އުމުރުން އެންމެ 16 އަހަރުގައި ޅ.އަތޮޅު ހިންނަވަރަށް އަރުވާލި ކަމަށް ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ކުޑަކުދިންގެ އަދުލުގެ ބިލަށް މިއަދުގެ މަޖިލިސް ޖަލްސާގައި ވާހަކަދައްކަވަމުން ޖާބިރު ވިދާޅުވީ ރާއްޖޭގައި ކުޑަކުދިންނަށް އެންމެ ބޮޑެތި އަނިޔާތަކެއް ދީފައި ވަނީ ކުރީގެ ރައީސް މައުމޫން ކަމަށެވެ.

"ރައީސް މައުމޫންގެ ވެރިކަމުގައި ކުޑަކުދިންނަކީ އަޅުގަނޑުމެން. އޭރު މާލެ އަންނަނީ ކުޑަ ސިޓީ ހައްދައިގެން. ފަޅު އޮޑީގައި އޮވެ ވިސާ ނަގައިގެން މާލެ އަށް އެރެނީ. ކުޑަކުދިންނަށް އަނިޔާ ކުރުމުގެ ސަގާފަތް އެންމެ ބޮޑަށް ފެންނަ އޮތީ މައުމޫންގެ ވެރިކަމުގައި." ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ މައުމޫންގެ ވެރިކަމުގައި މީހުންނަށް އަދަބު ދިނީ މީހުންގެ އުމުރަށް ވެސް ބަލާފައި ނޫން ކަމަށެވެ.

"މައުމޫންގެ ވެރިކަމުގައި ނޯވޭ އުމުރަށް ބެލުމެއް ވެސް. އޭރު ހުންނަނީ ފުލުސް ކޯޓު. އަޅުގަނޑު އުމުރުން 16 އަހަރުގައި ބޯޓަކަށް ލާފައި އަރުވާލި. އަޅުގަނޑަކަށް ނޭނގެ ބޯޓް ފުރިއިރު ވެސް މިދަނީ ކޮންތަނަކަށް ކަމެއް. މިއަދު މިވާހަކަދައްކާއިރު ހިތައް ތަދުވެސްވޭ. އަޅުގަނޑު ބޭނުންވީ އަޅުގަނޑު ލައިފްގައި ކަންތައްތައް ރަނގަޅު ވާން." ޖާބިރު ވިދާޅުވިއެވެ.

މިއަދު ވެސް މައުމޫން ފަދަ ބޭފުޅުން ޕާޓީތައް ހަދައިގެން ވެރިކަމުގެ ތެރޭގައި އެބަތިއްބެވި ކަމަށާއި އެހެންކަމުން ކަންތައްތައް ރަނގަޅު ނުވާނެ ކަމަށް ޖާބިރު ވިދާޅުވިއެވެ.

މައުމޫނަށް ފަހު ދެން ފެނުނީ ޔާމީން ކަމަށާއި ޔާމީން ވަނީ ކުޑަކުދިންނަށް ފައިސާ ދީގެން ގްރޫޕް މާރާމާރީތައް ހިންގާފައި ކަމަށް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ އަނިޔާވެރިކަން އާއްމުވެ މިހާރު އަނިޔާވެރިކަމަކީ އެއްވެސް ކަމަކަށް ނުވާ ހިސާބަށް ގޮސްފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ސޮނިފުހޭ

    ހެހެޭ ތީވެސް ވަކަރުގޭ ކުއްޖެއްދޯ

    52
    4
  2. އާންދު

    ޢަބުދުﷲޖާބިރު ބުނެލަބަލަ ޖާބިރު ތިގެންގުޅޭ ފައިސާ ލިބުނު ގޮތެއް

    60
    2
    • ހަހަހަ

      ލޮލީ ވިއްކައިގެން މަހުޖަނަކަށްވީ މީހަކާ އަމާ ކިއްލި ވިއްކައިގެން މަހުޖަނަކަށްވީ މީހަކާ ރީލޯޑު ން މަހުޖަނަކަށްވީ މީހަކާ އުޅޭ ކަމެއް ނޭގޭތަ؟

      18
  3. ހުސޭނުބޭ

    ކޮންކަމެއް ކުރީމާހޭ އަރުވާލަންޖެހުނީ! އެހެންވީރު ކަލެއަކީ ހާދަ ކުރިއަކުން ކުށްކުރަން ފެށި މީހެއްތާދޯ! !

    63
    4
  4. ހޯހޯ

    ބޯހަލާކު މައުމޫނައްފަހު ކަލެއައްފެނުނީ ވެރިކަންކުރަނިކޮއް ޔާނީމް ހަމަރަނގަޅައްވެސްތިހިރީގޯވާފަ

    51
    1
  5. ސޮޑާ

    މައުމޫނަށްވުރެ ކުޑަތަންކޮޅެއް މީނަ ހަގުވިޔަސް ވާނީ. އެކަމަކު މައުމޫނު ވެރިކަން ކުރިއިރު މީ ކުޑަކުއްޖެކޯ! ހެހޭއް

    27
    1
  6. ޖަހާބެރު

    ޖަހާބެރު ހާދަ ކުރިން ވައްކަން ކުރަން ފެށިކަމަށް ތިބުނަނީ... ސާބަހޭ...ޖަހާބެރު

    29
    1
  7. ާޫޫ މަަަރިޔަނާ

    ޖާ އަށް ކިތަށް އަހަރު ތަ މިހާރު މަހީކުރީ 80 ވެދާނެ ކަމަށް

    24
    1
  8. ޒާ

    ޖާބިރުއެވެ. ޖާބިރު އަރުވާލި ހަނދާންވާނަމަ މަމެން އުފާކުރަމެވެ. އަރުވާލީ ރ. އަތޮޅު ވާދޫއަށެވެ. އެރަށުގައި ޖާބިރު އުޅުނީ އެރަށު ކުދިންނާއެކު ބޮލިހޮވާށެވެ. އޭރު އެކުގައި ބޮލި ނަގާ އޭތި ސާފުކޮށް ދޮންނަން އެކުގައި އުޅުނު ކުދީން މިއަދު ޖާބިރު އެމީހުންނާ ވާހަކަ ނުދައްކާ ބޮޑާކަމުގައި އުޅޭތީ އެވާހަކަ ދައްކާއަޑު އެހީމެވެ. އެފަދަ މީހުން މާލޭގައި މިއަދު ދިރިއުޅެއެވެ. ޖާބިރު މިއަދު އެމީހުން ފެންނަކަމަށް ނުހަދަނީ މިއަދު ތިއީ ބިލިއަރަނަކަށް ވާތީތޯއެވެ؟ ﷲ ތިމާއަށް ރިޒްގު ތަނަވަސް ކުރެއްވުމުން ނިކަމެތިވި ދުވަހު އެކުގައި އުޅުނު ރައްޓެހިން މަތީން ހަންދާން ނުކުރާނީ ހާދަ ނުބައި ނުލަފާ ބޮޑާމީހުންނެވެ.

    26
    1
    • ހުސޭނުބޭ

      އަލިފާން ކައިގެން ތިބޭ މީހުން ޞަދަގާތާއި ހެޔޮފޯރުވުމާއި ވަރަށް ދުރުވާނެ!

      11
  9. ކ

    ތިހެން ބުނީމާ މިހަނދާން ވަނީ. މައުމޫން ދައުރު ތަކުގަ ސްކޫލް ޓިޗަރުން ވެސް ވަރަށް ހަރުކަށި. އަދި ކުދީން ކުދީންނާ ތަފާތު ކުރުން ފަދަ ކަންކަން ހިނގާފަ ވޭ. 30 އަހަރުދުވަހުތެރޭ ހުރިހާ ސިސްޓަމެއް ހަލާކު.

    6
    5
  10. ދދދދދދ

    ސުއްބޫހުން އޭރުއްސުރެ ވައްކަން ކުރުން ނޫން ކަމެއް ނުކުރޭ! ޕިސް ޕިސް ޕިސް. އެންމެ 16 އަހަރުގަ؟ ދެންވެސް ކަށީގަ ހިފާފަ ހުރީތީއޭ ކިޔާފަ ތިގޮތުގަ ކުރިއަށް ދަނީތަ؟ ހުއްޓާލަންވެއްޖެނު ތިކަންތައް.

    15
    1
  11. ނުރަބޯ

    މިހާރުވެސް ތިޔަހަރީ ޖަލަށްލާން ވެފަ. ދާދި އިހަށްދުވަހު ނޫންތޯ ރަށެއްގެ ގޮނޑުދޮށުގައި ތުންދިގުފުޅި ބޮއިގެން ކިޔޭ ނުކިޔޭ ނޭނގި މުޅިމީހާ ދޮންވެލިން ހިނެވިފައިނީ؟

    8
    1
  12. ލާމު

    މައުމޫނު ވެރިކަން ކުރިއިރު އަހރެންވެސް ކުޑަ. އެކަމަކު އަރވާނުލާ އެއްވެސް ރަށަކަށް. އަރުވާލާވަރު ކަމެއްވީމަ އަރުވާލާނީ.

  13. ހަސަދު

    ސޯލައަހަރުގައި ވެސް ކުށްކުރަމުން ދިޔަ މީހެއް މީނައަކީ. އެއްވެސް އެއްޗެއް ފެށުން ގޯހިއްޔާ ދެން ވާނީ ހައްތަހާވެސް ގޯސް. އަދި ކުޑަ ސިޓި ހެދީ މައުމޫނު ދައުރަކު ނޫން އިގޭތޯ. އެއީ ނާސިރު ދައިރުގައި. މައުމޫން އެކަން ހުއްޓުވީ.

  14. ދޮށިކޮއި ޢަލީގެ މުޙައްމަދު

    މައުމޫން އެއީ ފުރަތަމަ ދިވެހި ރާއްޖޭގައި އުޅެނީ ދިވެހިންކަމަށް ޤަބޫލް ކުރި ދިވެހިރާއްޖޭގެ ތަރައްޤީގެ ބާނީ ދިވެހިރާއްޖޭގެ ރަށްރަށުގައި ދިވެހި ދިދަ ނަގަން ހުއްދަ ދެއްވައި ރަށްރަށުގެ އޮފީސްތަކުގައި ފެންނަގޮތަށް ދިދަ ނަގާފަ ބެހެއްޓުމަށް އެންގެވީވެސް ރައީސުލް ޖުމުޙޫރިއްޔާ އަލްއުސްތާޒް މައުމޫން އަބުދުލް ޤައްޔޫމް ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގެ މީހަކަށްވެސް ވެރިރަށް މާލެއަށް އައިސް އުޅުމުގެ މިނިވަން ކަން ދެއްވީވެސް އެމަނިކުފާނު މިހެންގޮސް ކިޔާނެކަމެއްނެތް