ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން އަލްއުސްތާޛް އަބްދުﷲ ދީދީ ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ދީދީ ފަނޑިޔާރު ކަމުން ވަކި ކުރަން ފާސްކޮށްފައި ވަނީ، 72 މެންބަރުންގެ ވޯޓުންނެވެ.

ޖުޑީޝަލް ކޮމެޓީން ނިންމާފައި ވަނީ ދީދީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން ވަކިކުރާށެވެ.

އޭނާ ފަނޑިޔާރުކަމުން ވަކިކުރުމަށް ޖޭއެސްސީ އިން ރައްޔިތުންގެ މަޖިލީހަށް ފޮނުވީ އިއްޔެ ހެނދުނު އެވެ. ރޭ މަޖިލީހުގެ ޖަލްސާގައި އެމައްސަލަ ޖުޑީޝަލް ކޮމެޓީއަށް ފޮނުވިއެވެ. ޖުޑީޝަލް ކޮމެޓީން ވަނީ ވަގުތުން ބައްދަލުވުމެއް ބާއްވާ، ފަނޑިޔާރު ޑީޑީ މަގާމުން ދުރުކުރަން ފެންނަ ކަމަށް ނިންމާފައެވެ.

ދީދީ ވަނީ އޭނާގެ މައްޗަށް ޖޭއެސްސީ އިން ހިންގި ތަޙްޤީޤަކީ ބާތިލް އިޖުރާއަތެއްގެ މައްޗަށް ހިންގި ބާތިލް ތަޙްޤީޤެއް ކަމަށް ވިދާޅުވެފައެވެ.

ޖޭއެސްސީ އިން ވަނީ މިދިޔަ ޖޫން މަހުގެ 12 ވަނަ ދުވަހު ފަނޑިޔާރު ދީދީ ސަސްޕެންޑް ކޮށްފައެވެ. ނަމަވެސް ޖޭއެސްސީގެ ނިންމުމަށް އަމަލު ކުރުން ފަސް ކުރަން ޖެހިގެން އައި ދުވަހު ސުޕްރީމް ކޯޓުން އަމުރެއް ނެރުނެވެ. އެއަމުރު ނެރުނީ އޭނާ އެމައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުންނެވެ. ސުޕްރީމް ކޯޓުން އެގޮތައް އަމުރު ކުރިނަމަވެސް ސުޕްރީމް ކޯޓުގެ އަމުރު ގަބޫލު ނުކުރާނެ ކަމަށް ޖޭއެސްސީ އިން އޮތީ އިއުލާން ކޮށްފައެވެ.

ފަނޑިޔާރު ދީދީގެ މައްޗަށް ތުހުމަތުކުރޭ މައްސަލަތައް ބަލަމުންދަނިކޮށް އޭނާ ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުގެރޭ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެންފައެވެ.

އަބްދުﷲ ދީދީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރީ 2018 ވަނަ އަހަރުގެ ޖޫން މަހުގެ 28 ވަނަ ދުވަހު އެވެ. އޭނާ ވަނީ 8 ޖޫން 2015 އިން ފެށިގެން 27 ޖޫން 2018 އަށް ހައިކޯޓުގެ އިސްފަނޑިޔާރުކަން ކުރައްވާފައެވެ. އޭގެ ކުރިން 21 ސެޕްޓެންބަރު 2008 އިން 8 ޖޫން 2015 އަށް ކްރިމިނަލް ކޯޓުގެ ޤާޟީކަން ވެސް އަބްދުﷲ ދީދީ ކުރެއްވިއެވެ.

ކްރިމިނަލް ކޯޓުގެ ގާޞީ ކަމަށް އައްޔަން ކުރުމުގެ ކުރިން ޖުވެނައިލް ކޯޓުގެ ގާޟީ ކަމާއި ކޯޓު ނަންބަރު 2 (މާލެ) ގެ އެސިސްޓެންޓް ޤާޟީކަމާއި، ކ.ދިއްފުށީ ކޯޓުގެ މެޖިސްޓްރޭޓްކަމާއި، ގއ.ދެއްވަދޫ ކޯޓުގެ މެޖިސްޓްރޭޓްކަން ކުރައްވާފައިވެއެވެ. އޭނާ ފުރަތަމަ މެޖިސްޓްރޭޓަކަށް އައްޔަން ކުރެވުނީ 1994 ވަނަ އަހަރު އެވެ. އެހާ ހިސާބުން މިއަދާއި ހަމައަށް މެދުކެނޑުމެއްނެތި ގާޟީކަމާއި ފަނޑިޔާރުކަން ކުރައްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ދިހާޝް

    ބަލައިލާފަ ވެސް އިގޭ އަތްލާނެ ކަން.

    29
    9
  2. ކިޔުންތެރިޔާ

    ޔާ ﷲ، މި ނޫން ދުވަހެއް ދައްކަވާށި! މުޅިން ހިތާމައިން ފުރިގެންވާ ޚަބަރު ގެނެސްދޭ ސަރުކާރެއް މީ! މި މުސީބާތުން އަޅަމެން ސަލާމަތްކުރައްވައިފާނދޭވެ! މި ސަރުކާރު ގެނައުމަށް ވޯޓުދިން މީހުންގެތެރެއިން ކުރެވުނު ކަމާއިމެދު ހިތާމަކުރާ މީހުން މި ކޮމެންޓަށް ލައިކް ދީ!

    63
    21
    • ހަސަން

      މިކަމާ ދެކޮޅު ފަރާތްތަކަށް ދައްނަވާލަންބޭނުމީ ފައިސާއަށް ޙުކުމް ވިއްކުން އޯކޭހޭ، މީހުންމަރާ ވައްކަންކުރާމީހުން ބަންދުން ދޫކުރުން އޯކޭހޭ، އާއިލީމީހުންނަށް ވަޒީފާ ހޯދަދިނީމަ އެމީހުން ބޭނުންވާގޮތައް ޙުކުމްކުރުން އޯކޭހޭ، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުންބޭރުވެ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެ ކެމްޕެއިން ކޮށްދިނުން އޯކޭހޭ؟؟؟؟؟ ތިބޭފުޅުން ބޭނުންވަނީ މިކަންތައްތައް އޯކޭވާ ފަނޑިޔާރެއްނަމަ އަލުން އަބްދުﷲ ދީދީ ސުޕްރީމްކޯޓްގެ ފަނޑިޔާރުކަމަށް އަޔަންކޮށް ވަގުތުން އުއްތަމަ ފަނޑިޔާރުކަން ހަވާލުކުރުމަށް ދަންނަވަން

      24
      16
    • ތުބުޅި ސުޖާ

      ދީދީ ފަނޑިޔާރުކަމުން ވަކިކުރި ސަބަބުތައް
      # ޝަރީއަތަށް ގުޅުވައި މަންފާތަކެއް ހޯދުން
      # ފަނޑިޔާރުންގެ ހުންނަންޖެހޭ ތެދުވެރި ކަމާއި އިހުލާސްތެރިކަން އަދި އަމާނާތްތެރިކަންނެތުން
      # ފަނޑިޔާރުންގެ ކިބައިގައި ހުންނަންޖެހޭ އަހުލާގީ ފެންވަރު ނެތުން
      # ނުފޫޒުތަކުގެ ދަށުވުން
      # ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވިޔަ ދިނުން

      7
      13
  3. މާވަޑި ފަލާހް

  4. ހުސޭނުބޭ

    ސުވާލެއްވެސް ކޮށްލަންނުޖެހޭ އަނިޔާވެރިކަމާއެކު ސްޕްރީމްކޯޓް ބަނޑުދަށުލަނީ!

    36
    5
    • ހަސަން

      ދީދީ ފަނޑިޔާރުކަމުން ވަކިކުރި ސަބަބުތައް
      # ޝަރީއަތަށް ގުޅުވައި މަންފާތަކެއް ހޯދުން
      # ފަނޑިޔާރުންގެ ހުންނަންޖެހޭ ތެދުވެރި ކަމާއި އިހުލާސްތެރިކަން އަދި އަމާނާތްތެރިކަންނެތުން
      # ފަނޑިޔާރުންގެ ކިބައިގައި ހުންނަންޖެހޭ އަހުލާގީ ފެންވަރު ނެތުން
      # ނުފޫޒުތަކުގެ ދަށުވުން
      # ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވިޔަ ދިނުން

      2
      8
  5. ދަންސޫރަ

    ރާއޖޭގެ ރަށްޔިތުންގެ މަޖިލީސް އެކަނި މިގައުމުގަ ބާވަންވީ

    28
    5
    • ވަގުބާޣީޓެރަރިސްޓު

      މަ މީހަކު ވަގަށް ނަގާފައި ރަހީނުކުރި މައްސަލާގަ މަށަށް ހުކުމް ކޮށްފަ މަގާމުގަ ހުއްޓަކަ ނުދޭނަން. މަށަށް މިއަދު ބާރު އޮތީ. މީ މަ މިކިޔާ އިންސާފަކީ

  6. ޣައްޔޫމް

    ތިއޮތީ އަރާ ހަމަކޮށްފަ..މީނަ ކައިފަހުރި ފައިސާތައްހޯދާ..އަދި ހައްގު އަދަބުދޭން ގޮވާލަން

    20
    20
  7. މޮހަދު

    މިހާރު ސަރުކާރުގަތިބި މީހުން ބޭނުންވާ ހުކުންތައް އެމީހުންބޭނުންވިގޮތައް ކުރެވީމަ އެމީހުނަ އެނގޭނެ ދެންއެހެން ބަޔަކުވެސް ބޭނުންހިފާގެން އެގޮތައް ހުކުން ނެރުވަފާނެކްން އެހެންވީމަ އަވަހައް ވަކިކުރީމަ ހިމޭނުން ތިބެވެވޭނެނޫން

    19
    1
    • ހަސަން

      ދީދީ ފަނޑިޔާރުކަމުން ވަކިކުރި ސަބަބުތައް
      # ޝަރީއަތަށް ގުޅުވައި މަންފާތަކެއް ހޯދުން
      # ފަނޑިޔާރުންގެ ހުންނަންޖެހޭ ތެދުވެރި ކަމާއި އިހުލާސްތެރިކަން އަދި އަމާނާތްތެރިކަންނެތުން
      # ފަނޑިޔާރުންގެ ކިބައިގައި ހުންނަންޖެހޭ އަހުލާގީ ފެންވަރު ނެތުން
      # ނުފޫޒުތަކުގެ ދަށުވުން
      # ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވިޔަ ދިނުން

      1
      8
  8. ބުރޯ

    ތިޔަ ފަނޑިޔާރު ވަކި ކޮށްފިކަމަށް ވިދާޅުވިޔަސް ތިޔަ ފަނޑިޔާރު އަދި ސްޕްރީމްކޯޓަށް ގެންނާނަން . ތިޔަ ފަނޑިޔާރު ލައްވާ ނަސީދަށް ހުކުމް ކުރާނަން. ތިޔަ ނިންމި ހުރިހާ ނިންމުމަކީ ބާތިލް ނިންމުން. ޒާތީ ނިންމުން މާގިނަދުވަހެއްނެތް .

    32
    11
    • ހަސަން

      މިކަމާ ދެކޮޅު ފަރާތްތަކަށް ދައްނަވާލަންބޭނުމީ ފައިސާއަށް ޙުކުމް ވިއްކުން އޯކޭހޭ، މީހުންމަރާ ވައްކަންކުރާމީހުން ބަންދުން ދޫކުރުން އޯކޭހޭ، އާއިލީމީހުންނަށް ވަޒީފާ ހޯދަދިނީމަ އެމީހުން ބޭނުންވާގޮތައް ޙުކުމްކުރުން އޯކޭހޭ، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުންބޭރުވެ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެ ކެމްޕެއިން ކޮށްދިނުން އޯކޭހޭ؟؟؟؟؟ ތިބޭފުޅުން ބޭނުންވަނީ މިކަންތައްތައް އޯކޭވާ ފަނޑިޔާރެއްނަމަ އަލުން އަބްދުﷲ ދީދީ ސުޕްރީމްކޯޓްގެ ފަނޑިޔާރުކަމަށް އަޔަންކޮށް ވަގުތުން އުއްތަމަ ފަނޑިޔާރުކަން ހަވާލުކުރުމަށް ދަންނަވަން

      5
      14
    • ހަސަން

      ދީދީ ފަނޑިޔާރުކަމުން ވަކިކުރި ސަބަބުތައް
      # ޝަރީއަތަށް ގުޅުވައި މަންފާތަކެއް ހޯދުން
      # ފަނޑިޔާރުންގެ ހުންނަންޖެހޭ ތެދުވެރި ކަމާއި އިހުލާސްތެރިކަން އަދި އަމާނާތްތެރިކަންނެތުން
      # ފަނޑިޔާރުންގެ ކިބައިގައި ހުންނަންޖެހޭ އަހުލާގީ ފެންވަރު ނެތުން
      # ނުފޫޒުތަކުގެ ދަށުވުން
      # ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވިޔަ ދިނުން

      2
      8
  9. ތުބުޅި ސުޖާ

    • ޖެކެކެ

      މި އަނިޔާއާ އެއްކޮޅަށް ކޮށްފަ ހުރި ހުރިހާ ކޮމެންޓެއް އެކަނިމާއެކަނި އެކި ނަންނަމުގަ ލިއުނަކަސް އަނިޔާވެރިކަން ދާދި އަވަހަށް ނިމޭނެ. ބަލަން ހުރޭ. ބާޣީ ގޮވަމުން މަގުމަތީގަ އާވާރާވެގެން އޮރިޔާމުން ދުވަން ތައްޔާރުވޭ.

  10. ހުވަދޫމީހާ

    ދެން ތި ތިސުވާލެއްވެސް ނުކުރެވޭގޮތައް ރާއްޖެ ތެރޭމީހުންގެ ކަންތައް ނިންމާ މާލޭގެ ހަތަރުކަށިމތި މެން ކައުންސިލޭ ކިޔާފަ އަހެރެމެން ކައިރިއައް ނައަންނާތި. ބޭންކުގަ ހުރި އައްޑޫ މުައްޒިފް ވެސް އެއްވެސް ކަމަކާނުލާ ވަޒީފާ ގެއްލުވާލީ. މުޅި ކެރިއަރ ދުއްވާލީ. ކަލޭ މެނާ ސުވާލުކުރެވޭނެ ދުވަސް ވަރައް އަވަހައް އަންނާނެ. ހީނުކުރާތި ކަލޭމެނައް ތި ބޮޑާކަން މަތީ ގަދަބަސް ބުނަން އަބަދު ތިބެވިދާނެޔޭ.?

    11
  11. އިހުސާނާ

    މީ މުހާމީ ކޯސް ހަދައިގެން ފަނޑިޔާރު ކަމަށް އައިސް ތިބި މީސްމީހުން ކަމަށް ބެލެވެނީ! ދެން ވެއްޖެ ނޫންތަ ހުރިތާކުން އޭނަ ގެނެސް، ޖިނާއީ ދައުވަ އޭނަޔާ ދޭތެރޭ އުފުލަން! އެއް މިލިޔަން ޑޮލަރަކީ ހާދަ ބައިވަރު ލާރި އޭ! އެ ލާރިން އޭނަ ބޭރުގެ އެތަން މިތާ އަޗާ ތަޅަމުން އުޅަނަ ދީގެން ނުވާނެ އެއްނު!

    3
    10
  12. އަޤީދާ

    އަލްހަމުދުﷲ! ހުރިއުފާވެރިކަމެއްގެ ބޮޑުކަމާއޭ! ދިރިތިބީން މާތްﷲގެ ނިޔާފުޅު ނިކަންދެކިބަލަ. އުއްމީދަކީ ދެންތިބި ގުންޑާއިންތައްވެސް އަވަހަށްބޭރުކޮށްލުން. ޝުކުރިއްޔާ ސޯލިހު ރައީސް

    3
    10
  13. ނައީ

    ދީދީ ވަރަށް އަވަހަށް ޖެޕީއާއި ގުޅޭނެ. ޕާޓީ ބޮޑު ކުރަން