އަންހެނުންނަށް ފަނޑިޔާރުކަން ނުކުރެވޭނެ ކަން އައްޝައިހް އަލީ ޒައިދު ސާބިތުކޮށްދީފިނަމަ އޭނާގެ ނޯކަރަކަށް ހުންނަން ތައްޔާރު ކަމަށް އައްޝައިހް ހުސައިން ރަޝީދު އަހްމަދު ވިދާޅުވުމުން ޒައިދު ރައްދު ދެއްވައިފިއެވެ.

ހުސައިން ރަޝީދުގެ ވާހަކަތަކާއި ގުޅިގެން، އޭނާގެ ނަން ފާހަގަ ނުކޮށް ނަމަވެސް އޭނާއަށް އިޝާރާތްކޮށް ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބައެއް މީހުންނަށް މެނދުރުގެ އިރު ދައްކާފައި އެހެރީ އިރޭ ބުނެފިނަމަ އެކަން ޔަގީން ނުވާ ކަމަށް ބައެއް މީހުން ބުނާނެ ކަމަށެވެ.

"އެ ހީވަނީ ހަނދު ހެނޭ. ނޫނީ ޖުޕިޓާ ހެނޭ. ނޫނީ އެއީ އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނޭ. ކީކޭ ބުނާނީ. މިކަހަލަ މީހުންނަށް ރައްދުދީ ހެދުމަކީ ބޭކާރު ކަމެއް ކަމަށް ދެކެނީ." ޒައިދު ވިދާޅުވީއެވެ.

ހުސައިން ރަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޤުރުއާނާއި ސުންނަތުން އަންހެނުންނަށް ޤާޟީ ކަން ނުކުރެވޭނެކަމަށް ސާބިތުކޮށްދެއްވައިފިނަމަ ޒައިދުގެ ނޯކަރަކަށް ހުންނަން މިހިރީ ތައްޔާރަށް ކަމަށެވެ. "ވަޑައިގަންނަވާ ޓީވީ ލައިވް ޕްރޮގްރާމަކަށް." ހުސައިން ރަޝީދު ވިދާޅުވިއެވެ.

އަންހެނުންނަށް ފަނޑިޔާރުކަން ނުކުރެވޭނެ ކަމަށް ވިދާޅުވެ ޒައިދު މީގެ ކުރިން ވަނީ ވަރަށް ގިނަ ވާހަކަތަކެއް ދައްކާފައެވެ. ނަމަވެސް އަންހެނުން ފަނޑިޔާރުކަން ކުރުމަށް ތާއިދުކޮށް އަދާލަތު ޕާޓީން ބަޔާނެއް ނެރުމުން ޒައިދު ވަނީ އަންހެނުން ފަނޑިޔާރުކަމަށް އައްޔަން ކުރުމާއި މެދު ކުރައްވަމުން ގެންދެވި ބަހުސް ހުއްޓާލާފައެވެ.

އަދާލަތުގެ ބަޔާނަށް ފަހު ޒައިދު ވިދާޅުވީ އިލްމުވެރިންގެ ޒިންމާ އަކީ ކަންއޮތްގޮތް ބުނެދިނުން ކަމަށާއި އެކަން ކުރެވިއްޖެ ކަމަށެވެ.

ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "އަޅުގަނޑުމެންގެ ޒިންމާ އަކީ ބުނެދިނުން. ވިސްނައި ދިނުން. އެކަން އަޅުގަނޑުމެންނަށް އަދާކުރެވިއްޖެ ކަމަށް ރައްޔިތުން ހެކިވާނެ" ކަމަށެވެ.

އަންހެންނުންނަށް ފަނޑިޔާރުކަން ކުރެވޭނެ ކަމަށް ފާޅުގައި މިހާތަނަށް ވިދާޅުވެފައިވާ އިލްމުވެރިންނަކީ ކުރީގެ ރައީސް މައުމޫނާއި ހުސައިން ރަޝީދު އަހްމަދު އެވެ. ކުރިން އަދާލަތު ޕާޓީގެ ރައީސްކަން ކުރެއްވި ހުސައިން ރަޝީދު ފާއިތުވި ހައެއްކަ އަހަރު ފެނުނީ އެމްޑީޕީގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ތާއިދު ކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ.

އަންހެނުން ފަނޑިޔާރުކަމަށް އައްޔަން ކުރުމުގެ ބަހުސް ފެށުނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ދެއަންހެން ބޭފުޅަކު އައްޔަން ކުރައްވަން ރައީސް ޞާލިހް ނިންމެވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. އެމް ޑީޕީ

    ޢަލީ ޒައިދުއަށް އިސްލާމީ މަރުކަޒުގެ ހުކުރެއް ޙަވާލުކުރީމާ އޭނާ ހަމައަކަށް އެޅިދާނެ އަޅާނުލާ!

    10
    38
  2. ބައްޕަގެ ދޮންކަމަނަ

    ޒައިދު ތިވިދާޅު ވީ ހަމަ ތެދުފުޅެއް

    61
    2
  3. ދަތްބޭރި

    އާލިމަކަށް ޖާހިލެއްގެ ގާތު ގަދަޔެއްނުވެވޭނެ .މައުމޫނަށް ނިސްބަތްކޮށް އިލްމުވެރިޔަކު ނުކިޔާ ކަހަލަ ގޯސް އެއްޗެހި އެޭނަ މީގެ ކުރިންވެސް ކިޔާފަވޭ .ވަރަށް ގޮތެއްނެތް މީހެއް އަޅުގަޑަކީ މައުމުޫނުގެ ސަޕޯޓަރެއްވެސް ނޫން

    43
    3
  4. އ. ޖ. އ

    މީނާ ވެސް ހާދަ އަސަރު ގަދަ ވާހަކަ ކިޔައޭ

    8
    4
  5. މުހައްމަދުމޫސާ

    އަސްލު ހުސެން ރަޝީދުއަކީ ޢިލްމެއްހުއްޓަސް
    ހިލްމު ހުރިމީހެއްވެސް ނޫން ސަބަބަކީ މީނަމީ
    އެހެން މީހުން ކާފަރުކުރާ މުރުތައްދެއް!
    އަދި އައްނި ބޯން ޖެހޭނެ ބޮވެން ޖެހޭނެ 24ގަޑި
    އިރު އެއްމެނަކު ހަމައިގަ ތިބެން ނުޖެހޭނެ
    އަދި މިނޫނަސް އައްނި ދެއްކިހާ ލާދީނީ ވާހަކަތަކުގެ ދިފާޢުގައި ވާހަކަހަކަ ދަށްކާ އިސްލާމްދީނާއި ދެކޮޅަށް ފުރިހަމަޔަށް މަސައްކަތްކުރި މީހެއްކަން ތެދުޤަބޫލު ކުރާއެއްމެން
    ޤަބޫލުކުރާ އެއްމެންވެސް ޤަބޫލުކުރާނެ
    ރަނގަޅުމީހެއްނަމަ އައްނިބުންޏަސް އެހެންމީހަކުބުން ޏަސް ދީނާއިޚިލާފް ވީމާ އެވާހަކަބުނަންޖެހޭނެ!

    32
    2
  6. ދޮގެއް؟

    ކަލެއަށް އޮޅިގެންވެސް ތިބުނެވުނީ ތެދެއް. ކަލެއަށްވުރެވެސް ކިބުރުވެރި އާދަމުގެދަރިއެއް އެއީ. ވޮށް އަލިވާ ހިސާބު ނުވާނެ އޭނަގެ ވާހަކަ ދައްކަންވެސް. އޭނަ ގާތު ބުނޭ މަވޯޓާ ގޮވައިގެން ޓީވީޝޯވ ދޭން ދާށޭ. މަވޯޓާވެސް ކަލޭ ބަލިކުރާނޭ

    20
    1
  7. މީހާ

    މިހާތަނަށް ރާއްޖޭގެ އިލްމުވެރިޔަކު މީހަކާ ބެހޭގޮތުން ވިދާޅުވި އެންމެ ތެދު އެންމެ ހެޔޮ ބަސްފުޅު. މުރައްކަބުޖާހިލަކަށް ޖަވާބު ދިނުމަށްވުރެ ހަނުހުރުން ބުއްދިވެރި.

    30
    2
  8. ޖާން

    ތިހުރިހާ ވާހަކައެއް ނުދައްކާ ޤުރުއާނާ ސުންނަތުން ޝޭޚް ދައްކާލަ ދެއްވާ

    4
    2
  9. ޙަބަރު

    ތި ހުސެން ރަސީދު ބުނީ ނަސީދު އިސްލާމް ދީނާ ހިލާފު ވާހަކަ އެތް ނުދައްކައޭ ވީޓީވީ ގަ ވާހަކަދައްކަމުން އެދުވަހު ނަސީދު ދެއްކިވާހަކައަކީވެސް މުޅިއިސްލާމްދީން މިގައުމުން ފުހެލުމަށްހުރިހާ ކަމެއްކުރި

  10. ޝަމީމް

    އަންހެން ފަނޑިޔާރުން ލުމަށް އަދާލަތުން ތާއީދު ކޮށްފައެއް ނުވެއެވެ. އަދާލަތުން ބުރަވަނީ ފަތުވާ ކޮމެޓީގެ ފުރަތަމަ ރައުޔަށްކަށް ސާފުކޮށް ބަޔާނުގައި ލިޔެފައި ވެއެވެ.