ރާއްޖޭގެ ބޮޑު ސަރަހައްދަކަށް 50 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ރީނދޫ ސަމާލު (ޔެލޯ އެލާޓް) ނެރެފިއެވެ.
ރީނދޫ ސަމާލު ނެރެފައި ވަނީ ހއ.އަތޮޅުން ފެށިގެން އދ.އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށާއި ގއ.އަތޮޅާއި އައްޑޫ ސިޓީ އާއި ދެމެދުގެ ސަރަހައްދުތަކަށެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށްވެސް ލަފާކުރެވެއެވެ.
ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން އަދި އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 50 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެން ވެއެވެ،
ރާއްޖޭގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެއެވެ.
އަދި ދިޔަވަރު ބޮޑުވާގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވެއެވެ.
ކިހިނެއްތަ މިމީހުނަށް މިއިގެނީ މިވަރު, ހާދަމޮޅޭ، ރީދޫ ކުދިން އަސްލުގަވެސް ތެޅި ބާލަނީ އެހެންވެ އަނެއްކާވެސް މިއޮތީ ސަމާލުވުމަށް.
ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުވެސް މިހާރު މިއޮތީ ރީނދޫ ސަމާލުގައި. ދޭތެރެ ދޭތެރެއިން އިސްލާމްދީނާ ޚިލާފުކަންކަން ފަތުރަން އަތުކުރި އޮޅާލާފައި.