މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ގަވަރުނަރަކަށް އަލީ ހާޝިމް އައްޔަން ކުރަން ރައީސް އިބްރާހިމް މުހައްމަދު ސާލިހު ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުވަފިއެވެ.
ރައީސުޖުމްހޫރިއްޔާގެ ތަރުޖަމާނު އިބްރާޙިމް ހޫދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ހާޝިމް އެމްއެމްއޭގެ ގަވަރުނަރުކަމަށް އައްޔަން ކުރުމަށް، އޭނާ ނަން ރައީސް ސާލިހު މަޖިލީހަށް ފޮނުއްވާފައިވާ ކަމަށެވެ.
އޭނާ މަގާމަށް އައްޔަން ކުރެވޭނީ ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމުންނެވެ.
އަލީ ހާޝިމަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގެ ފުރަތަމަ ފައިނޭންސް މިނިސްޓަރެވެ. އޭނާ އެ މަގާމު އަދާ ކުރެއްވީ 2008 ވަނަ އަހަރުން 2010 ވަނަ އަހަރާ ހަމައަށެވެ.
ކުރިން ގަވަރުނަރުގެ މަގާމުގައި ހުންނެވީ އަހުމަދު ނަސީރުއެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދީފައި ވަނީ، ޖުލައި 24 ވަނަ ދުވަހުއެވެ.
ނަސީރު މަގާމުން އިސްތިއުފާ ދެއްވާފައި މިވަނީ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ ވެރިޔަކަށް ކުރިން ހުންނެވި އަބްދުﷲ އަޝްރަފް ނަސީރަށް ތުހުމަތުތަކެއް ކޮށް ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅާފައި ވަނިކޮށެވެ.
ގައުމު ފުނޑި ފިނޭންސް މިނިސްޓަރު. އިގްތިސާދު ފުނޑުނީ މިޔާހެދި އޭރު. ދޮޅުގަމާރުން ލައިގެން ކަންކަމެއް ނުކުރެވޭނެ ރަނގަޅެއް.
މުޅިއޮޑީގައި ޙަސަނުދެފައި މިސަރުކާރަށް ވޯޓުދިންއެންމެން ދެއަތްފަޅައިގެންދާންދެންއަތްޖަހާ.
2008 ގަ ހަވާލުވެގެން ގައުމު ބަގްރޫޓް ކުރި ފިނޭންސް މިނިސްޓަރު ސެންޓްރަލް ބޭންކް ގެ ގަވަރނަރަކަށް ލެއްވީމަ ، އެންމެ މުއްސަނދި އެންމެ ބިންގިނަ ބަފަޔަށް ވީހެން ގައުމަށް ނުވެދާނެތަ ؟
ގަވްމްގެ ދުވަސް ތި ދިޔައީ،، 2008 ގަވެސް މިގަމާރު ފިނޭންސައްލައިގެން ރާއްޖޭގެ ދުވަސް ދުއްވާލީ،،،، މިކަހަލަ ތާކުން ތާކުނުޖެހޭ މީހުން މާގާމް ތަކައް ނުލާބަލަ ރައީސް ސޯލިހް އާދޭސް ކޮށްފަ ބުނަން..... ނާގާބިލުވިޔަސް ބޮޑުވަރު
ކަލޯގަޔާ. މީނަ މީދުވެހިބަހުން ލިޔެފަ އޮންނަ އެއްޗެއްވެސް ބަލައިގެން ކިޔަނ އެނގޭ މޭހެއްނޫން. މި އޮތީ ހުރިހާ ކަމެއް ހަމަވެފަ.
މީދެން ކާކު ތިކަހަލަ މަޤާމަކަށް ލާން. މިއަށްވުރެ ރަގަޅު ވާނެ މިއަަހަރު އޯލެވެލް ހެދި ކުއްޖެއްވެސް. ޤައުމެއްގެ އިޤްތިޞާދު ފުނޑާލާ ބަޖެޓް ދަވާލި މީހަކު ޤައުމުގެ މާލީ އެންމެ ބޮޑު އިދާރާއަށް ލުމަކީ މިޤައުމުގެ އިޤްތިޞާދީ ބޮޑު އަނދަވަޅަކަށް ވެއްޓި އަރައިގަންނަން އުނދަގޫ ޙާލަތަކަށް ދާނެ ކަމެއްކަން ޔަޤީން. މިކަހަލަ މީހުން ލައިގެން ޤައުމެއް ނުހިންގޭނެ. ސިކުނޑީގަ ތެތްކަމެއް ހުރީއެއް ނޫން. ތަޖުރިބާގެ ޒައްރެއްގެ މިންވަރުވެސް ހުރީކީ ނޫން. ޤައުމުގެ ޙާލަތު އިތުރަށް ވާނީ ގޯސް. ވަރަށް ދެރަ ކޮންމެއަކަސް.