މާލޭގެ ގެއެއްގެ ބެލްކަނީގެ ބައެއް މިރޭ ދުވާރު މައްޗަށް ވެއްޓިއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ވެއްޓިފައިވަނީ ފަރީދީ މަގު ޑީ ބްލޫ މެރިން ފިހާރަ ހުންނަ އިމާރާތުގެ ބެލްކަންޏެއްގެ ބައެކެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުންވި ކަމެއް އަދި ސާފެއް ނުވެއެވެ.

ފުލުހުން ވިދާޅުވީ މާލެ ގެއެއްގެ ބެލްކަނި ވެއްޓުނު ތޯ މާއުލޫމާތު ސާފުކުރުމަަށް ފަހު ދެއްވާނެ ކަމަށެވެ. ނަމަވެސް ގަޑިއިރެއް ވީއިރު ވެސް ފުލުހުންގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.

މާލެގެ ގެއެއްގެ ބެލްކަނީ ވެއްޓުނު އިރު މާލެއަށް ދަނީ ބޯކޮށް ވާރޭ ވެހެމުންނެވެ. އަދި މާލޭގައި ފެންބޮޑުވެފައިވާތީ ސިފައިން ދަނީ ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ.

މީގެ އިތުރުން ކަރަންޓް ކެނޑި މާލޭގެ ބޮޑު ބައެއް އޮތީ ކަނު އަދިރީގައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ރާއްޖެ

    މާލޭ ސިޓީ ކައުންސިލްގެ ޝިފާ ކައިރީ ބުނެބަލަ ފެންވަރާ ތާހިރު ވެގެން މި ކަންކަން ބަލާށޭ. މުސާރަ ކައިގެން ގޭގަ އޮވެފަ ޓްވީޓެއް ކޮއްލީމަ ޒިންމާ އަދާވީއެއް ނޫން. އަދިވެސް މިމީހުންނަށް ވޯޓް ދޭނެ ދިވެހިން.

    50
    1
  2. ސޮނިފުހޭ

    އިބޫ ސަރުކާރުގައި ހާދަހާ ބެލްކަނިވެއްޓެއޭ ދިރާސާއެއްކުރަންވެއްޖެއެއްނު.

    46
    2
    • ާއަހުމަދު

      ކޮމެޓީއެއް ހަދަންވީ ތިކަން ބަލަން

      37
      2
    • ސަޓޯ

      ބެލްކަނި ކޮމިޓީ ހަދަން އިބުރޭއަށް ގޮވާލަން

      44
      1
    • ޝިފާ

      ތިޔަބެލްކަނީ ވެއްޓުނީ މިދިޔަ ސަރުކާރުގެ ސަބަބުން. މިދިޔަ ސަރުކާރުން ތިތަންބަލާ މޮނީޓަރކުރިނަމަ ތިހެނެއްނުވީސް.

      8
      11
  3. ސަޓޯ

    ވެރިކަންވެސް ވެއްޓޭނެ...

    38
    3
  4. ހުސޭނު

    ހާލަތު އޮފް ގްރޭޓާރމާލެ ....

    12
  5. ޢަހްމަދު

    މިއިިި ހަމަ ބައެއްނުން ފެކް ހަބަރު

    1
    5
  6. Anonymous

    މާލެސިޓީ މޭޔަރް އިންސާނުން ކުނިފަދަ ތަކެތިކަމައް ދެކުމަކީ ވެރިއެއްގެ މަގާމްއައް ކުފޫހަމަ ނުވާކަން ނޫނީތައުލީމީފެންވަރުދައަކަން ނޫނީބަލިކަން މީގެކުރިން ތިފަދަބަސްތައްބޭނުން ކުރަމުންދަނިކޮއް މަގާމުގެއްލުނީ ދެންވެސް ތިކަޅު ކުނިވެފަހުރި ޑަސްބިންތައް މާލޭގެ ދޮންވެފަ ވެއްޓެންކާރިވެފަހުރި އިމާރާއްތަކުގެ ކާރީބަހައްޓާ ތިމާގެންގުޅޭ ޑަސްބިން ކުނިވެ ވަސްދުވާނަމަ ރައްޔިތުން އެޑަސްބިނަކައް އުކާނީ ކަރުގޮހަރު ކޮތަޅުތައް އޭރުން މާވަސްނުބާއިވާނެ ރީތި އެތެރާި ބޭރުސާފު ޑަސްބިނަކައް ވެއްޖެނަމަ ސިޓިންރޫމުގަ ވެސްބެހެއްޓޭނީ ބަޔަކައް ޓީވީއިން ބަލަންވެސް

    12
    • މޮޔައެނޮނިމަސް

      އައްދައުލާގަ ކިހިނެއް ބާ މިކަން އޮތީ

      2
      3
  7. ދަންސޫރަ

    ސަރުކާރުގެ ބޯގަޅިކަން

    11
  8. ސައްދާމް

    ރައްޔިތުންނަށް ޝިފާ ވާނެފަދަ ޝިފާއެއް ލެއްވިނަމަދޯ މާލެސިޓީ ކައުންސިލަށް.

    13
  9. ފަޒުނާ

    ދެން ފެންނާނީ އިބޫ ވެއްޓޭތަން