އަނިޔާކޮށް އެއްލާލާފައި އޮއްވާ އައްޑޫ ސިޓީ މަރަދޫ އިން އިއްޔެ ފެނުނު މީހާ އިތުރު ފަރުވާއަށް މާލެއަށް ގެނައުމަށް ހަމަޖެހިއްޖެއެވެ.

އިއްޔެ ހަވީރުގެ ވަގުތެއްގައި އެމީހާ މަރަދޫއަށް އެއްލާލާފައި އޮއްވާ ފެނުނުއިރު އޭނާގެ އެއްވެސް ހަރަކާތެއް ނެތެވެ. އެއާއެކު އޭނާ ވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައެވެ.

މިއަދު އެ މީހާ އިތުރު ފަރުވާއަށް މާލެއަށް ފުރުވާލުމަށް ތައްޔާރުވަމުންދާއިރު، އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ހަށިގަނޑުގެ ބޭރުފުށުން އޭނާއަށް ސީރިއަސް އަނިޔާއެއް ލިބިފައި ހުރިކަން ފެންނާން ނެތް ކަމަށް މަޢުލޫމާތު ލިބެއެވެ.

ހިތަދޫ ހޮސްޕިޓަލުގައި އެމީހާއަށް ފަރުވާދީފައި ވަނީ އައިސީޔޫގައެވެ. އައިސީޔޫގައި އޭނާއަށް ފަރުވާދެމުން ދަނީ ބޮލަށް އަނިޔާ ލިބިފައި ހުރުމުންނެވެ. އޭނާ މާލެއަށް ފުރުވާލުމުގެ މަސައްކަތް ކުރަމުން ދަނީ، ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ސީޓީ ސްކޭން ހެދެން ނެތުމުން، ބޮލަށް އަނިޔާއެއް ލިބިފައިވޭތޯ ބެލުމަށް މާލެ އިން ސީޓީ ސްކޭން ހެދުމަށެވެ.

އަނިޔާކޮށް މަރަދޫ ފުއްޓަރު ފަރާތުގެ ސަރަޙައްދަކަށް އެއްލާލާފައި އޮއްވައި ފެނުނީ ހުވަދު އަތޮޅަށް ނިސްބަތްވާ މީހެކެވެ. ބަޔަކު އޭނާއަށް އަނިޔާކޮށްފައި ވަނީ ވައްކަން ކުރުމުން ކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ. މި ހާދިސާ އާއި ގުޅިގެން ފުލުހުން ތަހުޤީޤެއް ކުރިޔަށް ގެންދާއިރު، އަދި މީހަކު ހައްޔަރު ކުރި ކަމެއް ނޭނގެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނިޒާމު

    ޓިއައްޑޫ އަކީ ސިޓީއަކައް ހެދުމައް ހެޔޮވާވަރުގެ ތަނެއްނޫން އެއައްތުރެ މީހުން ހަރާންކޯރުތަނެއް އަބަދުވެސް މަރާމާރި ވައްކަން އަދި އަހުލށގުދައް ބަޔަކޔ އުޅޭ ތަނެއް ބިންބޮޑުކަން އިތުރު އެއްވެސް ކަމެއް އޮތް ތަނެއްނޫން..

    11
    5
    • މަހުވައި

      ބުރޯ.. ވަޓްސް ޔޯ ޕްރޮބްލަމް ވިތް އައްޑޫ... ޔޯ އެކްސް ފްރޮމް އައްޑޫ؟؟؟

      6
      10
  2. Anonymous

    ތިޔައީ ކޮންރަށެއްގެ ކާކު؟

    3
    1