ތ.މަޑިފުށި، ކ.ހުރާ އަދި ޅ.ނައިފަރު ކައުންސިލް އިދާރާގެ އައު އިމާރާތްތައް އަޅަން ފިނޭންސް މިނިސްޓްރީން އިއުލާން ކޮށްފިއެވެ.

މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުސޫލުގެ މަތިން ކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކޮށްފައިވެއެވެ.

ކޮންމެ ބީލަމެއްގައި ބައިވެރިވުމަށް -/500 (ފަސްސަތޭކަ) ދިވެހި ރުފިޔާގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ މިއަދުން ފެށިގެން 2 އޮކްޓޯބަރ އާއި ހަމައަށެވެ.

މި މަސައްކަތްތަކާއި ބެހޭ އެންމެހައި ލިޔެކިޔުންތައް 29 އޮގަސްޓް 2019 އިން ފެށިގެން ސޮފްޓްކޮޕީ ފޯރމެޓުގައި ފިނޭންސް މިނިސްޓްރީގެ ވެބްސައިޓް އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

ބިޑް ސެކިއުރިޓީ ދިވެހި ރުފިޔާއިން ނުވަތަ އެ އަދަދާ އެއްވަރެއްގެ އަދަދެއް ޔޫ.އެސް.ޑޮލަރުން ހުށަހެޅިދާނެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި 31000 ރުފިޔާ ދައްކަން ޖެހޭނެއެވެ.

ބީލަން ހުޅުވުން އޮންނާނީ 3 އޮކްޓޫބަރު 2019 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ފިނޭންސް މިނިސްޓްރީގައި ކަމަށް ފިނޭންސް މިނިސްޓްރީގެ އިއުލާނުގައި ވިދާޅުވެފައިވެއެވެ.

ތިން ކައުންސިލް އިދާރާއެއް އިމާރާތް ކުރުމަށް ޚަރަދު ކުރަން ނިންމާފައި ވަނީ ކިހައި އަދަދެއްގެ ފައިސާއެއް ކަމެއް ފިނޭންސް މިނިސްޓްރީން ވިދާޅެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކާރިމް

    ސާބަހޭ ނައިފަރު ދާއިރާގެ ޢިއްޒަތްތެރި މެމްބަރ އަޙްމަދު ޝިޔާމް... ތިއި ރައްޔިތުން ދެކެ އިންތިހާއަށް ލޯބިވާ މެމްބަރެއް.. ނައިފަރު ރައްޔިތުން ލޯތްބާ އެކު ފައްފަށުން ބުނެ ލަން އޮތީ ޝުކުރިއްޔާ އަޙްމަދު ޝިޔާމް...

    4
    1