ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވި ދުވަސް ކަމަށްވާ 2012 ވަނަ އަހަރުގެ ފެބްރުއަރީ 07 ވަނަ ދުވަހުގެ ވާހަކަ ދެން
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި 07 ފެބްރުއަރީގެ ވާހަކަ އިތުރަށް ދައްކަން ވެއްޖެނަމަ އަޅުގަނޑުމެންގެ ގައުމުގައި ހަމަނުޖެހުމާއި، ހަލަބޮލިކަމާއި، މަސްލަހަތު ގެއްލުން ފިޔަވައި އިތުރު އެއްވެސް ކަމެއް ނުވާނެ. މިމަޖިލިސް ތެރޭގައި އެބަތިއްބެވި އެދުވަހު އެކި ކޮޅުކޮޅުގައި ތިއްބެވި ބޭފުޅުން. މިބޭފުޅުންގެ ތެރޭގައި އުފެދިފައިވާ، ގާއިމް ވެފައިވާ، އެކުވެރިކަމާއި، މަސްލަހަތާއި އެއްބާރުލުން ގެއްލިގެން ނުދާނެ ގޮތައް ގައުމުގެ ކަންކަން ބައްޓަން ކުރުމަކީ އަޅުގަނޑުމެން އެންމެންގެ މަސްއޫލިއްޔަތެއް." އިމްރާން ވިދާޅުވިއެވެ.
މިއަދުގެ ޖަލްސާގައި ސަރުކާރާއި އިދިކޮޅު މެންބަރުން 07 ފެބްރުއަރީ އާއި ބެހޭ ގޮތުން ކުރި ގިނަ ސުވާލުތަކަށް ޖަވާބު ދެއްވަން އިމްރާން ވަނީ ދެކޮޅު ހައްދަވާފައެވެ.
ފެބްރުއަރީ 07 ގައި ދިމާވި ފަދަ ކަމެއް ދެން އިތުރަށް ތަކުރާރުވިޔަ ނުދިނުމަށް ކުރެވިފައިވާ ކަންތައްތައް ސާފުކުރަން މިއަދު ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ސުވާލު ކުރުމުން އިމްރާން ވިދާޅުވީ ފުލުހުންނަކީ ހިތްހެޔޮ އޯގާތެރިބަޔަކަށް ހެދުމަށާއި ޒަމާނީ ފެންވަރުގެ ޚިދުމަތެއްގެ ގޮތުގައި ފުލުހުންގެ ޚިދުމަތް ތަރައްޤީކޮށް އިންސާނީ ޙައްޤުތަކަށް އިޙްތިރާމް ކުރާ ބަޔަކަށް ހަދަން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
"ފަސް އަހަރުގެ ސްޓެޓަޖިކް ޕްލޭނެއް ތައްޔާރުކޮށް އެކްޝަން ޕްލޭން ފައިނަލް ކުރުމުގެ މަސައްކަތް ދަނީ ކުރަމުން. މިއަދު ވެސް ފުލުހުންގެ ކޮމިޝަނަރު އިނގިރޭސިވިލާތައް މުހިއްމު ދަތުރުފުޅެއް އެބަކުރައްވާ. ފުލުހުންގެ މުއައްސަސާ އަކީ ޤާނޫނީ ސަރުކާރު ނަގަހައްޓާނެ މުއައްސަސާގެ އެއްގެ ގޮތުގައި ދެމެހެއްޓޭނެ. ފުލުހުންގެ ތަމްރީނާއި ޓްރޭނިންތައް މިދަނީ ވަރަށް ރަނގަޅަށް މިހާރު ބައްޓަން ކުރެވެމުން." އިމްރާން ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ ބަސްނޭހުމާއި ނުކިޔަމަންތެރިވުމަކީ އިންސާނީ ޠަބީޢަތުގައި ހުންނަ ސިފައެއް ކަމަށާއި އެކަން ބަދަލު ކުރަން ފުލުހުންގެ ތަމްރީންތަކަށް ހާއްސަ އިސްކަމެއް ދެއްވަމުން ގެންދަވާ ކަމަށެވެ.
ވަރައްބޮޑު ތެދުފުޅެއް އެކަމަކު 7 ފެބްރުއަރީގެ ވާހަކަ ދެއްކީމާ ލަދުފުޅު ގަންނަވާނީ ޔައުނީ އަހަރެން ތިބޭފުޅާ ޕެޕާރސްޕްރޭގައި ޖެހި މަގުމައްޗައް ވެއްޓި ރޯންއޮއްވާ ނަގައިނަގެނެން ގެންގޮސް ކިންބިގަސްދޮށުގެއަށް ވެއްދީ. ހުރިހާ ކަމެއްކުރީ އަހަރުމެން ހުރިހާ ފޮންޏެއް ބޯލީ ކަލޭމެން.
އިމްރާން ވިދާޅުވީ ބަސްނޭހުމާއި ނުކިޔަމަންތެރިވުމަކީ އިންސާނީ ޠަބީޢަތުގައި ހުންނަ ސިފައެއް ކަމަށާއި" ސުވާލަކީ އިންސާނީ ތަބީއަތުގަ ހުންނަ ކަންކަން ޓުރެއިނިން އިން ބަދަލު ކުރެވޭނެތޯ
މި މީހާ ކާޓޫނަކަށްވީ ކޮންއިރަކު؟
މިނިސްޓަރުކަން ލިބުމުން!
އާނ އެހެންޏަ މަސްލަހަތު ގެއްލިދާނެ ކަމެއް ކޮށް ބަހެއްވެސް ބުނި މީހެއް ނޫންވިއްޔަ. ލަދުހަޔާތް އަރުއްވައިގެންފަ.
ޝޭޙް އިމްރާން އެމްޑީޕީ އާ އަދިވެސް ގުޅިވަޑައިގަންނަވާތި! އެމްޑީޕީ ގޮތް އިގޭނެ މިފަހަރު! 7 ފެބްރުއަރީ އޭ ކިޔާފަ އެމްޑީޕީން އަތް ދިއްކުރާ އެންމެން ހެން މިތިބީ އެމްޑީޕީ އާ އެމްޑީޕީ ގެ އެކުވެރި/ކޯލިޝަން ޕާޓީތަކުގަ! އެމްޑީޕީ އާ ގުޅުމަކީ ހެއްލުމެތް، ހެއްލުމަކީ ގެއްލުމެތް!
އިމުރާނަކީ މުނާފިގެއް ބާ
އިނބުލީސް ރާއްޖެއާކާރި ނުވާކަމައްވަނީ ރާއްޖޭގަ ގިނަރައްޔަތުން ތިމަންމަނިކުފާނައްވުރެ މޮޅުކަމައްވަނީ ދިވެހިރާއްޖެއާ ކާރިވާންބިރުން ށައިތާނާ ފިލާފި.. މިއިންދޭހަވަނީ ރަނގަޅު މީހަކު އަތުވާނީ ވަރައްވަރުންނޭ ހުސްފެޅަކާ ދަންނަބޭކަލުންނޭ ރާއްޖޭގަ ގިނަދީނީ އިލްމުވެރިންނަކީ ސިޔާސީ އެކުޓިވިސްޓުން
ފުލުހުން ތަމްރީން މަރުކަޒު ނަމުގަ އިންޑިޔާ އަށް މިލިޓަރީ ބޭހެއް އައްޑޫގަ ހަދަމުންދަނީ އިމްރާނަށް ނޭގިތަ. ވަޒީފާގެ ދަހިވެތިކަމުގަ ޤައުމާއި ރައްޔަތުން އަޅުވެތި ކުރަމުންތިދަނީ ރައްޔަތުންފައިސާއިން މުސާރަނަގާގެން. އެއީ ހަލާލު ހުއްދަފައިސާތަ؟ ޤައުމު އަޅުވެތިކޮށްފަ ރައްޔަތުންގެ ފައިސާއިން މުސާރަނެވީމަ؟
އެބޭފުޅާ ދުހަކު ތެދެއް ހަދާފާނެބާ މިހާރު ވެސް ސަރުކާރުން ދީފަ ހުރި އެ ތިކޮޅުން އެތިކޮޅެއް އުނިކޮއްލާ އިރަށް އަނެއް 7 ފެބްރުއަރީ ފެށުނީ
އޭގެމާނައަކީ ވައްޓާލިމީހުން ތިބީ މިސަރުކާރުގެ ބޮޑުންގެ ގޮތުގައޭ..ދެން މިނޫން ކޮންވާހަކައެއް ތިޔަބުނެވެނީ.
7 ފެބްރުއަރީގެ ވާހަކަ ދެއްކީމަތޯ މަސްލަހަތު ގެއްލެނީ އިމްރާން އިސްކޮށްހުންނަވައިގެން
ދައްކަވަފައިވާ ވާހަކަތަކުންނާ ކުރައްވާފައިވާ ކަންތަކުން މަސްލަހަތު ނުގެއްލޭތޯ ހަނދުމަފުޅު
އެބަހުރިތޯ މޭޑޭގެ ދުވަސްމަތިން އެދުވަހު ހިގިކަންތަކުން ޖަލަށްލެވުނު ފަރާތެއް ނިޔާވެފައިވެސް
އެބަހުރި މިދުވަހު މަސްލަހަތު ނުގެއްލޭތޯ އެހެންވީމަ ބައެއްފަރާތަކުން ޝޭޚުންނަށް ސޭކުންކިޔަނީ
މިތިބީ މިޤަވްމުގައި އުފެދުނު ދައްޖާލުން.
އިންސާނީ ތޮބީއަތުގައި ހުން ސިފައެއް ތިބާ އަށް ބަދަލު ކުރެވޭނެބާ؟
މިކަލޭގެ އެއިރު މަގުމަތީގަ ދެކޮޅައް އެދުވުނީ މިކަލޭގެ ބޭނުންވާކަހަލަވަޒީފާއެއް ސަރުކާރުން ނުދީގެންދޯ އަމިއްލައެދުމުންފޯވެފަހުރި މުނާފިޤްއެއް