ރީޖަނަލް އެލަޔަންސް ފޯ ފޮސްޓަރިން ޔޫތު، ރަފީ އެންޖީއޯގެ ފަރާތުން ކުރިއަށްގެންދާ ގްލޯބަލް ޔޫތު ޕީސް އެމްބަސިޑާސް 2019 ރޭ ފަށައިފިއެވެ.

މި މަހު 28 އިން 31 ކުރިއަށްދާ މި ޕްރްގުރާމް ފެށުމުގެ ރަސްމިޔާތު އޮތީ ގައުމީ ޔުނިވާސީގެ ހޯލްގައެވެ.

ގްލޯބަލް ޔޫތް ޕީސް އެމްބެސެޑާސް ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖްސް: މުހައްމަދު ހައްޔާން

ރަފީ އެންޖީއޯގެ ފައުންޑާ އަދި ރައީސާ، ޑރ. އައިޝަތު ރަފިއްޔާ ވިދާޅުވީ މިޕްރޮގްރާމަކީ ރާއްޖޭގައި ބޭއްވޭ މިފަދަ ފުރަތަމަ ބައިނަލްއަގްވާމީ ހަރަކާތަށް ވާއިރު، މިފަދަ ހަރަކާތެއް ބޭއްވުމަށް ރަފީ އެންޖީއޯ އަށް ކުރެއްވި އިތުބާރު އިހުލާސްތެރިކަމާއެކު ބަލައިގަންނަކަމަށެވެ.

ގްލޯބަލް ޔޫތް ޕީސް އެމްބެސެޑާސް ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖްސް: މުހައްމަދު ހައްޔާން

މި ޕްރޮގްރާމްގައި 25 ގައުމަކުން 150 ޒުވާނުން ބައިވެރިވުމަށް ހަމަޖެހިފައިވާކަމަށް ރަފީ އެންޖީއޯ އިން މައުލޫމާތު ދެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ޝަރަފުވެރިކޮށްދެއްވުމަށް ހަމަޖައްސާފައިވާ މި ޕްރޮގްރާމް ޕްރޮގްރާމަކީ ސުލްހަވެރިކަން (ޕީސް) އަށް މަސައްކަތް ކުރާ އެމްބެސެޑަރުން ތަމްރީނު ކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

ގްލޯބަލް ޔޫތް ޕީސް އެމްބެސެޑާސް ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖްސް: މުހައްމަދު ހައްޔާން

މި ޕްރޮގްރާމްގެ ތެރެއިން ތަމްރީނުވާ ހުރިހާ ޒުވާނުން ވެގެންދާނީ އެޒުވާނެއްގެ ގައުމުގައި ޕީސްއަށް މަސައްކަތް ކުރާ ޕީސް އެމްބެސަޑަރަކަށް ކަމަށް ރަފީ އެންޖީއޯ އިން މައުލޫމާތު ދެއެވެ. މި ޕްރޮގްރާމްގައި ހަ ގައުމަކުން ތަޖުރިބާކާރު ލެކްޗަރާއިން ބައިވެރިވާނެ ކަމަށް ރަފީ އެންޖީއޯ އިން މައުލޫމާތު ދެއެވެ.