މާލޭ މިސްކިތެއްގައި ނަމާދަށް ހުރި މީހެއްގެ އަތުން ވަގަށްނެގި ފޯނެއް، ވިއްކާލާފައި ވަނިކޮށް ހޯދައިފިއެވެ.

ފުލުހުން ވިދާޅުވީ މި ފޯނު ވަގަށް ނަގާފައި ވަނީ މިދިޔަ ހޯމަ ދުވަހުގެ އަސުރު ނަމާދު ވަގުތު ކަމަށެވެ. އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ އެ ދުވަހުގެ 16:47 ގައި ކަމަށް ފުލުހުން ވިދާޅުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ވަގަށް ނަގާފައި ވަނީ އައިފޯން އެކްސް އާރު ފޯނެކެވެ. އެ ފޯނު ވަގަށް ނަގައިގެން ގޮސް ވިއްކާލާފައި ވަނިކޮށް ފުލުހުން ފޯނު ހޯދާފައި ވާއިރު، އޭގެ ވެރި ފަރާތާއި މިހާރު ވަނީ ހަވާލުކޮށްފައެވެ.

ފުލުހުން ވިދާޅުވީ ވަގަށް ނަގާފައިވާ އެ ފޯނު ވިއްކާލާފައި ވަނިކޮށް ހޯދީ ސީސީޓީވީ ފުޓޭޖްތައް ބަލައިގެން ފުލުހުން ކުރި މަސައްކަތުގެ ތެރެއިން އިއްޔެގެ ވަގުތެއްގައެވެ.

ފުލުހުން ވިދާޅުވީ، މި ފޯނު ވަގަށްނެގި މީހާ ފޯނު ވިއްކާލި ފަހުން މަސްތުވާތަކެތީގެ މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ. މި މައްސަލަ ފުލުހުން މިހާރު ދަނީ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.

މާލޭ މިސްކިތެއްގައި ނަމާދަށް ހުރި މީހެއްގެ އަތުން ވަގަށް ނެގި ފޯނެއް ފުލުހުން ހޯދައި އޭގެ ވެރިފަރާތާ ހަވާލުކޮށްފައި ވާއިރު، މ. މުލީ ގެޔަކުން ވަގަށް ނަގާފައިވާ އަގުބޮޑު ފޯނެއްވެސް މިދިޔަ ހަފްތާގެ ތެރޭގައި ފުލުހުން ހޯދާފައި ވެއެވެ. އެ ފޯނު ފުލުހުން ހޯދާފައި ވަނީ ފަޅު ގޯއްޗެއްގެ ތެރެއިންނެވެ. އެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ އުމުރުން 30 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނިކަމެތިމީހާ

    ހުރިހާ މަޢުލޫމާތަކާ އެކު ވަގުތުން މައްސަލަހުށަހެޅުމުންވެސް ނިކަމެތިމީހާގެ ފޯނު ހޯދައެއްނުދެވޭ! އެކަމާނުވެސް އުޅެނީ ނޫނީ ހޯދާފަ ނުދީ ތިބެނީ!

  2. ުެެިެެއއސސ

    ފޮޓޯ އާންމު ކުރަންވީ