މޫސުން ގޯސްވެ ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ރާއްޖޭގެ ދެކުނު އަތޮޅުތަކަށް ހުދު ސަމާލު ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވަނީ ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މިއަދު ހެނދުނު 9:00 އާއި ހަމައަށް ހުދު ސަމާލު ނެރެފައެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ ދެކުނު އަތޮޅު ތަކަށް ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވެއެވެ.

ރާއްޖެއަށް މޫސުން ގޯސްވެފައިވާއިރު މޫސުމާއި ބެހޭ އިދާރާއިން ވަނީ ހެނދުނު 6:45 އާއި ހަމަޔަށް ހއ އިން ތ އަތޮޅަށް ހުދު ސަމާލު ނެރެފައެވެ. އަދި އޭގެ ފަހުން ރޭ ދަންވަރު ވަނީ 6 އަތޮޅަކަށް ރީދޫ ސަމާލު ވެސް ނެރެފައެވެ.