2012 ވަނަ އަހަރުގެ މެއި މަހު ލޮރެންޒޯ ޕާކް ތެރޭގައި މަރާލާފައި އޮއްވައި ފެނުނު އަހުމަދު އަރުހަމްގެ މަރާ ގުޅިގެން ކުރިޔަށްގެންދާ މައްސަލައިގައި ދަށުކޯޓަށް ހެކިބަސްދިން ސިއްރު ހެކިވެރިންގެ މަޢުލޫމާތު، ދައުލަތަށް "އޮޅިގެން" ހާމަކުރެވިއްޖެއެވެ.

މި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައި ވަނީ، ގދ. ގައްދޫ ގުންޒަރު، މުހައްމަދު ސުފްޔާނާއި މއ. ސީނަރީވިއު އާތިފް ރަޝީދު އާއި ލ. މާވަށު އެވާބްލޫގޭ މުހައްމަދު ވިސާމާއި އެރަށު އަސަރީގެ މަންސޫރު ޔޫސުފްގެ މައްޗަށެވެ. މި މައްސަލައިގެ ކުށް ސާބިތުވެ މަރަން ޙުކުމް ކޮށްފައި ވަނީ ވިސާމުގެ މައްޗަށެވެ.

ވިސާމުގެ އިތުރުން މި މައްސަލައިގައި ދަޢުވާ އުފުލާފައިވާ ތިން މީހުންގެ މައްސަލަ ދައުލަތުން އިސްތިއުނާފު ކުރިއިރު، މައްސަލައިގައި ހެކިބަސް ދިން ބައެއް ސިއްރު ހެކިވެރިންގެ މައުލޫމާތު ދައުލަތުން ހާމަކޮށްފައިވާ ކަން މިއަދުގެ އަޑުއެހުމުގައި ފަނޑިޔާރު ވަނީ ވިދާޅުވެފައެވެ. އަދި ކޯޓުގައި ޚުލާސާ ބަޔާން ހުށަހެޅިއިރުވެސް ހެކިވެރިންގެ މައުލޫމާތު ހާމަކުރެވިފައިވާކަން ފަނޑިޔާރު މިއަދު ވަނީ ފާހަގަކުރައްވާފައެވެ.

މިއަދުގެ އަޑުއެހުމުގައި ފަނޑިޔާރުންގެ ބެންޗުން ވަނީ އެކަމުގެ ޒިންމާ ކޯޓުން ނުނަގާނެކަން ހާމަކުރައްވާފައެވެ. އެހެންކަމުން ސިއްރު ހެކިވެރިންގެ މައުލޫމާތު ހާމަނުވާނެފަދަ ގޮތަކަށް ވާހަކަ ދެއްކެވުމަށް ދެފަރާތަށްވެސް ކޯޓުން ވަނީ އަންގާފައެވެ.

މިއަދުގެ އަޑުއެހުމުގައި ވިސާމުގެ އިތުރުން ދެން ދައުވާ ލިބޭ ތިން މީހުންގެ މައްޗަށް މައްސަލަ ސާބިތުނުވާ ކަމަށް ނިންމި ނިންމުން ބާތިލުކޮށް އެމީހުންނަށް އަދަބު ދިނުމަށް އެދިފައެވެ. ދައުލަތުން ވަނީ މިއަދުގެ އަޑުއެހުމުގައި އެމީހުންނާއި ދެކޮޅަށް ގިނަ ކަންކަން ފާހަގަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ސީނު

    މަޖިލަިހުގައި ތިބި ދީނީ ޢިލްމް ވެރިންނަށް އިނގޭނެ ދެންކަންކުރަންވީގޮތް

  2. ސަޓޯ

    ކޯޓުންނޭ މީހުން މަރަނީ

    10
    1
  3. ހނ

    ތިގޮތައް ހާމަކުރީމަ ދެން އަޑުއިވޭނީ ތިމީހުން މަރާލި ވާހަކަ އެއަށްވުރެ ރަނގަޅުވީސް އެ އިދާރާއަށްގުޅާފަ އެ މްޢުލޫމާތު ހިއްސާކުރިނަމަ

    8
    1
  4. އިއްބެ

    ތީގަސްދުގައި ކުރިކަމެއް އޭރުންތާ ދެންވެސް ހެކިނުދޭނީ

    10
  5. ސުބު

    ހުރިނުބައިކަމާއެވެ.
    ހިމާޔަތާ ރައްކާތެރިިކަން ކޮބާ؟
    ކޮންމެ މީހެއްގެ ހައްގެއް!
    ކޮންކަމެއް އޮޅުން ނާރަނީ!!
    އޮޅުވާލާގެންއައީވެސް!
    ދެންފެންނާނީ އަތާފަޔާ އޮޅިގެންވެއްޓޭތަން ތޯއްޗެއް!
    ބޯހަމައެކަތިވެސް ނެތްތޯއްޗެއް!