ޖުމްހޫރީ ޕާޓީއާއި އަލަށް ގުޅިވަޑައިގަތީ "ކުނި"ތަކެއް ކަމަށް ސިފަކޮށް، އިތުރު ޑަސްބިންތަކެއް ބޭނުންވާ ކަމަށް މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ޝިފާ މިގޮތަށް ވިދާޅުވީ، އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ އިން ވަކިވެވަޑައިގެން، އެ ޕާޓީތަކުގެ އިސް ސަފުގައި މަސައްކަތް ކުރެއްވި ސިޔާސީ ގިނަ ބޭފުޅުން ޖުމްހޫރީ ޕާޓީ އާއި ގުޅުވަޑައިގަތުމުން އެކަމަށް ވެރިކަންކުރާ އެމްޑީޕީގެ ގިނަ އެކްޓިވިސްޓުން ފާޑުކިޔަމުންދާ ދަނޑިވަޅެއްގައެވެ.

ކުނި އަޅަން އިތުރު ޑަސްބިންތަކެއް ބޭނުންވާ ކަމަށް ޝިފާ ވިދާޅުވެފައި ވަނީ އިއްޔެ އޭނާ ކުރެއްވި ޓްވީޓެއްގައެވެ. އެ ޓްވީޓާއެކު ޝިފާ ވަނީ އަލަށް ޖުމްހޫރީ ޕާޓީ އާއި ގުޅުވަޑައިގަތް އިދިކޮޅު އިސް ބޭފުޅުން ޕާޓީ ފޯމުގައި ސޮއި ކުރައްވާ މަންޒަރު ފެންނަ ފޮޓޯއެއް ވެސް އާންމުކުރައްވާފައެވެ.

ޖުމްހޫރީ ޕާޓީއަށް ސޮއި ކުރެއްވި އިދިކޮޅު ދެ ޕާޓީގެ އިސް މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަނަވަނީ، ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދާއި، ކުރީގެ ހޯމް މިނިސްޓަރ އަޒްލީން އަހުމަދާއި، ޕީއެންސީގެ ނައިބު ރައީސްކަމުގައި ހުންނެވި ވިލިމާލޭ ދާއިރާގެ ކުރީގެ މެމްބަރު ނިހާން ހުސައިން މަނިކާއި، ކެލާ ދާއިރާގެ ކުރީގެ މެންބަރު އަލީ އާރިފް އާއި، އިނގުރައިދޫ ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ފަލާހް އާއި، ދާންދޫ ދާއިރާގެ ކުރީގެ މެންބަރު އައްސަދު ހިމެނިވަޑައިގަންނަވައެވެ.

ޖޭޕީއަށް ގުޅުވަޑައިގަތް އިދިކޮޅު ހުރިހާ ސިޔާސީ އިސް ބޭފުޅުންނަކީ ވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަރިހުގައި މަސައްކަތް ކުރައްވަމުންގެންދެވި ބޭފުޅުންނެވެ. އެ ބޭފުޅުން ވަނީ ސަރުކާރު ހިންގާ ކޯލިޝަންގައި އޮންނަ ޖުމްހޫރީ ޕާޓީ އާއި އެކު ރައީސް އިބްރާހީމް މުޙައްމަދުގެ ސަރުކާރަށް އެއްބާރުލުން ދެއްވަން ނިންމަވައިފިއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ސީނު

    ބިން ގަ އޮވެފަ ނިކުންނެވީމަ ހީވާކަހަލަ

    13
  2. Alibe

    ސަރުކާރުގައި ހުރި އެންމެ ކުނި އަންހެނާ.

    24
    1
    • ޓަވަރު

      އެންމެ ގޮނޑު އަންހެނާ!

      21
  3. މަރުތެޔޮ

    މިމަންޖެ މޫނުމްތިން ތެޔޮކަނޑުވަން ގްލޭންޑަރެއް ހޯދުންވެސް ބަޖެޓްގައި ހިމަނަންވާނެ

    19
    • ހުސޭނުބޭ

      ނުވާނެ ތިކަމެއް! މަސްވެރިން އޮޑިދޯނިފަހަރުގައި ކަޑިތާރަލުން ހުއްޓާލުމުން އެ ހުރިހައި ބައިވަރެއް އެމަންޖެ ހޯދައިގެން ގެނެސް އެހުންނަނީ ދެއިރު ދެ ދަޅައަށް އުނގުޅާލަ އުނގުޅާލަ ވިއްޔާ!

      16
  4. ހަސަންތަކުރު

    ކަލެޔަކީމުޑުދާރުކުނިގަޑެއްގޮތެއްފޮޮތެއް
    ދީނެއްމިއްލަތެއްނެތްމީހެއް

  5. Anonymous

    ޝިފާ ފާޑުފާޑުގެ ވާހަކަ ނުދައްކަވާ ހުންނަވާށެވެ ތިޔައީ މާރަގަޅު ކަނބަލެއްނޫނެވެ ފަސްބައިވަރަށް ހަޑިއެވެ މަގުތަކުގައިހުރިކުނިނެންގެވިއްޔާ މާރަގަޅުވާނެއެވެ މަގުތައް ހަލާކުވެފައިވާ ތަންތަން ހައްދަވާށެވެ

  6. ކުދުބެއްޔާ

    ޝިފާ ތިޔައީ މާރަނގަޅު ބޭކަނބަލެއްނޫނެވެ މަގުމަތިން ކުނިނަންގަވަން ނިކުންނަވާށެވެ މީސްމީހުންނަށް ފާޑުނުކިޔާށެވެ

  7. އަޙައްމަދު ބެއްޔާ

    ޝިފާ ފާޑުފާޑުގެ ވާހަކަ ނުދައްކަވާ ހުންނަވާށެވެ ކަމަނާ މާލޭގެ މަގުމަތިން ކުނިނެންގެވިއްޔާ މާރަގަޅުވާނެއެވެ

  8. ބެއްޔާ

    ޖުމްޙޫރީޕާރޓީގެ ކުނިއަޅަން ޑަސްބިން ހޯދާކަށް ޝިފާއަކަށް ނުޖެހޭނެއެވެ މާލޭގެ މަގުތަކުގައިހުރި ކުނިތައް ނެންގެވިއްޔާ މާރަގަޅުވާނެއެވެ ނޫނީތިޔަ ގޭދޮށުގައި ހުރިކުނިނަންގަވާށެވެ

  9. އަޙްމަދު

    ޢޮރިއާނ ހާލުހުރެ ކޮން ކުނޏެކޭކިޔާކަށްތަ