50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް މެދު ތެރޭގެ އަތޮޅުތަކަށް ރީނދޫ އިންޒާރު ނެރެފިއެވެ.
މެޓް އޮފީހުން ރީނދޫ އިންޒާރު ނެރެފައި ވަނީ ބ އަތޮޅުން ފެށިގެން ވ އަތޮޅާ ހަމައަށެވެ.
އެ އިންޒާރުގައި ބުނެފައި ވަނީ، މި ސަދަހަައްދަށް ބޯކޮށް ވާރޭ ވެހެމާއެކު، ގުގުރާނެ ކަމަށެވެ. އަދި ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެ ކަމަށެވެ.
އެ އިންޒާރުގެ މުއްދަތު ހަމަވާނީ މިރޭ 4:30 އަށެވެ.
ރީނދޫ އިންޒާރަކީ މޫސުން ގޯސްވުމުގެ ސަބަބުން ކުރިމަތިވެދާނެ ކާރިސާއަކަށް ކަމާބެހޭ ފަރާތްތަކާއި އާއްމު ރައްޔިތުން ސަމާލުވެ ތިބުމަށްޓަކާ ނެރޭ އިންޒާރެކެވެ. މި އިންޒާރު ނެރޭ ވަގުތުތަކުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވާ، ކަނޑުދަތުރު ފަތުރު ނުކުރުމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރެއެވެ.
އަޅެ. ވިއްސާރަ ވެހި ވެހި މާލޭގަ ފެންބޮޑުވީމަ އެލާރޓް ނުނެރުނަސް އަހަރެމެންނަށް އޯކޭ. ތިގޮތަށް އެލާރޓްނެރެން އަހަރެމެންނަށްވެސް އިނގޭ.
މާތްﷲ ކޯފާ އަންނާނީ އެކި ސަފަސިފައިގަ ފާޅުގަ ﷲހުކުމްފުޅުތަކަށްގޮންޖަހާސަރުކާރެތްމީ