ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ (ފަނޑިޔާރު ޑީޑީ) ވަކިމިކޮއްލަނީ އެއްވެސް ދިވެހި ރައްޔިތަކަށް ވެސް އަދި ބައިނަލްއަޤުވާމީ ޖަމިއްޔާ އަކަށް ވެސް ސުވާލެއް ވެސް ނުކުރެވޭނެހާ ފުރިހަމަކޮށް ކަމަށް އެމްޑީޕީގެ ޗެއާޕާސަން، އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
ހަސަން ލަތީފް މިހެން ވިދާޅުވީ ފަނޑިޔާރު ޑީޑީ މަގާމުން ދުރުކުރުމަށް މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައިގައި މިއަދު ބަހުސް ކުރައްވަމުންނެވެ.
އެމްޑީޕީ އިން ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު ކާމިޔާބުކުރީ ވަރަށް ގިނަ ވައުދުތަކެއް ވެގެން ކަމަށާއި އެވައުދުތައް އެމްޑީޕީން ފުރިހަމަ ކުރާނެ ކަމަށް ރައްޔިތުން އުއްމީދުކޮށްގެން ތިބި ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.
"މިއަދަކީ އެއުއްމީދުގައި ކުލަ ޖެހިގެންދާ ދުވަހެއް." ހަސަން ލަތީފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ފަނޑިޔާރު ޑީޑީ ވަކިކުރުމުގެ ކަންކަން ކުރިއަށް ދަނީ ޖުޑީޝަލް ސާވިސް ކޮމިޝަންގެ ޤާނޫނުގައި ބަޔާން ކޮށްފައިވާ އިޖުރާޢަތުތައް ފުރިހަމަ ކޮށްގެން ކަމަށެވެ.
"ޖުޑީޝަލް ސާވިސް ކޮމިޝަނުން ވަނީ ހުރިހާ މާއްދާއަކަށް އަމަލުކޮށްފައި. އަޅުގަނޑުމެންނަށް މީގެ ކުރިން ފެނިގެން ހިނގައްޖެ މިމަޖިލީހުން ފަނޑިޔާރުން ވަކިކުރުމުގެ އަމަލު ކޮށްފައި އޮތް ގޮތް. ކަނޑާކަނޑާ ބަންގަޅީހޭ ބުނާ އުސޫލުން، ދިނަސް ނުދިނަސް ވަރިހަމައޭ ބުނާ އުސޫލުން އެކަން ކޮށްފައި ވަނީ. ސުވާލެއް ވެސް ކޮށްލުމެއް ނެތި މިތަނުން ފަނޑިޔާރުން ވަކިކޮށްފައި ވަނީ. ކަނޑައެޅިގެން ޤާނޫނު އަސާސީ އާއި ޤާނޫނުތަކާއި ހިލާފަށް." ހަސަން ލަތީފް ވިދާޅުވިއެވެ.
މިއަދު އެންމެ އުފާވަނީ އެމްޑީޕީގެ ސަރުކާރެއް އޮވެ، އެމްޑީޕީގެ އަޣުލަބިއްޔަތު އޮވެ، ރައްޔިތުންގެ މަޖިލީހުން މިކަން ކުރާލަތް ފުރިހަމަ ކަމުން ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.
ފަނޑިޔާރު ޑީޑީ މަގާމުން ދުރުކުރުމުގެ މައްސަލަ ޖޭއެސްސީ އިން މަޖިލީހަށް ފޮނުވީ އިއްޔެ އެވެ. ރޭ މަޖިލީހުގެ ޖަލްސާގައި އެމައްސަލަ ޖުޑީޝަލް ކޮމެޓީއަށް ފޮނުވުމުން ކޮމެޓީން ވަނީ ރޭ ބައްދަލުވުމެއް ބާއްވާ، ފަނޑިޔާރު ޑީޑީ ވަކިކުރަން ނިންމާފައެވެ. މިއަދު ކޮމެޓީގެ ރިޕޯޓަށް ބަހުސް ކުރަމުން ދާއިރު މިއަދު ފަނޑިޔާރު ޑީޑީ މަގާމުން ދުރުކުރުމަށް އެމްޑީޕީން ވަނީ އަމާޒު ހިފާފައެވެ.
ހެއްދެވި ފަރާތް ހަނދާން ބަހައްޓާތި.
ހެއްދެވި ފަރާތްވެސް ހަނދާންނެތިއްޖެ.
މާތްﷲގެ ޙަޒުތުގަވެސް ތިހެން ކަލޭބުނާނަންތަ
ކަލޭގެ ހަޔާތްކުޑަކަން މިހާރުވެސް އެނގި ހާމަވެއްޖެ.
އާނ، ކަމެއްކުރީމޭ ބުނަންވެގެން ކަމެއް ކޮށްފަ އެއޮތީ.
ކަލޭމެން ވައްކަންކޮށްގެން ގެނައި ވެރިކަން ވެއްޓިގެންދާނީ ކަލެޔަށްވެސް ރޭކާވެސްނުލާ ހުއްޓާ އިރާދަކުރެއްވިއްޔާ!
ސުވާލު ކުރައްވާ ދުވަހު ކަލެއަށް ޖަވާބު ނުދެވޭނެ. ކަލޭމެން ތިދެނީ ކަނޑައެޅިގެން އަނިޔާ.
ރަނގަޅަށް ތިންބާރު ވަކިވެއްޖެ.
ކަލޭމެން ތި ހިންގަނީ ބަޢާވާތެއް! ތީގެ ނަތީޖާ ކުރީގެ ނަތީޖާއަށްވުރެ ހިތިވާނެ!
މި ސަރުކާރުން ކުރި ވައްކަންތައް ނޭގޭ ދިވެވިރައްޔިތަކު ނެތް. ދެން ތިވައްދާ ޕާޓޭ އިން ލައްވާ ހިތުހުރި ގޮތަކަށް ޝަރީޢަަތް ހިންގަ ހިންގާ ތިބޭ، ވެރިކަން ދެމިތިބޭނެ ދުނިޔެ އުމުރަށް ކަލޯމެން
ދެން އޮތް ކުޅިކުޅޭގޮތް ބަލަމާ،ވަރަށް ބޮޑު ލޯވަޅެއް ތި އެޅުއްވީ އަމިއްލައަށް ،ދެން ވަރަށް ފަސޭހަވާނެ.މިހާރު ހެދޭ ލޯވަޅުތަކެއް ވަކި ކުޑައެއްނުން،ނަތީޖާ ވޯޓުތަކުން ފެންނާނެ ހަސަނާ އޯކޭ
ބަލަ ޖޭސީގައި ވެސް ކަލޭމެން ކޮމެޓީގައި ވެސް ކަލޭމެން. މަޖިލީހަށް އައުމުން ވެސް ކަލޭމެން ދެން ކޮން ސުވާލެއް އޮންނާނީ ކެނެރީގޭތެރޭގައި ތިބެގެން ރާވާފައި އައިސް ނިންމާލަނީ ކިހާ ހެެއްވާ ކަމެއް ދިތިޔަ ކަމުގައި ކާކު ސުވާލު ކުރަން ހުންނާނީ ކަލޭމެންގެ އަތްތަކުން ކަލޭމެން ހަލާކު ވާ ދުވަސް ކައިރި ވެއްޖެ ކަލޭމެން ލީ ފަނޑިޔާރުން ކަލޭމެންނަށް ހުކުމް ކުރާ ދުވަސް އަދި ފެންނާނެ...
ތީ ކަލެއާއި ކަލޭގެ ބާގައި ލާދީނީން ގަބޫލު ކުރާގޮތް. ސުވާލުވެސް ކުރެވޭނެ. ޖަވާބުދާރީވާން ވެސް ޖެހޭނެ. ތިހީކުރާހެން މަރުވީމަ ނިމުނީކީ ނޫން.
ކަލޭ ތިދައުވާކުރީ ކަލެއްކަމަށް އެންމެފިރިހަމަޔަށް ކަންކަން ނިންމޭނީ ﷲއަށް
މާ ކުރިން ކަން ނިންމީ މައްސަލަ ފެށި ދުވަހު، އެއްބަޔަކު 3 ދިމާލުގަ ތިބެގެން 3 ފަރާތުން ކުރާ ކަމެއްގެ ގޮތުގައި ދައްކައިގެން. ސުވާލެއްކޮށްލާނެ މީހަކު ނެތްގޮތަށް އަމިއްލަ ބައި މީހުން ގޮތް ނިންމީ ހުރިހާ ދިމާލެއްގައި ބައިތިއްބައިގެން. ރިޔާސަތުގައި އިނީ ތިކަން އެންމެ ކުރަން ބޭނުންވާ މީހާ. ޖޭއެސްސީއާ ކޮމިޓީގައި އިނީ ތިކަން ދެން އެންމެ ކުރަން ބޭނުންވާ ކަނބުލޭގެ. ތަޅުމުން ނިންމުން އެއީ މުށުތެރޭގައި ރިމޯޓް އޮތުމުން ނަމެއްގައި ކޮށްލާ ކަމެއް. ސުވާލުކުރަން ބަޔަކު ބޭނުންވިއަސް ސުވާލުކުރުމުގެ ބޭނުމެއް ނެތްކަން އެނގޭ ހާލު، ބޭކާރު ކަމެއް ނުކުރާނެ. އެމްޑީޕީއަށް ނުވަތަ ސަރުކާރަށް ނިސްބަތްނުވާ ކޮން ބައެއްތޯ މިނިވަންކަމާ އެކީ ތިކަމުގައި ތަހުގީގުކޮށް ބަސްބުނީ އަހައިފިނަމަ ދޭނީ ކޮން ޖަވާބެއް؟ ފުލުހުން ދޭ ރިޕޯޓަށް ބުރަވާނަމަ މިހާރު އެތަނުގައި އިސްކޮށް ހުރީ ޕާޓީއަށް އަދި ވެރިކަމުގެ އާއިލާއަށް ނިސްބަތްނުވާ ފަރާތެކޭ ބުނެވޭނެތަ؟
ސާބަހޭ ހަސަނާ... ގަދަ ކަލޭ
ލަތީފު އެހެރަ ފޮޓޯއިން އުމްރިޝްޕޫރީއާ ހާދަވައްތަރޭ..
ވަޒީފާގެ ބިރެއް ނެތް ލޮލް
ހަސަންލަތީފް ތިހުރީ ވ ފަހުރުވެރިވެފައިދޯ ޚަބަރުގެ ސުރިހީގައި އޮތްގޮތުން ހީވާކަހަލަ ﷲ އަށް ގޮންޖަހާލުމެއްހެން ހައްގު ދެނެވޮޑިގެންވާނީ މާތްﷲ
އެހެން ވެގެންތަ ގާޒީއަކު ވަގަށް ނެގީވެސް؟ ކޮން އިޖުރާއަތެއްގެ ދަށުންތޯ؟
އަހަރެން ކަލޭކައިރިއައް އަންނަދުވަސް ވަރައް ކައިރިވެއްޖެ. ގާނޫނާ ޙިލާފައް ތިކުރާކަންތައް ބަލަން މިހިރީ.
މިހާރު އެއޮތީ ތިނެތި ވަކިވެފައި، ދެން ފަހުން އަންނަން ތިބި ބަޔަކަށް ތިނެތި ވަކިކުރާގޮތް އޮންނާނީ އެނގިފަ ކަމަށް އުންމީދުކުރަން.
މިހިރަގޮތެއްނެތްއިންސާނާ ﷲގެކިބަޔައްބިރުވެތިވެބަލަ ރައީސްނަޝީދުގެ ވަކީލުންގެޓީމު ޖުޑިސަރީކޮމެޓީއާހަވާލުވެ ތިޔަހިންގާޖަރީމާގެހިތިއަދިފެންނާނެ ﷲއީއެންމެހާކަންތައްއެންމެމޮޅައްދެނެވޮޑިގެންވާ ރަސްކަލާންގެ މީގެކުރިންވެސް ހަސަނުތީ ވަޒީރުކަންލިބުނީމަ އަމިއްލަގެ ހުތުރުކަމުން މައިމީހާދޫކޮށްލާފަދިޔަސޮރެއް ތިކުރާކަންތަކުގެނަތީޖާ ﷲވަރައްއަވަހައްދައްކަވާނެ އިންޝާﷲ
ޔާﷲ މިތިބަ ފުއްޕާ ބައިގަނޑަށް ނިކަމެތި ހާލެއްދައްކަވާ މިހާރު މިކުރާ ނުބައިނުލަފާކަމުގެ ހިތިރަހަ މިމީހުންގެ ކަރުބުޑުގަ ލައްވަވާފާންދޭވެ އަދި ފިރުއައުނަށް ޖެހުނު ދަތިހާލަތު މިބައިގަނޑަށްޖައްސަވާ ނެތިކުރައްވާށި އާމީން
ޔަހޫދީންނަކައް ނުފެންނާނެ އެމީހުން ފަލަސްތީން މީހުންނައްކުރާ އަނިޔާއެއް އެހެންވީމަ ބޭރުމީހަކު ސުވާލުވެސްނުކުރާނެ ތިބައިގަނޑުކުރާކައްތައްފެނިގެން މީވަރައްވާހަކަ
މާމޮޅު ވާހަކަ ދައްކާނެ ކަމެއް ނެތް. ލޯޔަރަކަށް ހުރެ ބޮޑުކަމެއް ރައްޔިތުންނަށް ތި އޮޅުވާލަނީ. އެންމެ މުހިއްމު ކަމަަކީ އިންސާފު. އިޖުރާއަތްތައް ފުރިހަމަ ކުރުމެއް ނޫން. ވަޒީފާއަކުން މުވައްޒަފަކު އިޖުރާއަތްތަކާ އެއްގޮތަށް ބަރާބަރަށް ވަކިކުރެވިދާނެ. އެކަމަކު އޭނާއަށް އިންސާފުލިބުނު ކަމަކަށް ނުވާނެ. ދީދީގެ މައްސަލަ އެކަށީގެންވާވަރު ހެއްކާއެކު ސާބިތުވިކަން ރައްޔިތުންނަށް ޔަގީންކޮށްދީ. އޭރުން އިޖުރާއަތަށްވުރެ މުހިއްމުވާނެ.
ކަލޯ އިބިލީސްވެސް ސުވަރުގެއިން ނުކުންނަންޖެހުނީވެސް އޭނާގެހިތުއޮތް ކިބުރުވެރިކަމާއި ބޮޑާކަމުގެ ސަބަބުންކަން ދެނަހުރީމުހެއްޔެވެ. މުސްލިމެއްގެ ކިބައިގައި ހުންނާނެއެންމެނުބައި ސިފަތަކުގެތެރޭގައިމިދެސިފަ ހިމެނޭކަންދެނަހުރީމުހެއްޔެވެ.
ސްޕެރީމްކޯޓް އަމުރެއް އޮތްހާ އިރު ތިޔަފާސްކުރުން ބާތިލްވާނެ
ދީދިއާމެދު އެއްވެސް ފަރާތަކުން ފިޔަވަޅު ނޭޅުމަށް ސްޕްރީމްކޯޓުން އަމުރެއްނެރެފާ އޮންނާނެ ވީއިރު ؟
މީ އަބޮނޑިއެއްބޯނެ އެއްޗެއް ލަދުހަޔާތުގެ ކަންފުޅެއްވެސް ނެތް ދޮޅުރޯނާ ބީތާއެއް.