ފަނޑިޔާރުންނާއި މެޖިސްޓްރޭޓުންގެ ގައިގަ އަތް ނުލެވޭނެ ކަމަށް އެބޭފުޅުން ގަބޫލުކުރައްވާ ކަމަށާއި ނަމަވެސް އެކަން ދެން އެގޮތައް ނުވާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވިދާޅުވެއްޖެއެވެ.

ހިސާން މިހެން ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ (ފަނޑިޔާރު ޑީޑީ) މަގާމުން ދުރުކުރުމުގެ މައްސަލައިގެ ބަހުސްގައި މިއަދު ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.

ހިސާން ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު މަގާމުން ދުރުކުރުމަކީ އާދައިގެ ކުޑަކުޑަ ކަމެއް ނޫން ކަމަށާއި ފަނޑިޔާރު ޑީޑީގެ މައްސަލަތައް ވެސް ބަލަމުން އަންނަތާ މިހާރު ގިނަ ދުވަސްތަކެއް ވެއްޖެ ކަމަށެވެ.

ފަނޑިޔާރު ޑީޑީ ވަކިކުރުމުގެ ކަންކަމަށް ގިނަ ދުވަސްތަކެއް ވެއްޖެ ކަމަށް ހިސާން ވިދާޅުވިއިރު އޭނާ މަގާމުން ދުރުކުރުމުގެ މައްސަލަ ޖޭއެސްސީ އިން މަޖިލީހަށް ފޮނުވީ އިއްޔެ އެވެ. ރޭ މަޖިލީހުގެ ޖަލްސާގައި އެމައްސަލަ ޖުޑީޝަލް ކޮމެޓީއަށް ފޮނުވުމުން ކޮމެޓީން ވަނީ ރޭ ބައްދަލުވުމެއް ބާއްވާ، ފަނޑިޔާރު ޑީޑީ ވަކިކުރަން ނިންމާފައެވެ.

ހިސާން ވިދާޅުވީ މިއަދު ފަނޑިޔާރު ޑީޑީ މަގާމުން ދުރުކުރުމަކީ ޖުޑީޝަރީ އިސްލާހު ކުރަން މުހިއްމު ފިޔަވަޅެއް އެޅުމުން ކަމަށެވެ. "ރައްޔިތުންގެ އިތުބާރު ހޯދަން ކުރަން ޖެހޭ އެއް ކަމަކީ ފަނޑިޔާރުންގެ ޝަކުވާތައް ބަލާނެ މުއައްސަސާތައް ހުރިކަން ރައްޔިތުންނަށް ގަބޫލު ކުރެވުން. ފަނޑިޔާރުންނަށް ސިޔާސީ ފަރުދާގެ ފުރަގަހުގައި އަބަދު ނުތިބެވޭނެ ކަން ސާބިތުކޮށްދޭން ޖެހޭ. ސިޔާސީ ފަރާތްތައް ކައިރީ ސިޔާސީ ފަރާތްތަކުން ލޮބީކޮށްގެން ކަންތައްތައް ބަދަލު ކުރުން ހުއްޓުވަން ޖެހޭ." ހިސާން ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ ސުޕްރީމް ކޯޓުގެ ނުފޫޒު ހުދޫދެއް ނެތި ރައްޔިތުންގެ މައްޗަކަށް ނުފޯރުވޭނެ ކަން ވެސް މިއަދު ސާބިތުކޮށްދެވޭނެ ކަމަށެވެ. "މިކަންކަން މިގޮތައް ބައްޓަން ވެގެން ދިއުމުން ރައްޔިތުންގެ އިތުބާރު ސުޕްރީމް ކޯޓަށް ލިބިގެންދާނެ." ހިސާން ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ ރައްޔިތުން އެދޭފަދަ ތާހިރު ދިރިއުޅުމެއް އެމްޑީޕީން ބިނާކޮށްދޭނަން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

38 ކޮމެންޓް

 1. ށސޮނިފޮހެުގެ މަަންމެ

  ކަމަނާ ހާދަ އައްލާހިތުން ތިއުޅެނީ ހަމަހިނި އަންނަނީ??

  102
  4
  • އަލީ

   ނޫނޭ އަތްލާހިތްވަނީކީއެއްވެސް ނޫން. މަރުވާނެކަން ހަނދާންނެތިގެން އެއުޅެނީ.

   67
   4
  • ދދދދދދ

   މިލަ އަންމީހާ! ކަލޭމެނާ އެހެން މީހުންބާ ތަފާތަކީ ތީ. ބާރެއް ލިބުނީމަ ދުނިޔެ ރަންވެގެން ތިތެޅެނީ. ތިރިވެސްވާނީ ހަމަ ތިހާ ބާރަށް. ދުނިޔޭގަ ތިބި ބަޔަކަށް ފެންނާނެ.

   42
   3
 2. ކަމަނަ

  ފަނޑިޔާރުން ގައިގައި އަތްލެވޭކަމެއް ނޭނގޭތާ، މާކުރަތު ޤާޒީ އަދުނާނު އެންޑީޕީ މީހެއްވީމާ އޭނާ އެހެރަ އުޅެތީ ހިތުހުރި ގޮތަކަށް. ސަސްޕެންޑްކުރީމާވެސް ކޯޓަށްވެސް އޭނާ ވަދޭ. .

  112
  2
  • ާާާޢަލީ

   އެބުނަނީ މޑޕ މީހުންގައަގަ އަތްނުލެވޭނެޔޯ އެހެންއެންމެން ތިރިކޮށް ވަކިކޮށް ހަދާނަމޯ އެއީ އެޖެންޑާ 19 ...މިމީހުން މަރެއްނުވާނެޔޯ..މިމީހުންނަށްވުރެ ބާރުގަދަ ފަރާތެއްވެސް ނުވެޔޯ

   63
   1
  • ކެކެކެކެ

   އައްޗީޑި ފަނޑިޔާރުން ހާދަ ފަކުރެއްގަންނާނޭ. ދުވާ ވަހުންވެސް ގަބޫލެއް ނުކުރެވޭނެނު.

   23
   • ާާާޢަލީ

    ހަހަހަހަހާ ހެހެހެހެހޭ ހަހަހަހާ???????????

 3. ހިސާމު

  ތާހިރު ދިރިއުޅުމެއް ބުނާއިރު އެންމެ ފަހުން ހިސާން ފެންވެރީ ކޮންއިރަކުތޯ

  104
  5
 4. އިހުސާނާ

  ހަމަ އަތްލާ ކަންތައްތައް ކުރަންވީ! އެހެން ހަމަ ސިޔާސީ މީހުންގެ ފަރުދާގަ ފޮރިވިގެން އަތްނުލެވޭނެ ކަމަށް ބަލައިގެން ފަނޑިޔާރުން ތިބޭ ތިބުން ނިމުމަކަށް ގެންނަން ޖެހޭ!

  9
  33
 5. Anonymous

  ޝަކުވާ އަޑުއަހާފައޭތޯ؟ އަންހެނުން ފަނޑިޔާރުކަމަށް އިސްކުރާތީ ކުރާ ޝަކުވާޔޯ!

  42
 6. ދެންދެން

  ބާރެއް ލިބިފައި އޮތަސް ތިޔައީ ތަންފުކެއް ބޮޑުވަރެއްތާ

  59
 7. މެމްބަރު

  ފަނޑިޔާރުން އެކަންޏެއްނޫން، މަޖިލީސްމެމްބަރުންގައިގަވެސް އެބަޖެހޭ އަތްލެވެން، އެ މެމްބަރު ހޮވި ރައްޔިތުންގެ ވިންދާއި ނުވަތަ ރީހާއި ޚިލާފަށް މަސައްކަތްކޮށް އެ ރައްޔިތުންނަށް ޖެއްސުންކުރަމުންދާ މަޖިލީސް މެމްބަރުންގެ ގޮނޑިވެސް އެބަޖެހޭ އެދާއިރާގެ ރައްޔިތުން ބޭނުންވީމާ ގެއްލޭނެގޮތް އޮންނަން، އެއިރުން މަޖިލީސް މެމްބަރުންވެސް ޒިއްމާދާރުކުރުވޭނީ ، މިހާރު އޮންނަގޮތުން މެމްބަރަކު ކިތައްމެ ޤައްދާރުވިއަސް އެ މެމްބަރަކު ވަކިކުރެވޭނެގޮތެއްނެތް،

  56
 8. މަފާޒް

  ހުރިހާ ބާރެއް މުށުތެރެ އަށް ލައިގެން އެމްޑީޕީން ވެރިކަން ކުރަނީ. ހުރިހާ ކަމަކާ އަތްގަދަ ކުރާ ވަރަށް ދެފުއް ދެގޮތް ބައެއް އެމްޑީޕީގެ ބޮޑުންނަކީ. ވެރިކަން ލިބުނީ މަ ހުރިހާ ބާރަކަށް އަތް ގަދަ ކުރާ އެމްޑީޕީ ސަރުކާރު

  52
 9. Anonymous

  މިހާރު މިނިވަން މުސްތަގިއްލު އޭ ބުނެވޭ ބަހުގެ މާނަ ދެނަހުރި މީހެއް އެބަހުރިބާ؟ އެއްވެސް މީހަކަށް ތާއަބަދު ދެމިއެއް ނުހުރެވޭނެ. . ބިންގަނޑު އެމީހެއްގެ ފުރާޅުކަމުގައިވެ އޭގެ ދަށުގައި އޮންނަން ޖެހޭ ވަގުތު ހަމަ ދާދިގާތުގައި ވަނީ. މިއާއި މެދު ވިސްނާ މީހަކަށް ދެދުމަގު ފެންނާނެ. އެކަމަކު އެއީ ދުނިޔެ ދޫކޮށް ދާންޖެހިދާނެތީ ބިރުން ވިސްނާ މީހުން ފިޔަވާ. މަރުގެ ރަހަދެކެ ބިރުން އަމަލްތަށް ސީދާކުރަން ބޭނުންވާ ދެ ދުނިޔޭގެ ބާއްޖެވެރިކަން އެދޭ މީހުންނަށް

  41
  1
 10. ޙަސަނާ

  އެހެންނޫނަސް ކަލޭމެންނައް ކަމަކުނުދާނެ އިސްލާމީ ޝަރީޢަތްހިނގާކޯޓުތަކެއް ކަލޭމެންނައް ރަނގަޅުވާނީ ކަލޭމެންބޭނުންވާގޮތައް ފަނޑިޔާރުކަންކުރާ މީހުން އެވެސް ކަލޭކަހަލަ މީހުންނައްބާރުފޯރުވޭ ފަނޑިޔާރުން ދެންބުނަން ތިހެންގަދަބަސް ނުބުނައްޗޭ ތަންކޮޅެއްކުރީގަ ތިހެންގަދަބަސްބުނެފަ ކުރިޔައްއޮތް ފައްސަތޭކަ އަނހަރުވެސް ވެރިކަންކުރާނަމޭ ބަޔަކުކީ އެންމެފަހުން އިސްތިޢުފާދީފަދިޔަތަންފެނުނީ

  34
  • ހުސެއިނާ

   ކުށެއްގެ އިސްލާޚް: "ތިހެންގަދަބަސްބުނެފަ ކުރިޔައްއޮތް ފައްސަތޭކަ އަނހަރުވެސް ވެރިކަންކުރާނަމޭ ބަޔަކުކީ އެންމެފަހުން އިންތިޚާބުން ބަލިވީ" ޝުކުރިއްޔާ

   8
   23
 11. އަބުޅޯ

  މިވެސް މުޑުދާރު އަންހެނެއް. ނަރަކައިގެ ހިލަގަނޑަކަށް ވާހިތުން ތެޅިބާލާ އަންހެނެއްމީ.

  34
 12. އަލިބެއްޔާ

  މިހާރު ދެން ސްޕްރިމް ކޯޓަށް ނަގާ ދެ އަންހެނުންގެ ފުރަގަހުގެ ނިވަލަށްވަދެ އެ މީހުންގެ ކަމަނާއަށް ބޭނުން ކުރެވޭނެތާއެވެ. ލަދެއް ނުގަންނަކަން ހަމަ ޙަތްރާންވޭ..

  42
 13. މިގޭ

  ހިސާން ހުރިހާކަމެއް ﷲ މޮޅަށްދެނެވޮޑށިގެންވާކަން ހަނދާންކުރޭ

  46
 14. މުދައްރިސް

  ހިސާނު ވަކާލަތު ކުރި މައްސަލަތަކުގައި ހިސާނާ ދެކޮޅަށް މައްސަލަ ނިންމާފައި ހުރި ފަނޑިޔާރުންނަށް ބިރު ދައްކަވަނީ ތޯ؟

  47
 15. ތާހިރު

  ފަޑިޔާރުންނަކީ ކޮންމެ ގައުމެއްގަވެސް ވަރައް މުހުތަރަމް ބައެއް. ނުތާހިރު މީހުންނަކައް އެމީހުން ގައިގަ އަތެއް ނުލެވޭނެ. ?

  35
 16. ވިގަނި

  އަތްލާ ނުކުޅޭތި

  27
 17. އަހަރެން

  މި ދުނިޔޭގަ ގަދަބަސް ބުނެ ބޭނުންހާ ގޮތަކަށް އުޅެވިދާނެ ކޮންމެ މީހަކަށްވެސް، އެއީވެސް މާތްالله ގެ އިރާދަފުޅުން. ޤިޔާމަތް ދުވަހު ގަދަބަސްބުނަން ނުކުޅެދޭނެ. އެދުވަހު އެންމެންނަށްވެސް އިންސާފު ލިބޭނެ. ޤިޔާމަތް ދުވަހަށް ބިރުވެތިވޭ.

  36
 18. ޟިޔާ

  މިދުވަސްގޮސް އެހެންދުވަހެއްވެސް އަދި އަންނާނެ އިންޝާއަﷲ! ބާރު އޮތީމާ އޭގެބޭނުންހިފައި ތިމާދިވެހިރައްޔިތުންތައް މަގުމަތިކޮށް ތިމާމެން ގޭގައިތިބެ ލިޔެފައިދޭގޮތަށް ޙުކުމްކުރާ ތިމާމެން ކުޅޭ ބުދުތަކެއް ކޯޓުތަކަށްލާ މަޖާނެގިދާނެ! މާތްﷲއީ ބާރުވެރިވަންތަ ބައްލަވާ ވޮޑިގެންވަ އިލާހް! ކަލޭ ދެކެން ހުންނާތި އާޚިރުނަތީޖާ!

  36
  1
 19. hisaaaaam

  hisaamu kaley fen very kon iraku.

  19
  1
 20. ޒާ

  ތީ ތާހިރު ދިރިއުޅުމެއްނޫން. ތީ ނަޝީދަށް ހުކުމް ކުރި ފަނޑީޔާރުގެ ކިބައިން ބަދަލުން ހިފަން ކުރި ނާއިންސާފު އަނިޔާއެއް. ތީގެ ހިތި އަދިވެސް ތިޔަ ނުލަފާމީހުން ދެކޭނެ.

  35
 21. ކެޔޮޅު

  ތިޔައީ އެއްމެތީ ޑިމޮކްރަސީ ދޯ؟

  13
 22. ކެޔޮޅު

  ފަނޑިޔާރުގެޔައް އަތްބާނާ ފުލުހުންނާ ސިފައިންގެ ސިޔާސީކޮއް ވަޒީފާތަކައް ބިރުދައްކާ މުއައްސަސާތަކުން ވައްކަންކުރުވާ އޯގާތެރި ސަރުކާރު!!

  27
 23. ދޮގެއް؟

  ގަބޫލު ކުރާކަށް ނުޖެހޭނު. ކަލޭން ތީ އިންސާނުންގެ ބުއްދި ގަބޫލުކުރާ ޒާތު ބައެއްވެސް ނޫނެއްނު.

  23
 24. ހުސެން

  ގަޔަށް ފަޔަށް ބޮލަށް އަރާ އެޖެންޑާ19 .ނަޖިސް ވާހަކަ

  23
  1
 25. އާމިނަތު ޝިޢުރާ

  ޤަވްމުދެކެ ލޯބިވާ ރައްޔިތުންނޭވެ! ޤަވްމުގެ އަމާންކަން ބަލަހައްޓަވާ ސިފައިންނާއި ފުލުހުންނާއި ޕޮލިހުންނޭވެ! އަތް އުރާލައިގެން ނުތިއްބަވާ ޤަވްމު މިދާ މިޞްރާބާމެދު ވިސްނަވާށެވެ! އިސްލާމީ އުޞޫލުތައް ފާލުންނެއްޓި ، ޢަދުލުއިންޞާފްގެ ނާރެސް ނުއަތަށް ބުރުއަޅަންފަށާ ، ދިވެހި ޤަވްމު ނާމާންވެ ، ރައްޔިތުން ބިކަވެ ، ޤަވްމުގެ އިޤްތިޞާދު ފުނޑި ، ޤަވްމުގެ ޢުމްރަނީ ހަކަތަ ނިމިގެން މިހިރަ ދަނީއެވެ. ބައްލަވަން ނުތިއްބަވާ މި ވެރިކަމުގައި މިހިރަ ތަންދޮރުނުފިލައި ހުރި ބީތާ ހިފާ ހައްޔަރުކުރާށެވެ. މި ޤަވްމު ސަލާމަތްކޮށްދެއްވާށެވެ.

  20
 26. ކީއްކުރާނީ

  އިންސާނިއްޔަތުކަން ނެތް ބަޔަކު އިންސާފު ހޯދަައިދެވިދާބާ!

  20
 27. އަތްލުންތެރިކަން

  ހިސާނުމެންގައިގަ އަތްލާއިރައް ބުނާނެ ސެކްސުއަލް ހެރެސްމެންޓޭ.. އެކަމަކު ހިސާނުމެންނައް އަތްލެވެން ޖެހޭ.. ކޮބާތޯ ހަމަހަމަ ކަމަކީ.. އެންމެންނައްވެސް އެކަކު އަނެކަކައް އަތްލެވެންޖެހޭނެ.. އެހެން ނުން.. އަންހެނުން އަންހެނުންނައް އަތްލެވެންޖެހޭނެ.. އެ ނޫންތޯ މިސަރުކާރުގެ ޕޮލިސީއަކީ..

  14
 28. އެލް ބޯޑު ސަރުކާރު

  29 މިލިޔަންގެ ބަޖެޓުކާލި މީހުންގައިގަ އަތްލާބަލަ

  13
  1
 29. މޮހަދު

  މިހާަރު ސަރުކާރު ހިންގަންތިބި މީހުން ބޭނުންވާގޮތައް ހުކުންތައް ކުރުވާފަ އެގޮތައް އެހެންބަޔަކުވެސް ކުރުވަފާނެތީ ބުރުން އަވަހައް ކަނޑާ އެއްލާލީމާ އެކަމުން ސަލާމަތްވީނުން

 30. މުހައްމަދު

  ﷲ ތިމާހެއްދެވިންވެސް ހިޔެއްނުވެ ހަނދާންހުރިހެނެއް ކިހާދުވަހަކު ތިޔަ ބޮޑާބަސްބުނަން ހިޔާރު ކުރަންތަ މާ އިންސާފުވެރިވެގެން ތިޔައުޅެނީ ހަމަ ހައްގުހަމަކުރައްވާއިރަށް ތިންކަފުނަކާއެކު ވަޅުލެވޭނެ ނުވަތަ ބަލަދުވެރިން ކަންކުރާ ގޮތަށް އަލިފާނަށްލައި އަންދާލެވޭނެ ދެންއޮންނާނި މިހާރު ތިޔަ ބޮޑާކަމާ ކިބުރުވެރި ކަންމަތީ ކުރާ/ ދައް ކަންކަމުގެ ހިސާބުބެލުން އެދުވަހު ތިޔަރީނދޫ ބާގައިގެ ލަޝްކަރަކަށް އެކަމުން ސަލާމަތް ކުރަން ހަމަ އެއްކަމެއްވެސް ނުކުރެވޭނެ ގަބޫލުކުރިޔަށް ނުކުރިޔަސް އެދުވަސް އަންނާނެ ހަނދާން ކުރާތި ގެރިކޮށްޓަށްވަދެ އިނެއްކަމަކު ހެހެހެހޭ

  15
 31. ނަމަ

  އަނެންކާ ހިސާން މާގަޔާވާ ފަޑިޔާރަކު ހުރީބާ

 32. ބުރޯ

  އެމެރިކާގަ އަތްލާފަ އޮތީމަ ދޯ އަތްލަންދަސްވެގެން ތިޔަ އުޅެނީ