ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން މިއަދު ވަކިކުރުމުން ދޭހަވެގެން މިދިޔައީ ފަނޑިޔާރަކަށް ހުށަހެޅޭ މަައްސަލައެއްގައި މީހެއްގެ ގިންތިއަކަށް، ފަންތިއަކަށް، މުޖުތަމަޢުގައި އެމީހެއްގެ ނުފޫޒު ހުރި މިންވަރަކަށް އަދި އެމީހެއްގެ ވިސްނުން ހުރި ގޮތަކަށް ބެލުމެއް ނެތި ގޮތް ނިންމުމަކީ އޭގެ ސަބަބުން އެފަނޑިޔާރަކު ކުރިމަތިލާން ބޭނުން ނުވާ އެތައް ކަމަކާއި ކުރިމަތިކުރުވާ ކަމެއް ކަން ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން މިއަދު ވަކިކުރި އަބްދުﷲ ދީދީ (ފަނޑިޔާރު ޑީޑީ) ވިދާޅުވެއްޖެއެވެ.

ޑީޑީ މިހެން ވިދާޅުވީ މަގާމުން ދުރުކުރުމުން މިރޭ ނެރުއްވި ބަޔާނެއްގައެވެ.

އޭނާގެ ބަޔާނުގައި މީހެއްގެ ގިންތިއަކަށް، ފަންތިއަކަށް، މުޖުތަމަޢުގައި އެމީހެއްގެ ނުފޫޒު ހުރި މިންވަރަކަށް އަދި އެމީހެއްގެ ވިސްނުން ހުރި ގޮތަކަށް ބެލުމެއް ނެތި ގޮތް ނިންމިކަމަށް އެއިޝާރާތް ކުރެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު 13 އަހަރަށް ޖަލަށް ލާން 2015 ވަނަ އަހަރު ކްރިމިނަލް ކޯޓުން އިއްވި ޙުކުމަށް ކަމަށް ބެލެވެއެވެ.

އަބްދުﷲ ގާޟީ ވަގަށް ނެގި މައްސަލައިގައި ނަޝީދު ޖަލަށް ލާން ޙުކުމް އިއްވި ޕެނަލްގައި ޑީޑީ އިންނެވިއެވެ. ޑީޑީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރަން މަސައްކަތް ކުރަނީ ނަޝީދު ޖަލަށް ލާން ޙުކުމް ކުރީތީ އެކަމުގެ ބަދަލު ހިފުމުގެ ގޮތުން ކަމަށް ޑީޑީގެ ވަކީލުން މީގެ ކުރިން ސުޕްރީމް ކޯޓުގައި ވެސް ވިދާޅުވެފައި ވެއެވެ.

ޑީޑީ ނެރުއްވި ބަޔާނުގައި ވިދާޅުވީ މިއަަދަކީ ކަޅު ދުވަހެއް ކަމަށެވެ. އެހެންނަމަވެސް ދިވެހިރާއްޖޭގެ މަސްރަހު އޮތް ގޮތުން މިފަދަ ދުވަހެއް އަތުވެދާނެކަމުގެ އިހުތިމާލު ނެތް ކަމުގައި ނުބެލެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އެންމެހައި ނުފޫޒުތަކުން އެއްކިބާވެގެން އުޅެވޭ ފަދަ ފަނޑިޔާރުގެއެއް ގާއިމްވެފައި އޮތުން މުހިއްމުވަނީ ވެސް މިފަދަ ނޭދެވޭ އަސަރުތަކުން ފަނޑިޔާރުން ހިމާޔަތް ކުރުމަށެވެ. ރައްޔިތުންނަށް އަދުލު އިންސާފު އޭގެ ޒާތުގައި ލިބިދިނުމަށެވެ. ކުލައަކަށް ނަސްލަކަށް، ބާރުވެރިކަމަކަށް ބެލުމެއް ނެތި އަނިޔާއިން މީހުުން ހިމާޔަތްކޮށްދީ ޙައްޤުތައް އޭގެ ޙައްޤުވެރިންނަށް ލިބިދިނުމަށެވެ." ބަޔާނުގައި ޑީޑީ ވިދާޅުވެފައިވެއެވެ.

ޑީޑީ މިރޭ ވެސް ތަކުރާރުކޮށް ވިދާޅުވީ އޭނާ އަކީ އެއްވެސް އިރެއްގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެއްވެސް މީހަކަށް ވެސް އަދި އަމިއްލަ ނަފްސަށް ވެސް ނުހައްޤު އެއްވެސް މަންފާއެއް ހޯދުމަށް މަސައްކަތް ކުރި މީހެއް ނޫން ކަމަށެވެ.

"އަޅުގަނޑުގެ ދުޢާއަކީ މިދިވެހިރާއްޖޭގައި ޙައްޤަށް ނަސްރުދޭ އަމަލު އިންސާފަށް މަގުފަހިކޮށްދޭ ވެއްޓެއް ގާއިމްވެފައި އޮތުމެވެ." ޑީޑީގެ ބަޔާން ނިންމާލަމުން ވިދާޅުވިއެވެ.

ޑީޑީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރުމުގެ މައްސަލަ ޖޭއެސްސީ އިން މަޖިލީހަށް ފޮނުވިތާ 24 ގަޑިއިރު ނުވަނީސް މަޖިލީހުން ވަނީ ޑީޑީގެ މައްސަލަ ޖުޑީޝަލް ކޮމެޓީއަށް ފޮނުވާ، އެކޮމެޓީން އެމައްސަލަ ދިރާސާކޮށް، އަނބުރާ މަޖިލީހަށް ފޮނުވާ، މަޖިލީހުން އެކަމަށް ބަހުސްކޮށް، ޑީޑީ މަގާމުން ދުރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. Anonymous

    އެއް ކޮރަޕްޓް ފަޑިޔާރު ބޭރުކޮށް އެއަށްވުރެ ބޮޑަށް ކޮރަޕްޓްވެފައިވާ ދެފަޑިޔާރުން އައްޔަން މިކުރަނީ. ވަރަށް ތާހިރު

    44
    8
  2. ހުން އަންނާނެ

    އެއް ކޮރަޕްޓް ފަޑިޔާރު ބޭރުކޮށް އެއަށްވުރެ ބޮޑަށް ކޮރަޕްޓްވެފައިވާ ދެފަޑިޔާރުން އައްޔަން މިކުރަނީ. ވަރަށް ތާހިރު

    25
    6
  3. Anonymous

    ވަރަށް އަސަރުން ފުރިގެންވާ ބަޔާނެއް، ޑީޑީއަށް ނުޙައްގުން އަނިޔާއެއް ދެވިފައިވާނަމަ، ދެދުނިޔެއިން އެބަޔަކަށް ހައްޤު ޝަޒާ ލިބޭނެ ކަމީ ޝައްކެއްވެސް އޮތްކަމެއްނުން، އަޅުގަނޑުގެ ދުޢާ އަކީ ޑީޑީއަށް އަދަށްވުރެ ފާގަތި މުސްތަޤުބަލެއް މާތްﷲ މިންވަރުކުރެއްވުން.

    46
    9
  4. މުދައްރިސް

    ޑީޑީ ވަކިކުރީ ޑީޑީ ފޮނުވިކަމަށް ބުނާ މެސެޖްތަކެއްގެ ސަބަބުންނެވެ.. ޑީޑީގެ 777 ގެ ނަންބަރުން ކުރާ މެސެޖްތަކެއްގެ ގޮތުގައި ޑީޑީއަށް އެނގުމަކާ ނުލައި އަޅުގަނޑުގެ މިފޯނުން ސަސްޕެކްޓް 1 އަށް މެސެޖް ކުރެވިދާނެކަން ތަހުޤީޤު ކޮމެޓީއަށް ނޭނގުމަކީ ހިތާމަ ހުރިކަމެއް..

    30
    12
    • ހިނިގެޅެނީ

      މަގޭ ނަންބަރުވެސް ފެށެނީ 777 އިން. މިވެސް ޑީޑީގެ ނަންބަރެއްބާ! 777 ގެ ހުރިހާ ނަންބަރެއް ނިސްބަތްވަނީ ޑީޑީއަށް؟ ނާ ތެދެއް؟

      18
      3
  5. 1111

    ކުށްކުރިމީހަކު ބުނާނެތަ ކުށްކުރީ ތިމާއޭ! މިއީ އިންސާނުންންގެ އާދަ. އިންސާނާ އަކީ ކުށް ކުރެވޭނެ އެއްޗެއް. ކަލޭމެންނަށް އިންސާން-ވަންތަކަންވެސް ޤަބޫލުނުކުރެވޭދޯ! ދުވަހަކުވެސް މިއިން މީހަކަށް ކުށް ކުރެވޭކަމަށްވޭތަ؟ ނުވަތަ ކުށެއް ކުރި ކަމަކަށް ވެތަ؟
    އަދިވެސް ތިކަހަލަ އެތައްބަޔަކު އެބަތިބި ވަކިކުރަން ޖެހޭ! އެއްވެސް އަދަބެއް އަޚްލާޤެއް ގޮތެއް ފޮތެއް ސުލޫކެއް ނެތް އެތައްބަޔަކު އެބައުޅޭ ތި ޤާޒީންގެ ތެރޭގަވެސް އަދި ވަކީލުންގެ ތެރޭގަވެސް. ކިރިޔާވެސް ޝައްކެއްވާ މީހަކަށް އެފަދަ މަޤާމްތަކުގަ ނުތިބެވޭނެ. އެއީ އަދުލްވެރިކަން ޔަޤީން ކުރުމަށްޓަކާ. އަދި ޢަދުލުގެ ނިޒާމުގެ ކަރާމަތާއި އިތުބާރު ދެމެހެއްޓުމަށްޓަކާ

    14
    24
    • ލަދުހަޔާތް

      ފަނޑިޔާރުކަމަށް އެންމެ އެކަށީގެންވަނީ އެމީހެއްގެ ދަރި ޑްރަގު ކައިގެން އުޅެނިކޮށް އަތުލައިގަންނަ ފުލުހުންނަަށް ރިޝްވަތު ދީފަ ހުރި މީހަކު. އެއީ ނަޒާހަތްތެރިކަމުގެ ލާމަސީލު މިސާލު. އެވަރެއް ނުހުންނާނެ.

      15
      4
  6. އުގޫފާރު މީހާ

    ސާބަހޭ މަގޭ ފަޑިޔާރު.

    28
    6
  7. ހައުސްކޯޓް

    އެކޮއެ މިހާރު މުހިއްމެއްނޫން ތީ މާޒީ. ދެން އިތުރައްބަލަންއޮތީ ކަލޭ ހިންގާފަހުރި ޖަރީމާތައް

    12
    22
  8. ބަފާބޭ

    ރިޝްވަތުކާގެން 13 އަހަރަށް ހުކުމްކުރީ..

    9
    20
    • ދޮގެއް؟

      ޓެރަރިސްޓަކަށް 13 އަހަރަށް ހުކުމްކުރީ ރިޝްވަތު ކައިގެން ކަމަށްވާނީ. އެހެންނޫންނަމަ ކުރީހީ 15 އަހަރަށް.

      15
      5
  9. ކެޕްޓަން ޑީޑީ

    ޢަބްދުﷲދީދީ ފަނޑިޔާރުކަމުން ދުރުކުރީ، ޚިޔާނާތުގެ ކަޅުފައިސާގައި ހިފާފައިވާކަން ސާބިތުވެ،ޢަދުލު އިންސާފުޤާއިމު ކުރުމަށް ކަނޑައެޅިގެން ހުރަސްއަޅާ، ވަކިމީހަކުލިޔެފައި ދިނުމުން އެލިޔުމުގައި ވާގޮތަށް، ވަކިފަރާތަކަށްބުރަވެ، ނާއިންސާފުން މީހުންގެ މައްޗަށް ހުކުމް ކުރަމުންދާކަން ދިވެހި ރައްޔިތުންނަށް އެނގި ހާމަވުމުން، އެފަދަ ނާޤާބިލު މީހަކު ރާއްޖޭގެ އެންމެމަތީ ކޯޓުގެފަނޑިޔާރެއްގެގޮތުގައިބައިންދަން ދިވެހި ރައްޔިތުން ނެއެދޭތީ.!

    13
    23
    • ބޮޑުވަގުބާޣީޓެރަރިސްޓު

      ތިއިން ކަމެއް ސާބިތެއް ނުވޭ. ދިވެހި ރައްޔިތުން ތިވާހަކަ ގަބޫލެއްވެސް ނުކުރޭ. ތީ ޓެރަރިސްޓަކަށް ހުކުމް ކުރީތީ ލާދީނީން ރުޅިއައިސްގެން ފަތުރާ ވާކައެއް. ތިވާހަކަ ދައްކާ މީހުނަށް އަދި މާރަނގަޅަށް އެނގޭ ތިމާމެން މިހަދަނީ ދޮގުކަން. މިހާރު ތިތިބީ ދޮގު ހަދަންކަމަށް ފާސްކޮށް ހުވާވެސް ކޮށްގެނެއްނު. ތިތިބީވާ ޔޙޫދީންނަށް ގޮން ޖަހާލައިގެން.

      17
      4
  10. ބަލުޅ

    ކަނޑައެޅިގެން އަނިޔާ މިދިނީ ޑީޑީއަށް. ފަނޑިޔާރު ވަގަށް ނެގި ކަލޭގެ އަށް އަދި ތިއަދަބަށް އަންނަންޖެހޭތަން ބަލާނަން އަދި ސާލާ ފިލި މައްސަލަވެސް އޮތީ. އަދި އެހެން ދުވަހެއްވެސް އެބައޮތްކަން ދަންނާތޮ. އަބަދަކު އެއް ދިޔަވަރެއް ނޯންނާނެ. އަދުލުވެރިވޭ

    25
    3
  11. ހަތަރުކަށިމަތި މާލޭ ކުޑަކުޑަހަސަނާ

    ހަވާފަޓާސްބަރިއެއްހެން ތިކަން ނިންލީ ނިކަން އުފަލުން ދޯ؟ ތިއަށް ކިޔަނީ މަހާނަމައްޗަށް މަޑިއަށް ޖެހުން. ޝަރިއަތަކާ ކުރިމަތިލާން ޖެހިއްޖެއްޔާ ތިބެނީ ގަޔަށް ރެވިފަ. ދިފާއުގަ ބަހެއް ބުނެލަން ކީއްކުރަން ކޯޓަށް ދާންވެސް ނުކެރި ތަންތަނަށް ވަދެ ތިބެނީ ފިލާފަ. ނޫނީ ކޯޓުކުރިމައްޗަށް ވެއްޓި ހަތަރެސްފައި ބުޅިކޮށް އަނގައިން ފޮނުއަރުވަން ފަށާ. ތުރުތުރުއަޅާ ހާލު ހަނު ތިބެނީ. މިވަރު މީހުން ބާރެއް ލިބުނީމަ އަނިޔާވެރިވުން މީ މަހާނަމައްޗަށް މަޑިއަށް ޖެހުން ނޫން ކޮންކަމެއް؟

    13
    3
  12. މަޒް

    މިހާރު ރޯނެކަމެއް ނެތް،، އަދި އޮތީ ދައުވާކުރުން

    8
    7
  13. ޕޮގުބާ

    ދައުލަތު ވަޒީރުންނާ ރަށްޔިތުންގެ މަޖިލީހުގެ މެންބަރުންނާ ސަރުކާރުގެ އިސްމަގާމް ތަކުގަތިބި ބޭބޭފުޅުންގެ. މަސްލަހަތުހުންނަ މައްސަލަތަށް ސުޕްރީމް ކޯޓަށްވަނީމަ އަހަރުމެން ބަލާނަން އަދުލުއިންސާފަކީ އޮންނައެއްޗެއްތޯ

  14. ދޮނާ

    މަގާމުންވަކިކުރީ ފައިސާޔައްމައްސަލަނިންމާތީ ބ ތ ޔ

  15. ޢާއިޝަތު

    ޑީޑީއަށް ނުޙައްގުން އަނިޔާއެއް ދެވޭނަމަ، ދެދުނިޔެއިން އެބަޔަކަށް ހައްޤު ޝަޒާ ލިބޭނެ ކަމީ ޝައްކެއްވެސް އޮތްކަމެއްނުން، އަޅުގަނޑުގެ ދުޢާ އަކީ ޑީޑީއަށް އަދަށްވުރެ ފާގަތި މުސްތަޤުބަލެއް މާތްﷲ މިންވަރުކުރެއްވުން.

  16. ހުސޭނު

    މީސްމީހުންނަށް ނުހައްގުން ދޭއަނިޔާ ގެ ރަހަ މިސަރުކާރަށް ވަރަށް ހިތިކޮން ދައްކަވާށި..އާމީން

  17. ދިރާސާ

    ޑީޑީއަށް މަރުހަބާ މިހެންމިބުނީ އަދުލުއިންސާފުން ކަންކަންކުރުމުގައި މީހެއްގެގިންތިއަކަށް
    ފަންތިއަކަށް މުޖުތަމައުގައި އެމީހެެއްގެ ނުފޫޒްހުރިމިންވަރަކަށް އަދި އެމީހެއްގެވިސްނުންހުރި
    ގޮތަށްބެލުމެއްނެތި ގޮތްނިންމުމަކީ އިންސާފުވެރިގޮތް މިހެންކަންތައްކުރެއްވުން ޑީޑީ މަޤާމުން
    ވަކިކުރުމަކީ އަދުލުއިންސާފަށް ގޮންޖެހުމެއް 13 އަހަރުގެ ހުކުމްކުރެއްވީ އެކުމްއައިފަރާތަށް
    ޝައްކުވާތީއެއްނޫން އަދި ހީއަަކަށްވެސްނޫން ގާޒީއަކު ވަގަށްނެގުން އެއީ ފާޅުކަން
    ބޮޑުގޮތެއްގައި ކުރައްވާފައިވާކުށެއް މިކުށުގެ އަދަބުކަނޑައެޅުމުގެޕެނަލްގައި ދީދީ އިންނެވުމުން
    މަގާމުން ވަކިކުރެއްވުން އެއީ ބަދަލުހިފުމެއްކަމުގައިބެލުމުގެ ފުރުސަތުވަރަށްބޮޑު ދީދީ ދަންނަވަންތޯ ވިދާޅުވެލެއްވިގޮތަށް ފަނޑިިޔާރުކަން ކުރެއްވުންއެއީ ވަރަށްމާތްގޮތެއް މިފަދަފަނޑިޔާރުން ބޭނުންވަނީ ނަމަވެސް މިއަދު މިފެންނަނީ އިންސާފުން

  18. ނަޖްވާ

    މި ކަހަލަ މުހާމީ ކޯސް ހަދައިގެން ފަނޑިޔާރު ކަމަށް އައިސްތިބޭ މީހުން ވަކި ކުރަންވިތަ ކިތަންމެ ދުވަހެއް!