އިސްލާމިކް މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރަކަށް ގދ.ތިނަދޫ ކަލްމުނާ، އަލްއުސްތާޛު ޙުސައިން ޝަރީފް ޢައްޔަން ކުރައްވައިފިއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، އެ މަގާމަށް ހުސަން ޝަރީފް އައްޔަން ކުރެއްވީ މިއަދުއެވެ.

ރައީސް އޮފީހުން ވިދާޅުވީ، ޙުސައިން ޝަރީފަކީ ބެޗެލަރ އޮފް ޝަރީޢާ އެންޑް ލޯ، އޮނާރސް އާއެކު ޙާޞިލުކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ. އަދި އޭނާ އަކީ ވޭތުވެދިޔަ 20 އަހަރު އަމިއްލަ ވިޔަފާރި ކުންފުނިތަކުގައި މެނޭޖަރ ފެންވަރުގެ މަޤާމުތައް އަދާކުރައްވާފައިވާ ބޭފުޅެއް ކަމަށްވެސް ވިދާޅުވިއެވެ.