މިއަދަކީ ކޮރަޕްޓް ފަޑިޔާރެއް ވަކި ކުރެވުނު ތާރީހީ ދުވަސް ކަމަށް ވެލިދޫ ދާއިރާގެ މެމްބަރު މުހުންމަދު އަބްދުﷲ ޝަފީގު ވިދާޅުވެއްޖެއެވެ.
ސްޕްރީމް ކޯޓުގެ ފަޑިޔާރު އަބްދުﷲ ދީދީ ފަޑިޔާރު ކަމުން ވަކިކުރަން މިއަދު މަޖިލީހުގެ 72 މެންބަރުންގެ އިތިފާގު ފާސްކޮށްފައިވާއިރު ޝަފީގް ވިދާޅުވީ އަބްދުﷲ ދީދީގެ ނަންފުޅުގެ ކުރިޔަށް މިއަދަށް ފަހު "ފަނޑިޔާރު" މި ނަން ބޭނުން ނުކުރެވޭނެ ކަމަށެވެ.
ޝަފީގު ވިދާޅުވީ 19 ވަނަ ރައްޔިތުންގެ މަޖިލީސް އުންމީދީ ގޮތަކަށް ބަދަލުތަކެއް އައިނަމަވެސް އެކަށީގެންވާ މަސައްކަތް މަޖިލީހުން ނުކުރެވޭ ކަމަށެވެ.
"މި ޝަކުވާ ރައްޔިތުންގެ މެދުގައި އެބަހުރި ނަމަވެސް މިއަދަކީ އެ ޝަކުވާތަކަށް ފަރުވާ ލިބުން ދުވަސް މި ދުވަހަކީ ދިވެހިރާއްޖޭގެ ތާރީޚުގައި ފާހަގަ ކުރެވޭނެ ދުވަހެއް " ޝަފީގް ވިދާޅުވިއެވެ.
ޝަފީގު ވިދާޅުވީ ފަނޑިޔާރު އަބްދުﷲ ދީދީއަކީ ނިމިގެންދިޔަ ރިޔާސީ އިންތިހަބުގެ ކެމްޕޭނުގައިވެސް ބައިވެރިވެވަޑައިގެންނެވި ބޭފުޅެއް ކަމަށެވެ.
އަބްދުﷲ ދީދީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރީ 2018 ވަނަ އަހަރުގެ ޖޫން މަހުގެ 28 ވަނަ ދުވަހު އެވެ. އޭނާ ވަނީ 8 ޖޫން 2015 އިން ފެށިގެން 27 ޖޫން 2018 އަށް ހައިކޯޓުގެ އިސްފަނޑިޔާރުކަން ކުރައްވާފައެވެ. އޭގެ ކުރިން 21 ސެޕްޓެންބަރު 2008 އިން 8 ޖޫން 2015 އަށް ކްރިމިނަލް ކޯޓުގެ ޤާޟީކަން ވެސް އަބްދުﷲ ދީދީ ކުރެއްވިއެވެ.
ތީވަރއް ސާފު މީހުން، އެއްވެސް މީހަކައް އެމީހާގެ އަމިއްލަ ގައިގަ ހޭކިފަ ހުންނަ ކޮރަޕްށަނެއް ނުފެންނާނެ. ހުސް އެކައްޗެއް.
ވަރަށް ވެސް ސަޅި.......
ވަރަށްވެސް ބޮޑު ތެދުފުޅެއް، ސާބަހޭ ރައްޔިތުންގެ ހާދިމުން، ތިގޮތައް މަސައްކަތްކޮށް ދެންވެސްތިބި ކޮރަޕްޓް ފަނޑިޔާރުން ބޭރުކުރޭ
އެއް ކޮރަޕްޓް ފަޑިޔާރު ބޭރުކޮށް ކޮރަޕްޓްވެފައިވާ ދެފަޑިޔާރުން އައްޔަން މިކުރަނީ. ވަރަށް ތާހިރު
ފިރުއައުނުގެ ބަނީއިސްރާއީލު ޔަހޫދީންގަނޑު އުތުރި އަރައިގަންނަ ދުވަސްތަކުން ތާރީޚީ އެއްދުވަސް.
މިހާރު ވެސް ކޮރަޕްޓް. ހަމައެކަނި ފަޑިޔާރުން ނޫން. މި ސަރުކާރުން ވެސް ވަޒީފާ ދެނީ ެމީހުންނަށް ފެން ނަ ކޮރަޕްޓް ވެވޭ ކަހަލަ މީހުންނަން. ޑިގްރީ، މާސްޓަރ ، މިޢީ އެއްެސް އެއް ޗެއްނޫން. ބަލަށް ވީ މީހުންގެ އިޚްލާސްތެރި، ތަޖްރިބާ ، ޑިގްރީ، މާސްޓރ، ހަދާގެން ތިބޭ މީހުން. މީހަކު ޕާޓީ އަކާ ގުޅިގެން ޕޯޑިއަމަކށް އެރީ ދޭންވީ މިނިސްޓަރުކަން. އެއްވެސް ގޮތކަށް ކިޔަވާނެ ކަމެއް ނެތް.
އިރާދަ ކުރެއްވިއްޔާ ކަލެއަށް ތި ކަމުގެ ހިތި ކަން ﷲ ދައްކަވާނެއެވެ،
މިގައުމުގަ ނުހުންނާނެ އީ.ސީ ޝަރީފަށްވުރެ ބޮޑަށް ކޮރަޕްޓް ވެފަހުރި މީހެއް އެހެންވީމާ ކީއްވެތަ އީ.ސީ ޝަރީފަށް ޙައްޤު ޢަދަބު ނުލިބެންވީ ތިޔަހާ އިންސާފުވެރި ބައެއްނަމަ ނިމިދިޔަ ދެ އިންތިހާބުގެ އަދުލް އިންސާފު ހޯދާދީބަލަ