ކުޑަކުދިން ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ އުމުރު 18 އަހަރަށް މަތިކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގައި ކުރިއަށް ދިޔަ ކުޑަކުދިންގެ އަދުލުގެ ބިލުގެ ފުރަތަމަ ޖަލްސާގައި ޖީހާން ވިދާޅުވީ، ކުޑަ ކުދިންގެ އަދުލުގެ ބިލުގައި ހުރި ހުރިހާ ކަމަކަށް ތާއީދު ކުރައްވާ ކަމަށެވެ. އެހެން ނަމަވެސް މި ޤާނޫނުގައި ކުޑަކުދިން ކުށުގެ ޤާނޫނީ ޒިންމާ އުފުލަންޖެހޭ ކަމަށް ކަނޑައަޅާފައިވާ އުމުރު 18 އަހަރަށް ބަދަލުކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ޖީހާން ވިދާޅުވީ، އެޑޮލެސެންސްއަކީ ކުޑަކުއްޖާގެ ސިކުނޑި ޑެވެލޮޕްވަމުން އަންނަ އުމުރު ކަމަށާއި އެ އުމުރަކީ ކުއްޖާގެ ސިކުނޑި އެންމެ އެކަށީގެންވާ ގޮތެއްގައި ތަރައްޤީވެފައިވާ އުމުރެއް ނޫން ކަމަށެވެ.

"އެޑޮލެސެންސްއަކީ ނުވަތަ ފުރާވަރުގެ އުމުރަކީ ކުޑަކުއްޖާގެ ސިކުނޑި ޑިވެލޮޕްވަމުން އަންނަ އުމުރު. އެއީ އެކުއްޖެއްގެ ކޮގްނިޓިވް ސައިކޮލޮޖިކަލް އަދި ނިއުރީ ބައޮލޮޖިކަލް ޑިވެލޮޕްމަންޓް ފުރިހަމަވެފައިވާ އުމުރެއް ނޫން. މި އުމުރުގައި ކުއްޖާ ޖަލަށް ލެވުމަކީ ކުއްޖާ ކުށްވެރިކުރެވުމަކީ، ކުއްޖާ ލޭބަލް ކުރެވުމަކީ އަދި ކުއްޖާއަށް ދޭންޖެހޭ ރައްކާތެރިކަން ނުދެވުމަކީ އެ ކުއްޖާ ކްރޮނިކް ޖުވެނައިލް އޮފެންޑަރއަކަށް ހެދުމަށް އަޅުގަނޑުމެން އެންމެންވެގެން އެޅޭ ފިޔަވަޅެއް" ހިންނަވަރު ދާއިރާގެ މެމްބަރ ޖީހާން ވިދާޅުވިއެވެ.

މި ބިލަށް ވާހަކަ ދައްކަވަމުން މާފަންނު އިތުރު ދާއިރާގެ މެމްބަރ އިމްތިޔާޒް ފަހުމީ ވިދާޅުވީ، ކުޑަކުދިންނާ ގުޅުންހުރި ކަންކަމުގެ ޒިންމާ ހުރިހާ ފަރާތަކުން އުފުލަންޖެހޭ ކަމަށާއި، މި ބިލުގެ އަމާޒަކީވެސް ކުޑަކުދިން ކުށުގެ ވެއްޓާ ވީހާވެސް ދުރުހެލިކުރުން ކަމަށެވެ.

ކުށުގެ ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ އުމުރު 18 އަށް ބަދަލުކުރުމަށް ޖީހާން ގޮވާލައްވާފައިވާއިރު، އަވައްޓެރި އިންޑިއާއާއި، ދެކުނު އެފްރިކާގައިވެސް ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ އުމުރަކީ 18 އެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ހުސޭނުބޭ

    އެކުދިން އެ ޢުމުރަށް ދާއިރުވެސް ބާލިޣުވިޔަނުދީ ހިފަހައްޓަން ތި މޮޅު މަޖިލީހުން މަސައްކަތްކުރަން ފެނޭ!

    12
  2. ނޯޑައުޓް

    ޖީހާން ވ ލޯބި..

    2
    2
  3. ބަސްފުޅު

    އިއްޒަތްތެރި މެމްބަރ ވަރަށް ބޮޑަށް އިސްލާމްދީނުގެ އަސްލުތަކާއި ހިލާފަށް އިސްލާހު ގެންނެވުމަށް ތާޢީދުކުރާކަން ފާހަގަކުރެވޭ. ފުރަތަމަ އަންހެން ފަނޑިޔާރުން. މިހާރު ކުށްކުރާ ރޭޓާއި ކުށުގެވެށި ނޭނގޭ ހާލު ކުޑަކުދިން ޒިންމާ ނަގާ އުމުރު ބަދަލުކުރަން ކުރާ މަސައްކަތް ތީ ހަމަ މެދު އުމުރު ކުދިން ކުށްކުރުމަށް ހިތްވަރުދިނުން.

    10
  4. މަ

    ބާލިޣުވީމަ ކުށުގެޒިންމާ އުފުލަން ޖެހޭނެ. ކޮންމެ އުމުރަކަސް.

  5. ޓަކްސަލޫސާ ހިންގި ސާނު

    ކުޑަ ކުދިންގެ ޖިނާއީ މަސްއޫލިއްޔަތު އުފުލަން ޖެހޭ އަހަރު 18 އަށް މަތި ކުރާ އިރު، ރެސްޓޯރަންސްތަކާ އެއްޗެހި ހިންގާ މަސްދޯނިފަހަރުން މީހުންނަށް މަކަރު ހަދާ، ޓަކައިގެން އުޅޭ މީހުންގެ އުމުރު ދަށް ކުރަން ހަމަ ވަރަށް ފެނޭ! މީހުންގެ ބޯ ކައިގެން އުޅޭ މީސްމީހުންގެ!

  6. އަހުރެން

    ބޯހަމަޖެހޭމީހުން ދައްކާކަހަލަ ވާހަކައެއްނޫން.

  7. ޒިޔަތު

    މަޖިލީހަށް ކުރިމަތިލެވޭ އުމުރު 50އަށް ހަދަންޖެހޭ. އެއީ ޖީހާންމެންގެ ބޯ އަދިވެސް މުޅިން ހަމަޖެހޭ ކަމަށް ނުފެންނާތީ. ދުނިޔެއަށް ލޯނުހުޅުވޭތީ