މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ ފަރާތުން ނަރުދަމާ ނިޒާމްތައް ހިންގާ ބެލެހެއްޓުމުގެ މަސައްކަތްކުރާ ފަރާތްތަކަށް އަމާޒުކުކުރެވިގެން ތަމްރީން ޕްރޮގުރާމެއް ހިންގައިދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފިއެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން ވިދާޅުވީ މި ތަމްރީން ޕްރޮގުރާމުގެ މަޤުސަދަކީ ޔުޓިލިޓީ ކުންފުނިތަކުގެ ދަށުން ނަރުދަމާ ނިޒާމްތައް ހިންގާ ބެލެހެއްޓުމުގެ މަސައްކަތްކުރާ މުވައްޒަފުންގެ ހުނަރާއި ޤާބިލްކަން އިތުރުކުރުމެވެ.
މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ކޮންސަލްޓަންޓުންނަށް "އެކްސްޕްރެޝަން އޮފް އިންޓަރަސްޓް" ހުށަހެޅުމުގެ ދަޢުވަތު އެންވަޔަރަންމަންޓް މިނިސްޓްރީއިން ވަނީ ހުޅުވާލާފައެވެ. މިކަމަށް ޝަޢުޤުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށް ދިނުމުގެ މައުލޫމާތު (ބްރޯޝަރ، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ކުންފުނީގެ ފަރާތުން ޕްރޮޖެކްޓްގައި ބައިވެރިވާ ފަޜާތްތަކުގެ ޢަދަދައި ލިބިފައިވާ ތަޢުލީމީ ފެންވަރު އަދި އެހެނިހެން މަޢުލޫމާތު) ހުށަހަޅަން ޖެހޭނެއެވެ.
މި މަސައްކަތަށް ކޮންސަލްޓަންޓުން ހޮވުމުގައި ޢަމަލު ކުރެވޭނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން ނެރުއްވާފައިވާ މާލިއްޔަތު ޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.
މި މަސައްކަތުގެ "ރެކުއެސްޓް ފޯ ޕްރޮޕޯސަލް" މިނިސްޓްރީގެ ވެބްސައިޓު އަދި ގެޒެޓް އިިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މި ކަމާއި ގުޅޭ ގޮތުން އިތުރު މަޢުލޫމާތު އޮޅުންފިލުވަން ބޭނުން ވެއްޖެނަމަ [email protected] އަށް މެއިލްކޮށް ނުވަތަ މިނިސްޓްރީ އަށް ލިޔުމުން ހުށަހެޅުމަށް އެންވަޔަރަންމަންޓް މިނިސްޓްރީން އެދެއެވެ.
ބީލަން ހުޅުވުން އޮންނާނީ ޝައުޤުވެރިވާ ފާރަތްތަކުގެ ހާޒިރުގައި 11 ސެޕްޓެމްބަރ ގައެވެ.
ރާއްޖޭގެ ގިނަ ރަށްތަކެއްގައި ނަރުދަމާ އަޅާފައި ވާއިރު ބައެއް ރަށްރަށުގައި ނަރުދަމާތައް އެކަށީގެންވާ ގޮތެއްގައި ނުބެހެލެހެއްޓި ގިނަ މައްސަލަތަކެއް ވަނީ ދިމާވެފައެވެ.
ތިކަންވާނީ ރަށްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އެހެންބަޔަކު ތިކަންކުރިޔަސް މަޖިލީހުގެ މެންބަރުން ކޮންމެގޮތަކުންވެސް ތިކަންހިގާގޮތް ބަލަންޖެހޭނެ އެންމެ އައުލާކަންބޮޑުވާނީ ކުރުކޮށްބުނާނަމަ މުޅިގައުގެ ހުރިހާކަމެއް ބަލަހައްޓަން ރަށްޔިތުންގެ މަޖިލީހާ ހަވާލު ކުރީޔަ
ރަށްޔިތުންގެ މަޖިލީސް މެންބަރުންނާ ތިކަން ހަވާލުކުރެ މުޅިގައުގަ ހިގާހުރިހާކަމެއް އެމީހުންބަލަން ޖެހޭނެ
މިސަރުކާރަށް ނަރުދެމޭނީ ނަރުދަމާ އަޅައެއްނުދެވޭނެ.