ވެހިކަލްތަކުގައި ޕާކިން ސްޓިކާ ޖަހައިގެން ދައުލަތަށް މިހާތަނަށް 23 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ސަޕްލިމެންޓްރީ ބަޖެޓުގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ޝިޔާމް ވިދާޅުވީ މިއަހަރުގެ ދައުލަތުގެ ބަޖެޓަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ބޭނުންފުޅުވީ ގޮތަށް އެމަނިކުފާން އެކުލަވާލެއްވި ޓްރާންސިޝަން ކޮމެޓީން އެކުލަވާލި ބަޖެޓެއް ކަމަށެވެ.
"ޕާކިން ސްޓިކާ ޖަހައިގެން ދައުލަތަށް މިހާތަނަށް 23 މިލިއަން ރުފިޔާ ލިބިފައިވާ އިރު އަހަރު ނިމޭއިރު އެ އަދަދު ތިން ގުނައަށް އިތުރުވެގެންދާނެ"ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ ޕާކް ކުރާނެ ތަން ނުދައްކައި ޕާކިން ޖޫރިމަނާ ނުކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންފައިވާ ވައުދަށް ފާޑުކިޔާފައެވެ.
ޝިޔާމް ވިދާޅުވީ ބަޖެޓުކޮށްފައި އޮންނާނީ 12 މިލިއަން ހޯދަން ކަމަށާއި އެކަމަކު 23 މިލިއަން ޖުލައި މަހާއި ހިސާބަށް ހޯދާފައި އޮތް އޮތުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
" އަޅުގަނޑުމެންނަށް މި ފެންނަނީ ޓްރާންސްޕޯޓު މިނިސްޓްރީން ސްޓިކާގެ ގޮތުގައި، ސްޓިކާ ފައިންގެ ގޮތުގައި 23 މިލިއަން" ޝިޔާމް ވިދާޅުވިއެވެ.
ގަވާއިދާއި ހިލާފަށް ޕާކް ކުރާ ވެހިކަލްތަކުގައި ޕާކިން ސްޓިކާ ޖަހަަމުންދާތީ މިސަރުކާރަށް ބޮޑެތި ފާޑުކިއުން ތައް ދަނީ އަމާޒުވަމުން ދާއިރު މިނިސްޓަރ ނަހުލާ ވިދާޅުވީ ޕާކިން ސްޓިކާ ޖަހަނީ ގަވާއިދާއި ހިލާފަށް ޕާކް ކުރާ ވެހިކަލް ތަކުގައި އެކަނިކަމަށެވެ.
މި ކަމާއި ގުޅިގެން ޓްރާންސްޕޯޓު މިނިސްޓަރ އައިޝަތު ނަހުލާ ވަނީ މަޖްލިސްއަށް ހާޒިރު ކޮށްފައެވެ.
ޔާމީނުގެ ވެރިކަމުގައި ދިވެހިބިންތަށް ވަގަށް ވިއްކައިގެން ބިލިއަނުން ނެގިފައިސަތަކުގެ ވާހަކަ ދައްކަން ނުކެރެނީ ކީއްވެ ؟ ކަލެމެންގެ ލަދުހަޔާތް ކޮބާ ؟
ކަލޯ އަލްޖިބްރާ
އޮގަސްޓް 28, 2019 16:03
ޔާމީނުގެ ވެރިކަމުގައި ދިވެހިބިންތަށް ވަގަށް ވިއްކައިގެން ބިލިއަނުން ނެގިފައިސަތަކުގެ ވާހަކަ ދައްކަން ނުކެރެނީ ކީއްވެ ؟ ކަލެމެންގެ ލަދުހަޔާތް ކޮބާ ؟
ޔާމީނު ސަރުކާރުން ވަގަށް މިމެއްނުނަގަ އަދި ނުވެސް ވިއްކަ