނީ ދީފައެވެ. އެއީ މިއަހަރަށް ބަޖެޓް ކުރި އަދަދަށް ވުރެ ވެސް އިތުރު އަދަދެކެވެ. މިއަހަރު ބަދަލުގެ ގޮތުގައި ދޭން ބަޖެޓް ކޮށްފައި ވަނީ 50.4 މިލިއަން ރުފިޔާ އެވެ.

މިސަރުކާރުގެ ކުރީކޮޅު ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރ ހަސަން އިސްމާއިލްގެ ބިގް ކުންފުންޏަށް ވެސް ސަރުކާރުން ވަނީ ބަދަލުގެ ގޮތުގައި 78 މިލިއަން ރުފިޔާ ދީފައެވެ.

ރޮޒެއިނާ އިއްޔެ މަޖިލިސް ޖަލްސާގައި ވިދާޅުވީ މިހާރު އެތައް ބަޔަކަށް ގެއްލުމުގެ ބަދަލު ދޭން ޖެހިފައި ވަނީ ކުރީ ސަރުކާރުން ކަންތައް ކޮށްފައި އޮތް ގޮތުންނެވެ. އެހެންކަމުން ކުރީގެ ހައުސިން މިނިސްޓަރ މުއިއްޒު ފަދަ ބޭފުޅުންގެ ގެދޮރު ވިއްކައިގެން ގެއްލުމުގެ ބަދަލުގެ ގޮތުގައި ދައުލަތުން ދައްކަން ޖެހިފައިވާ ފައިސާ ހޯދަން ވެސް އޭނާ އިއްޔެ ގޮވާލިއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

 1. ބޮލި މުލައް

  ބަލަ ކޮންއިރަކު މަޖުލީހުގަ މެމްބަރުން ތެދުހެދީ؟

  89
 2. ީިިގުދު

  ޜޮޒޭގެ އަނގަ ވެސް ދައުލަތަށް ނަގަން ފެނޭ މާ އަނގަ ގަދައީ

  95
 3. ާައަސްލަމް

  ވާނުވާއެއް ނޭންގެނީ ދޮގުހެދީއެއްނޫން ތަނެއްދޮރެއް ނޭންގުނީ ސަރުކާރުގެ ކަންކަން ހިގާގޮތްވެސް ނޭންގުނީ

  64
  1
 4. ޑަބަލް ދޮގު

  ދޮގުހެދީމައި ދައުވާކުރާ ވާހަކަ އަޑުއެހިން.ޑަބަލް ސުޓޭންޑަރޑްތޯ މަޖިލީހުގެ ރައީސް

  51
  2
 5. ސުޢޫދު

  ގަނޑިއަނަގާ މުޅިދުނިއައްވެސްއޮތީ ތިކަންޢިއުލާންކޮއްފަ ތެދައްވުރެގިނައިން ހަދާނީދޮގުކަން ވޯޓްދިން ރައްޔިތުންގެ ސުވާލުތަކައް ތެދުބަހުން ޖަވާބު ނުދެވިގެން އެއްމެފަހުންވެސްފިލީ ދަރުބާރުގެއިން ދައުލަތުން ބަދެލެއްގެ ގޮތުގަ ލިބުނުވަރު މަދުވީ އައްޑު އަތޮޅު އަދިމާލެ އަތޮޅު ކިތައްރަށުން ގޯތިނަގާވަ ހުރިތޯ ސުވާލު ކޮއްބަލަ ތެދުބަހުން ޖަވާބު ދޭތޯ 2007 2008 މިއަހަރު ތަކުގެ ނޫސްތައް ކިޔާލީމަ އެނގޭނެ

  32
  2
 6. އަލްޖިބްރާ

  ތެދުބަހުން ވާހަކަ ދައްކަން ފާސް ނުކުރި ތަނެއްގާ ދެން ވާހަކަ ދައްކާނީ ދޮގުހަދައިގެން ނޫންތަ ؟ ބުރާންތިވިއަސް ބޮޑުވަރު !

  45
 7. ނަސޭހަތް

  މަޖިލީހުގައި ދޮގުނުހަދާ ވަރަށްގިނަރައްޔިތުން މަޖިލީހަށް އިންތިޚާބުކުރައްވަނީ އެމީހުންގެ
  ވަރަށްބޮޑު އުއްމީދުތަކާއެކު އެމީހުންގެހައްގުގައި ވަކާލާތު ކުރުމަށް ވީމާ، ބޮޑުމުސާރައެއް
  ނަގައިގެން އަރާމުކޮޓަރިއެއްގައި އަރާމުގޮނޑިއެއްގައި ހުރެގެން ރަށްޔިތުންގެ ހައްގުގައި
  ކޮޅުފައިންޖަހާ ދޮގުހަދާނަމަ މިޒާތުގެމީހުން މަޖިލީހަށް އިންތިކާބުކުރައްވާ ރަށްޔިތުން ދެވަނަފަހަރު
  މިކަހަލަކަންތަކުގައި ރަގަޅަށްވިސްނަވާ ދޮގުނުހަދާ ތެދުވެރިބޭފުޅަކަށް އިސްކަންދެއްވާ

  30
 8. ދަންނަ ނުދަންނަ

  ތިގޮތައް އުޅޭ މީހުންނަށް މި ގައުމުގައި ޖާގަ އޮތީ.. ދެން ކޮބާ މައްސަލައެއް..

  17
  1
 9. ނާރު

  ރޮޒައިނާގެ ތަންތަންވެސް ދައުލަތައް ނަގަން އެބަޖެހޭ

  20
  1
  • ނީމް

   އަހަރެން ތާއީދު.. ވަރައް ތާއީދު ތި ކަމައް.. ރޮޒޭގެ ހުރިހަާތަނެއް ނަގަން ތައްޔާރު..

   11
 10. އަނެއް އަންނި

  ؟ އެތަން ހަދާފަ ބަޖެޓް ހޯދަން މަށަށް ފެންނަނީ މާރީތިވާނެ ކަލޭގެ ދާއިރާގެ ރައްޔިތުންނަށް ފައިދާހުރި ވާހަކަތަކެއް ދެއްކިއްޔާ އައްޑޫގެ ރައްޔިތުން އެއުޅެނީ ވަގުންނާއިހެދި ގޭގޭގައި ދިރިއުޅުމަށް އުނދަގުވެގެން މިސަރރުކާރުން ވަގުންތައް ދޫކޮށްލާފައި އެތިބީ މާރީތިވާނެ އެކަމަށް ހައްލެއް ލިބޭތޯ ތިތާނގަ ހުރެގެން އަނގަތެޅުވިއްޔާ ފުލުހުންނަކަށް ނެތް ގާނޫނުތައް އޮތްގޮތުން އެމީހުން ހިފެހެއްޓޭކަށް ތިތަނުގަ ތިބެގެން ކުރަންވީ ކަމަކީ މީހުންގައިގެ މަސްކެއުމެއްނުން ގާނޫނުތައް ހެދުން ގާނޫނުތައް އިސްލާހު ކުރުން ކަލޭމެން ތީމިހާރު ތަހުގީގުކުރާ ބަޔަކަށް ވެއްޖެ ކަލޭމެންގެ ވާޖިބު ކަލޭމެންނަކަށްވެސް ނޭގޭ

  18
 11. ގަބަރޭ

  މިސަރުކާރުން މިހާތަނަކައް އެއްވެސްބަޔަކައްބަދަލުދީފައެއްނެތް އެހެންވިއްޔާފާސްކުރިބޮޑު ބަޖެޓް ބައްތިރީސް ބިލިއަންރުފިޔާއަޅާލީ ކޮންތާކައްބާ ތަރައްޤީއައްކުރެވުނުކަމެއްނެތް

  20
 12. Anonymous

  ﴿33﴾ وَقَرْنَ فِي بُيُوتِكُنَّ وَلَا تَبَرَّجْنَ تَبَرُّجَ الْجَاهِلِيَّةِ الْأُولَىٰ ۖ وَأَقِمْنَ الصَّلَاةَ وَآتِينَ الزَّكَاةَ وَأَطِعْنَ اللَّهَ وَرَسُولَهُ ۚ إِنَّمَا يُرِيدُ اللَّهُ لِيُذْهِبَ عَنكُمُ الرِّجْسَ أَهْلَ الْبَيْتِ وَيُطَهِّرَكُمْ تَطْهِيرًا

  އަދި ތިޔަކަނބަލުން، ތިޔަކަނބަލުންގެ ގެތަކުގައި ތިބޭށެވެ! އިހުގެ ޖާހިލީ ޒަމާނުގެ ޒީނަތުން ތިޔަކަނބަލުން ޒީނަތްތެރި ނުވާހުށިކަމެވެ! އަދި ތިޔަކަނބަލުން ނަމާދު قائم ކުރާށެވެ! އަދި ތިޔަކަނބަލުން زكاة ދޭށެވެ! އަދި اللَّه އާއި، އެކަލާނގެ رسول އާއަށް ތިޔަކަނބަލުން ކިޔަމަންވާށެވެ! އޭ أهل بيت ންނޭވެ! اللَّه އިރާދަކުރައްވާކަން ކަށަވަރީ، ތިޔަބައިމީހުންގެ ކިބައިން ފާފަތައް ދުރުކުރައްވައި، ފުރިހަމަ طاهر ކުރެއްވުމަކުން ތިޔަބައިމީހުން طاهر ކުރެއްވުމަށެވެ.

  [ އަލް އަޙްޒާބް ސޫރަތުގެ 34 ވަނަ އާޔަތް]
  #Tharujamaa

  14
 13. މިގޭ

  ތީ އަބަދުވެސް ދޮގުހަދާ މީހެއް

  16
 14. ހހހހހހ

  ތެދުވެސް ހަދާއުޅޭ މީހެއްތަ އެއީ!

 15. ކާފަދ

  ދޮގެއް ހަދައިފިއެއްނު، ސީދާ ނަރަކައަށް