ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ވިދާޅުވެފައިވަނީ މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ގއ.ކަނޑުހުޅުދޫ، ލިންކިން ޕާރކް، މުޙައްމަދު މަޤްޞަދު (38އ) ކަމަށެވެ.

މުޙައްމަދު މަޤުޞަދާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޓްރެފިކް އިންވެސްޓިގޭޝަން ޔުނިޓުގެ ޑިއުޓީ ނަމްބަރު 9660183 އަށް ގުޅުއްވައި ޙިއްސާކުރެއްވުމަށް ފުލުހުން އެދިލައްވާފައިވެއެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ އެއްބާރުލުން ލިބޭ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.