ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު، އުޅުއްވާތަނެއް ފުލުހުންނަށް ބެލޭނެ ފަދަ ޓެގެއް އެޅުވުމަށް ފަހު، ރޭ ގޭ ބަންދަށް ބަދަލުކޮށްފި އެވެ.

އަދީބު ޖަލުގައި ބަންދުކޮށްފައި ހުރީ މާބިންހުރާގެ މައްސަލައިގައި ސުޕްރީމް ކޯޓުން ކުރިއަށް ގެންދާ ޝަރީޢަތް ނިމެންދެނެވެ.

އަދީބު ގޭބަންދަށް ބަދަލުކޮށްފައި މިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ދެކޮޅަށް ކްރިމިނަލް ކޯޓުގައި ހެކިބަސް ދީފައިވަނިކޮށެވެ. ޔާމީނާއި ދެކޮޅަށް ހެކިބަސް ދިނުމުގެ ކުރިން އަދީބަށް އައިޖީއެމްއެޗްގައި ފަރުވާ ދީފައެވެ.

އަދީބު ގޭބަންދަށް ބަދަލުކުރިކަން ކަރެކްޝަނަލް ސާވިސް އިން ކަށަވަރުކޮށްދިން ނަމަވެސް އަދީބު ގޭބަންދަށް ބަދަލު ކުރި ސަބަބެއް ކަރެކްޝަނަލް ސާވިސް އިން ހާމައެއް ނުކުރެއެވެ.

އަދީބާއި އެކު މިހާރު ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން އަދީބުގެ މައްޗަށް ބައެއް މައްސަލަތަކުގައި ދައުވާ ނުކުރަން ވަނީ ނިންމާފައެވެ. އަދި ދައުވާ ކުރާ މައްސަލަތަކުގައި ވެސް ކުށުގެ ބާވަތް ލުއި ކޮށްދިނުމަށް ވަނީ އެއްބަސްވެފައެވެ. ބަދަލުގައި އެމްއެމްޕީއާރްސީ މައްސަލައިގައި ފުލުހުން ކުރާ ތަޙްޤީޤަށް އަދީބު އެއްބާރުލުން ދެމުން ގެންދާނެ ކަމަށް އަދީބުގެ ވަކީލުން ވަނީ ވިދާޅުވެފައެވެ.

އަދީބަކީ އެމްއެމްޕީއާރްސީގެ ޚިޔާނާތް ހިންގުމުގައި އެންމެ އިސްކޮށް ހުރި ފަރާތް ކަމަށް ތުހުމަތު ކުރެވެއެވެ. ނަމަވެސް އަދީބު ސަލާމަތް ކުރުމަށް ފަހު އެހެން ބަޔަކު "ފައްތާލަން" ސަރުކާރުން މަސައްކަތް ކުރަނީ އަދީބު ސަރުކާރުގައި ތިއްބެވި ގިނަ ބަޔަކަށް ވެސް ފައިސާ ދީފައި ވާތީ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ދޮންބެ

  އަދީބު ދަތުރު ކުރައްވަމުން އެގެންދެވީ ތަގުލައިފަކުން، ޓަގުލައިފަކުން، ޓެގުލައިފަކަށް.

  11
 2. ޞިރާޠު

  ދޮގުހެކިދިނުމުން ދެވޭ އިނާމުތައް ތިޔަ ދެވެން ފެށީ! ވަގުތީ ދުނިޔޭގައި ދޮގުހަދައި އޮޅުވާލައިގެން ވަގުތީ އަރާމާ އުފާ ލިބިގަތެއްކަމަކު މާތްﷲގެ ޙަޟުރަތުގައި ދައްކާނޭ ހުއްޖަތެއް ބަލައިގެން ހުންނާތި!

  12
 3. އަހު

  ބަލަ ކުރީ ސަރުކާރުން މީހުންގެ ފައިގާ ޓެގުއެޅުވީމާ އިންސާނިއްޔާތާ ޚިލާފު ކަމެކޭ ގޮވި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ މީހުން ކޮބައިތަ .... މިސަރުކާރުންވެސް އެންމެ ފަހުން މިޖެހުނީ ޓެގް އަޅުވަން ދޯ އުމަރު ނަސީރު ގަދަ އޭ ބުނާނީ އެހެން ވެގެން ރާއްޖެ އަށް އެކަން ތައާރަފު ކޮށްދިނީތީ ދެން އިނގިދާނެ ވާގޮތެއް.

  25
  1
 4. ހަނދާންވަނީ

  ޔާމީނުފައިގަ އަޅުވަނީކޮންއިރަކުންމާ؟

  1
  29
  • ާާާޢަލީ

   ކަލޭބުނީމަ..ހެހެހެހެހެހެހެ ޖަވާބު ލިބިއްޖެއްނު

   12
   1
 5. ސައްދާމް

  ދިރިތިބީންނަށް ހުރި އެއްކެއް ކަމުގައި މެނުވީ ނުވެއެވެ.

 6. އަހްމަދު

  ފިޝަރީޒުން ފާހަގަ ޖަހާފާ ބޮޑުކަންނެއްޔެއް ދޫކޮށްލައިފި.

  10
 7. ސީނު

  ކުކުޅެއްތަ؟

  8
  1
 8. ދަންސޫރަ

  އުމަރު ނަސީރަށް މަލާމަތް ކުރި މީހުންނަށް އެކަންޖެހުނުލެއް ލަސްތަ؟

 9. ދެން ރައްކާވާނީ...

  ދެން ރައްކާވާނީ ތި ޓެގް، އަދީބުގެ ފްރެންޑެއްގެ ފައިގަ އަޅުވާފަ އެވެ. އޭރުން ފުލުހުންނަށް ހީވާނީ އަދީބު އެބައުޅޭ ކަމަށެވެ. ހޯދުމަށް ތެޅިގަންނާނީ އަދީބު ދާތަނަކަށް ގޮސް ހަމަޖެހޭ ހިސާބުންނެވެ.