އެމްޕީއެލްގެ ހުޅުމާލެ ޓާމިނަލްގެ ބެލުމުގެ ދަށުގައި ހުރި ދެ ކޮންޓައިނަރުގެ މުދާ ވަގަށް ބޭރުކުރުމުގައި ކުންފުނީގެ އިހުމާލެއް ނެތް ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެ ދެ ކޮންޓައިނަރަކީ ރާއްޖެއަށް ލަކުޑި އެތެރެކުރުމުގެ ނަމުގައި ގެނެވުނު ދެ ކޮންޓެއިނަރެކެވެ. އެ ކޮންޓައިނަރުގައި ހުރީ ކާރާއި ސައިކަލްތަކެކެވެ. ކަސްޓަމްސްއާއި ފުލުހުން ގުޅިގެން ހިންގުނު އޮޕަރޭޝަނުން މިހާތަނަށް 3 ކާރު، 2 ޕިކަޕް، 2 ވޭން އަދި 14 ސައިކަލު ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެވިފައެވެ.

އެމްޕީއެލް އިން މިރޭ ނެރުނު ބަޔާނެއްގައި ވިދާޅުވީ، މި ދެ ކޮންޓެއިނަރަކީ މުދަލާއެކު ކޮންޓެއިނަރ ހުރިގޮތަށް ކޮންސައިނީގެ ސައިޓަށް ގެންގޮސް ކޮންޓެއިނަރ އިން މުދާ ހުސްކުރާ ގޮތަށް ހަމަޖެހިފައިވާ ދެ ކޮންޓެއިނަރު ކަމަށެވެ.

"މި ކޮންޓެރިނަރުތައް ދޫކުރުމުގައި މި ކުންފުނިން އަމަލުކޮށްފައި ވަނީ، މި ކުންފުނިން މުދާ ދޫކުރުމުގައި ފުރިހަމަ ކުރަންޖެހޭ ހުރިހާ އިޖުރާއަތުތަކެއް ފުރިހަމަ ކުރުމަށް ފަހުއެވެ."، އެ ބަޔާނުގައި ވެއެވެ.

އަދި މިހާތަނަށް ބެލިބެލުމުން މި ކަމުގައި އެ ކުންފުނީގެ އެއްވެސް އިހުމާލެއް ނެތް ކަމަށް އެ ކުންފުނިން ބުންޏެވެ.

އަދި މި މައްސަލާގައި ތަހުގީގީ އިދާރާތަކަށް ދޭން ޖެހޭ އެއްބާރުލުން ދޭނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

ކާރާއި ސައިކަލުގެ އިތުރުން، ޕިކަޕާއި ދެ ވޭނެއް ހުރި އެ ތިން ކޮންޓެއިނަރު ހޯދާފައި ވަނީ ފުލުހުންނާއި ކަސްޓަމްސް އިން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހުޅުމާލޭގެ ގާކޮށި ސަރަހައްދުގައި ފޮރުވާފައި ހުއްޓާކަމަށް މައުލޫމާތު ލިބެއެވެ.

މި ވެހިކަލްތަކުގެ ސީއެންޑްއެފް އަގު 586،000 ރުފިޔާއަށް އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް ކަސްޓަމުން އިއްޔެ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    ބޯދަމައިގަތީ.
    "މި ކޮންޓެރިނަރުތައް ދޫކުރުމުގައި މި ކުންފުނިން އަމަލުކޮށްފައި ވަނީ، މި ކުންފުނިން މުދާ ދޫކުރުމުގައި ފުރިހަމަ ކުރަންޖެހޭ ހުރިހާ އިޖުރާއަތުތަކެއް ފުރިހަމަ ކުރުމަށް ފަހުއެވެ."

    ކޮންކަހަލަ ދެއުޅިއެއްނުވާ އިޖުތާތެއް އޮންނަ ތަނެއްތީ. ލަކުޑީގެ ބަދަލުގަ ވެހިކަލު ހުރިކަމެއް ނޭންގުނު. ތިވަރު ބަޔަކަށް، ލަކުޑި ކޮންޓޭނަރެކޭ ކިޔާ ޑޮކިއުމެންޓް ތަކެއް ހަދައިގެން ކޮންޓެއިނަރެއްގެ ޑްރަގުވެސް އެތެރެ ކޮށްލެވިދާނެތާ. ލަކުޑިއޭ ޖެހީމަ އެހެރީ ކޮންޓޭނަރު ހުސް ލަކުޑިއަށްވެފަ. ބަޔާނެއް ނެރެލީމަ މިވެރިކަމުގަ ކުށުން ސަލާމަތްވީ.

    15
  2. އަހްމަދު

    މިހާރުގެ ގޮތެއްނޭގެ. ކުރިން މުދާކޮންޓޭނާ ހުޅުވަނީ އެމްޕީއެލް މީހަކާ، ކަސްޓަމް މީހަކާ އަދު ފުލުސްމީހެއްގެ ހާޒިރުގައި.

  3. ދޮނާ

    ކުންފުނި އިހްމާލެއްނުވާނެ އެތާއުޅޭ މީހުން އިހްމާލްވާނީ ކުޑަ ފައިސާކޮޅަކައް

  4. ޖަހާންގީރު

    އާން ތީގަ އޮންނާނީ ޔާމީން ސަރުކާރުގެ އިހްމާލް !