ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވައްޓާލި ދުވަހާއި، އަދި އޭގެ ފަހުން ހިނގި ކަންތައްތައް ދެން ތަކުރާރުވިޔަ ނުދިނުމަށް އަޅާފައި ހުރި ފިޔަވަޅުތަކާއި ބެހޭ ގޮތުން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އާއި ސުވާލު ކުރުން މާދަމާގެ މަޖިލިސް ޖަލްސާ އަށް ވެސް ތާވަލް ކޮށްފިއެވެ.

އިމްރާނާއި ސުވާލު ކުރަން ހުށަހަޅާފައި ވަނީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރެވެ. މިހަފްތާގެ އާދީއްތަ ދުވަހު ވެސް އިމްރާނާއި ސުވާލު ކުރުން ތާވަލް ކުރިއެވެ. ނަމަވެސް އެދުވަހު އިމްރާން އާލާސްކަންފުޅާއި އުޅުއްވާތީ ޖަލްސާ އަށް ވަޑައިނުގެންނެވުމުން ސުވާލު ކުރެއްވުން ފަސް ކުރީއެވެ.

ޖާބިރު މާދަމާ ކުރައްވާ ސުވާލަކީ 6 ފެބުރުވަރީ 2012 ވަނަ ދުވަހުގެ ރޭގައި، ޣައިރު ޤާނޫނީ އަމުރުކުރާކަމަށް ބުނެ ފުލުހުންގެ ވެރިންނަށް ކިޔަމަންނުވި ފުލުހުންތަކެއްގެ މައްސަލަ ޙައްލުނުވެ، 7 ފެބުރުވަރީ 2012 ވަނަ ދުވަހު ހިނގައިދިޔަ ހަމަނުޖެހުންތަކުގެ ސަބަބުން އޭރުގެ ރައީސުލްޖުމްހޫރިއްޔާ ވަނީ އިސްޢުފާ ދެއްވާފައެވެ. އަދި 8 ފެބްރުވަރީ 2012 ވަނަ ދުވަހު ރައްޔިތުންތަކެއް ނުކުމެ މާލެ އާއި ބައެއް ރަށްރަށުގެ ފުލުސް ސްޓޭޝަންތަކާއި ވެހިކަލްތަކާއި ކޯޓުތަކުގައި ވަނީ ހުޅުޖަހާފައެވެ. ފުލުހުންގެ ތެރޭގައި މިފަދަ ކަމެއް އިތުރަށް ތަކުރާރުވިޔަ ނުދިނުމަށް ގެނެވިފައިވާ ބަދަލުތަކަކީ ކޮބައިތޯއާއި ފުލުހުންގެ ޢިމާރާތްތަކުގެ ސަލާމަތަށް އަޅާފައިވާ ފިޔަވަޅުތަކަކީ ކޮބައިތޯ އެވެ.

މާދަމާ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް ވެސް އިމްރާނާއި ސުވާލެއް ކުރައްވާނެއެވެ. އޭނާ ކުރައްވާނެ ސުވާލަކީ މަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އަށް މަޢާފު ނުދެވޭނެ ބޮޑެތި ކުށްވެރިންގެ ތެރެއިން ކުށްވެރިން، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާއި ދިމާކޮށް ދޫކޮށްފައިވާ ކަމުގެ ވާހަކަދެކެވޭ ކަމަށާއި 1 ޑިސެންބަރު 2018 ވަނަ ދުވަހުން ފެށިގެން 20 ޖޫން 2019 ވަނަ ދުވަހާއި ހަމައަށް، ޖަލުހުކުމުގެ މުއްދަތުން ބައެއް އުނިކުރުމުގެ ސަބަބުން ކަމަށްވިޔަސް، ޤާނޫނުގެ 5 ވަނަ މާއްދ ގައި ބަޔާންކުރި ބޮޑެތި ކިތައް ކުށްވެރިން މިނިވަންކޮށްފައިވޭތޯއެވެ. އެއީ ބޮޑެތި ކުށްތަކުގެ ތެރެއިން ކޮން ކުށްތަކެއްގެ ކުށްވެރިންތޯއެވެ. އަދި ދެންނެވި މުއްދަތުގައި އެފަދަ ކިތައް ކުށްވެރިންގެ ޙުކުމުގެ މުއްދަތުން ބައެއް އުނިކުރުމަށްފަހު ތިޔަ މިނިސްޓްރީއަށް އަންގާފައިވޭތޯއެވެ.

މިއީ އިމްރާން ހޯމް މިނިސްޓަރު ކަމާއި ހަވާލުވި ފަހުން މަޖިލީހަށް ހާޒިރުކުރާ ދެވަނަ ފަހަރެވެ. ފުރަތަމަ އޭނާ ހާޒިރުކުރީ ނޮވެމްބަރ 03 ގެ ހަމަލާ ރޭވުމުގައި އިސްކޮށް ހުރި ހ.ހާޖަރާގޭ އަބްދުﷲ ލުތުފީ އަށް ލަންކާ އެމްބަސީގައި އެންމެ މަތީ އިއްޒަތް ދީގެން ގެންގުޅުނު މައްސަލައިގައެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ޝާހް، ރ.ވާދޫ

    ތިޔަކަލޭގެ ހާޒިރެއް ނުވާނެ. ކޮންމެސް ބަހަނާއެއް ދައްކާނެ. އެއްވެސް ޒިންމާއެއްނުނަގާ ދައުލަތުން ބަރާބަރަށް މުސާރަނަގާ ބޭކާރު ބޮލެއްތީ.

    16
    2
    • ވ

      ޝޭޙް އިމްރާން ކިހާ ކަންތަކެއް ކޮށްދެއްވިތަ މި ވެރިކަން ގެންނަވަން. މޭ 1 ގެ މުޒާހަރާ

      10
  2. Anonymous

    ތިބޭބެގެ ދުވަސްވެސް ތިދިޔައީ، މިހާރު މިގައުމުގެ އުއްތަމަ ފަނޑިޔާރަކީ ކެނެރީގެ ނަޝީދު، އޭނަގެ ވިސްނުމުގަ މިހިރީ ބަދަލުހިފުމުގެ ރޫޙު.

    23
    1
  3. ޟޜ

    ނަޝީދުގެ ވެރިކަން ވެއްޓުނުގޮތް އިންގޭނީ ހަމަ އެކަނި އެބޭފުޅާއައް

    24
    1
    • Anonymous

      ނަޝީދުއާ ކޮށްލަން އެބައޮތް ސުވާލެއް. އެދުވަހު، އެމްއެންޑީ އެފް ދޮރުމަތީގަ ބޮޑެތި އަސްތަކެއް އޮއްވަ ފެނުނޭ ބުނިކަމަށް މީހުން ކިޔާ. އެއީ ތެދެއްތަ؟

  4. ޞަކޭ

    ތީހަމަ ތިކަލޭގެ އިމްރާނަށް ލޮޓިދޭން ހިންގާ ޖަރީމާ

    21
  5. ހަތަރުކަށިމަތި

    ސުވާލެއް ނުކުރާނެ. އޭނަ ނުދާނެ. ނުކެރޭނެ ދާކަށް. މައިބަދަ ބުނީ އޭނަ އުޅެނީ ތުރާލެއްގައޭ.

    9
    2
  6. އަބްދުއްލާ

    ނަޝީދުގެ ވެރިކަން ވައްޓާލި ދުވަހާއި ގުޅޭގޮތުން އިމްރާނާއި މާދަމާ ސުވާލު ކުރާނެ

    2 ގަޑިއިރު ކުރިން ( އޮގަސްޓް 28, 2019 )

    الحمد لله والشكر لله ތިއޮތީ ބޯންއުޅުނު ބޮނޑި ބޮއިފަ ލައްކަ ދުވަހު ދޮގު ހަދައިގެން އުޅެެވިއްޖެތާ؟ ފޭހުނު އިލޮށިގަނޑު ލޮލަށް.

    4
    5
    • ރަނާ

      ޥެރިކަން ވައްޓާލީތަ މަހީ ކުރީ އިސްތިްުފާ ދިނީ ކަމަށް ހިނދުކޮޅުގަ ހުރެ ގެން

      17
  7. އެޖެންޑާ

    ތިޔަބުނާ ނަސީދާގެ ވެރިކަމެއް މީހަކު ވައްޓައެއް ނުލާ އެކަލޭގެ ހަމަހޭގަހުރެ ރާއްޖޭގެ މީޑިޔާތައް ކުރިމަތީގަ އިސްތިއުފާދިނީ ހެވިފަހުރެ މިގައުމު ނުހިންގިގެން ވަރައްސާފު........؟؟

    15
  8. ލާމު

    ކައްވަޅު ކޮނެގެން މުހައްމަދު އަމީންއާއި ނާސިރު ތިޔަ މަޖުލިހަށް ޙާޟިރު ނުކުރާނެބާ.

  9. މުބީނު މާރނީ

    އިބޫ ބޮލަށް ޗިޕް ޖަހައިގެން މިހާރު އުޅެނީ. މައުމޫނު ފޮނުވަނީ ޗިޕް ޖަހަން. ބާގީ ގާސިމް ވެސް އުޅެނީ އިބޫ ބޮލަށް ޗިޕް ޖަހަން. އަދި މިހާ ތަނަށް އިބޫގެ ބޮލަށް ޖެހި ހުރިހާ ޗިޕެއް ވެސް ވަނީ އިބޫގެ ބޮލަށް ވަދެފައި. ސަލާމަތް ވާން އެނޫން ގޮތެއް ނެތި ގޮތް ހުސްވީ. ދެރަކަމަކީ އިބޫ އަށް އެކަން ރޭކާނުލާ ޗިޕް ތައް ބަލައިގަންނާތީ.

    4
    1
  10. މޫސާ މަނިކު

    އިމްރާނު ރަގަޅަށް ކައިރިކޮށް އަށްމުށު ލުމަށްފަހު ތިޔަ ކުރައްވަނީ ތިކަން އެންމެ ރަގަޅަށް، ތިޔައީ ނަޝީދުއަކީ ލާދީނީ މީހެކޭ ކިޔާފައި ފޮތް ނެރުނު ބޮޑު މީހާ، މިޙާރު ނަޝީދު ވަރެއް ނެތް. ތިޔަ ހަދަނީ ރަގަޅަށް، ދީނުގެ ނަމުގައި ތިޔައީ މީހުން ވާ ވައްދާ ތިމާގެ އަމިއްލަ ފާއިދާއަށް މަސައްކަތް ކުރާ ސޭކެއް

  11. ބޮޑުނާކޮޅު

    އިމްރޯން ވެއްޖެއެއްނު ތިބައިގަނޑާ ދުރުވާން އެސޮރު ޓޯޗާކޮށް ފުރައްސާރަ ކުރާއިރު އެސޮރު އެހެރީ މަގާމުގެ ބޭނުމުގައި ގަދަކަމުން ހީލައިގެން އަމިއްލަ ކަރާމާތައި އިއްޒަތް ތިހާ ދަށު ދަރަޖަ އަކަށް ވަށްޓާނުލާ ހެޔޮނުވަނެ

  12. Anonymous

    މި ސަރުކާރު އައިސުރެ ކުރާ ކަމަކީ، އަދި އާ މަޖްލިހުން ރައްޔިތުންނަށް ފައިދާހުރި އެއްކަމެއް ނުކޮށް ތިބެގެން ކުރާހާވެސް ކަމަކީ، ނަޝީދުގެ ބަދަލު ހިފުމުގައި އެހީތެރިވެދެނީ. ނަޝީދު ޝަރީޢަތް ކުރި އެންމެން ވަކިކުރުން، ނަޝީދު އިސްތިއުފާދިން ދިވަހު އެ އޮފީޙުގަތިބި އެންމެން ވަކިކުރުން. އެދުވަހު ސަލާމަތީ ބާރުތަކުގައި ތިބި އެންމެން ވަކިކުރުން. މިއީ ދެން ކޮންފަދަ ބޮޑު މުސީބާތެއް. ތި ނަޝީދަކާ ހުރެ ފޮރުއްޕާކަށް ނެތް މިހާރު.

  13. އެމް ޑީޕީ

    ރާއްޖޭގައި މަރުގެ ޙުކުމް ތަންފީޒުކުރުމާބެހޭގޮތުން އެކަލޭގެއާއި ސުވާލުކުރަންފެނޭ!