ޒުވާނުން ވަޒީފާގެ މާހައުލަށް ވެއްދުމަށާއި ވަޒީފާގެ މާހައުލަށް ޝައުގުވެރިކޮށް ހުނަރުތައް ކުރިއެރުވޭނެ ގޮތްތައް ދެނެގަތުމަށް 20 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް މިއަދު ފަށައިފިއެވެ.

ހަޔަ އެޑިއުކޭޝަން މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ހިންގާ މި ޕްރޮޖެކްޓް ފައްޓަވާ ދެއްވީ މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ޕްރޮޖެކްޓަށް ޖުމްލަ 20 މިލިއަން ޑޮލަރު ހޭދަވާނެއެވެ. މީގެ ތެރެއިން 10 މިލިއަން ޑޮލަރަކީ ވޯލްޑް ބޭންކުން ހިލޭ އެހީގެ ގޮތުގައި ދީފައިވާ ޑޮލަރެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހަޔާ އެޑިއުކޭޝަންގެ މިނިސްޓަރ ޑރ އިބްރާހިމް ހަސަން ވިދާޅުވީ، މިމަޝްރޫއުގެ ދަށުން ގިނަ ކަންތައްތަކެއް ކުރުމަށް ރޭވިފައިވާ ކަމަށެވެ. އަދި ވަޒީފާ އަދާނުކުރާ ޒުވާނުން ނެތް އަދަދު ގިނަވަމުންދާތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މިނިސްޓަރ ވިދާޅުވީ، އެކަމަކީ ފަރުދީ ހައިސިއްޔަތުން ކޮންމެ މީހަކު ވެސް ވިސްނާ ފިކުރުކުރަންޖެހޭ ކަމެއް ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން ޖިންސީ ތަފާތުކުރުމެއް ނެތި އާމްދަނީ ހޯދުމަށް ހަމަހަމަ ފުރުސަތުތައް ހޯދައިދޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އޭގެ އިތުރުން ޒުވާން ވިޔަފާރިވެރިން ބިނާކުރުމާއި ރާއްޖޭގެ އެކި ހިސާބުތަކުގައި ތަމްރީނުތައް ހެދުމުގެ ފުރުސަތު ޒުވާނުންނަށް ފަހިކޮށްދެވޭނެ ކަމަށްވެސް ވިދާޅުވެފައިވައެވެ.

މި ޕްރޮޖެކްޓް ކާމިޔާބުކޮށް ނިންމާލާނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުނަރުވެރި މަސައްކަތްތެރިން ބިނާކުރެވޭނެ ވަސީލަތްތައް ގާއިމްކޮށްގެން ކަމަށް ހަޔާ އެޑިއުކޭޝަނުން މައުލޫމާތު ދެއެވެ. މި ޕްރޮޖެކްޓަކީ އޭގެ ސަބަބުން އިޖުތިމާއީ އަދި އިގުތިސޯދީ ގޮތުން ގިނަ ފައިދާތަކެއް ވެސް ލިބިގެންދާނެ ޕްރޮޖެކްޓެއް ކަމަށްވެސް މައުލޫމާތު ދެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ، ޒުވާނުންގެ ޕްރޮޖެކްޓުގެ އެންމެ މުހިންމު ކަމަކަށް ވާނީ އަދުގެ ހާލަތަށް ބަލައި 21 ވަނަ ގަރުނަށް ފެތޭ ސްކިލްސް ސްޓްރެޓަޖީއެއް ހެދުން ކަމަށެވެ. އެތައްޔާރުކުރުމުގައި ބޭނުންވާ ތަފާސް ހިސާބު އެއްކުރުމާއި ހިއުމަން ރިސޯސް މިސްރާބު ބަހައްޓަންވީ ގޮތާ ގުޅޭގޮތުން މިހާރު އަންނަނީ މަޝްވަރާކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ހުސޭނުބޭ

  ފެށިއެްޖެއެއްނު! ތިއޮތީ ވަޢުދު ފުދިފައި! ދެން ވާނުވާ ނޭގިގެން ބަލާލާއިރު އޮންނާނީ ސަރުކާރުގެ ވެރިންގެ ޖީބަށް ޑޮލަރުކޮޅު ވަދެފައި!

  21
  1
 2. ހެހެހެ

  ތިޕްރޮޖެކްޓް ވެސް ފެއިލްކަންނޭގެ ވާނީ.

  11
  1
 3. Anonymous

  ޒުވާނުން ބޭނުންވޭ އެމީހުންގެ ކަންކަން ފުރިހަމަޔަށް ބަހައްޓާނެ ޙަރުދަނާ ބެލެނެވެރިން ނުވަތަ މަހުރަމުންވެސް. ބެލެހެއްޓުންތެރިން ދޯދިޔާވީމަ ޒުވާނުންނަށް ވާނެ ހައެތި ވެފަ މިއޮތީ.

  13
  1
 4. ??

  ފުރަތަމަ ފަސްއަނހަރު ދިރާސާއައްް ދިހަމިލިޔަންޑޮލަރ

  7
  1
 5. ގޮލާ

  20 މިލިޔަން ރުފިޔާގެ މަސްތުވާތަކެތި ތީގެން ގަންނާނީ