މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މަރުވާނާ ރާއްޖޭގައި ހުއްދަ ކުރުމާއި ބެހޭ ގޮތުން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އާއި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މިއަދުގެ މަޖިލިސް ޖަލްސާގައި ސުވާލުކޮށްފިއެވެ.
އެސުވާލުގެ ޖަވާބުގައި މިނިސްޓަރ އިމްރާން ވިދާޅުވީ އިސްލާމްދީނުގައި ޙަރާމް ކުރައްވާފައިވާ އެއްވެސް ކަމެއް ރާއްޖޭގައި ހުއްދަ ނުކުރެވޭނެ ކަމަށެވެ.
"އިސްލާމްދީނުގައި ޙަރާމް ކުރައްވާފައިވާ އެއްވެސް ކަމެއް ހުއްދައެއް ނުކުރެވޭނެ. ރާއްޖޭގައި ހުއްދަ ކުރެވޭނެ އެއްޗެއްސާއި ހުއްދަ ނުކުރެވޭނެ އެއްޗެހި ނިންމާނީ ރައްޔިތުންގެ މަޖިލީހުން. މަސްތުވާތަކެތީގެ ވަބާ އިން ރާއްޖެ ސަލާމަތް ކުރުމަށް ކުރަން ޖެހޭ ކަންކަން ރައްޔިތުންގެ މަޖިލީހުން ނިންމާ، އެކަންކަން ކަމާބެހޭ ފަރާތްތަކަށް އަންގަވާނެ ކަމަށް އަޅުގަނޑު އުއްމީދު ކުރަނީ." އިމްރާން ވިދާޅުވިއެވެ.
މަރުވާނާ ރާއްޖޭގައި ހުއްދަ ކުރުމާއި ބެހޭ ގޮތުން ޖާބިރު މިއަދު މަޖިލިސް ޖަލްސާގައި އިމްރާނާއި ސުވާލު ކޮށްފައި ވާއިރު ރާއްޖޭގައި ކެސީނޯ ހެދުމުގެ ހުއްދަ ދިނުމަށް ގޮވާލާ ޖާބިރު މީގެ ކުރިން މަޖިލީހަށް ޤަރާރެއް ވެސް ހުށަހެޅިއެވެ. ނަމަވެސް އެ ޤަރާރު ވަނީ މަޖިލީހުން ބޭރުކޮށްލާފައެވެ.
ސިއްހީ ބޭނުންތަކަށް ކަމަށް ބުނެ ދުނިޔޭގެ ބައެއް ގައުމުތަކުގައި މަރުވާނާ ހުއްދަ ކޮށްފައިވެއެވެ. ނަމަވެސް އިސްލާމީ އެއްވެސް ގައުމެއްގައި އަދި މިހާތަނަށް ސިއްހީ ބޭނުމަކަށް ވެސް ނުވަތަ އެނޫން ބޭނުމަކަށް ވެސް މަރުވާނާ ހުއްދަ ކޮށްފައެއް ނުވެއެވެ.
މަރުވާނާ ހުއްދަ ކޮށްފައިވާ ގައުމުތަކުގެ ތެރޭގައި ގިނައިން ހިމެނެނީ އެމެރިކާ ބައްރުގެ ގައުމުތަކާއި، ޔޫރަޕްގެ ގައުމުތަކެވެ.
އަހަރެން ތާއިދު މަރުޖުވާނާ އެތރެކުރަން
ލާދީނީ މީހުން ބޭނުންވާނެ
މަރުޖުއާނާވެސް ، ރާ ވެސް ރާއްޖެ އެތެރެކުރާކަށެއް އަހަރެން ތާއީދެއް ނުކުރަން. ސިއްރާއި ފާޅުގައި ތިޔަ އެއްޗެތި އެތެރެކުރަން ފެށިފަހުން ރާއްޖޭގެ ހަމަޖެހުން ގެއްލިގެން މިއުޅެނީ.
ފާޑު ފާޑުގެ އެއްޗެތި ހުއްދަކުރަން ނޫޅޭ ލޮލީ ޖާބިރު އިނގޭ!! ކަލޭ ތި ބޯ އެއްޗެއް ބޯލައިގެން ހުރޭ ދުނިޔެ ރަންވެފަ. އެހެން މީހުނަށް ދުއްތުރާ ކުރަން ނޫޅޭ.! ހުއްދަ ކުރިޔަސް ނުކުރިޔަސް ބޯމީހުން ބޯނެ އެއްޗެއް އެއޮށް ބޮއެ ނަގަނީއެއްނު..!!
މިސުވާލު ކުރިއިރު ޖާބިރު ހޭބުއްދި ފިލާފަ ހުރިކަމަށްވަނީ.
ތިވެސް ހުއްދަވާނެ އިމްރާން ޕާޓީ ކުދިން ބުނާނެ ގުރުއާނަކު ނެތޭ ހަރާން އެއްޗެކޭ
ހުއްދަ ތިކުރަނީނު. ފަނޑިޔާރުންނައް ލާދީނީ އަންހުން އިސްކުރުން އެއީ ހުއްދަ ކަމަކީތާ. ރަލާ އޫރުމަސް ވިއްކުންވެސް އެއީ ހުއްދަ ކަމަކީތާ؟؟؟.... ﷲ ސުބުހާނަހޫ ވަތަޢާލާގެ ޝަރިއްޔާ ދޫކޮއްލާފައި ވަޞުއީ ގާނޫނުތައް ހަދައި ލާދީނީ ކަންކަން މެކުހައް ޖަހައި އެތީޒަމް މިގައުމުގައި ފަތުރާ އިރު ޖަހާލަތު ޕާޓީގެ ރައީސްއައްވެގެން ހުރުން ކަލޭގެ ކަމަކީ ދުނިޔޭގެ މަދު ލާރިކޮޅާކައް ދީނާއި އީމާންކަން ވިއްކާލީ
އެއީ އިހްތިލާފީ މައްސަލައެއް.. އިހްތިލާފީ މައްސަލައެއްގަ އެއްބަޔަކު އަނެއްބަޔަކު ކާފަރުކޮށް ނުހެދޭނެ
އެއީ އިހްތިލާފީ މައްސަލައެއް ނޫން. އެއީ އިހްތިލާފީ މައްސަލައެއްނަމަ ހަމައެކަނި ޝަހާދަތްކިޔާލާ ދުވަހަކުވެސް ނަމާދުނުކުރާ މީހުންވެސް (ނަމާދަށް އިންކާރުކުރިޔަސް) ކާފިރުނުވާނެ.
އިމުރާނޫ މަޖިލީހުން ހުއްދަކުރިޔަސް އިސްލާމްދީން ހުއްދަނުކުރާ އެއްޗެއް ވާނީ ހަރާން އެއްޗަކައް
މަޖިލީހަކަށް ހުއްދައެއް ނުކުރެވޭނެ ޝަރީއަތުގަ މަނާކަމެއް.. އެވާހަކަ ދޯ އެންމެ ކުރިން ބުނެފަ އެއޮތީ.. މީހަކު ބުނާ އެއްޗެއްގެ އެއްބައިގަ ހިފައިދެން ދަމަންޏާ ތިޔަކަހަލަ ގޮތަކަށް ލިޔެވޭނި
ކީއްކުރަން އިމްރާނާއި ސުވާލު ކުރަންވީ؟؟ ހުއްދަ ކުރަން ބޭނުންނަމަ ހުއްދަ ކުރަންވީއެއްނުން. އަންހެން ފަޑިޔާރުން ހުއްދަކުރިގޮތަށް. މިގޮތަށް ފާޅުގައި ދީނުން ބޭރުވުންވެސް ހުއްދަކޮށްލާ. އެހެން ދީންތަކަށް އަޅުކަން ކުރުންވެސް ހުއްދަކޮށްލާ. އާންމު ތަންތާގައި ފާޅުކަންބޮޑުގޮތެއްގައި ޒިނޭކުރުންވެސް ރާބުއިންވެސް ހުއްދަކޮށްލާ. އެއްޖިންސުގެ ކައިވެނިވެސް ހުއްދަކޮށް ޖިންސު ބަދަލުކުރުންވެސް ހުއްދަކޮށްލާ!
މަޖިލިހަކުން ހުއްދަކުރެވޭނެ އެއްވެސްއެއްޗެއްނޯންނާނެ އިސްލާމްދީނުގަ އޮންނާނެ ހުއްދަކުރެވޭނެ އެއްޗެއްސާއި ނުކުރެވޭނެ އެއްޗިހި (ކަލޯއިމްރާން)
ޖާބިރޫ ކައެ 100 އަނބިން ހުއްދަ ތޯ މީހަކު ކައިރީ އަނެއްކާ ނާހާތި
މީ ކެނެރީގޭ ބޮނބި މަކުނު ނަޝީދު ބުނެގެން މި ހަޔާތްކެނޑި ކިޔާއެއްޗެހި! މާ މަޖާވެގެން ރައްޔިތުން މީނާގެ ޖޯކުތަކުގައި ޖައްސާ އެތަކެތި މިރާއްޖޭގައި ތަޢާރަފް ކުރަން އެއުޅެނީ! ރައްޔިތުން ތިބި ގޮތް ބަލަން! ފުރަތަމަ ކޮޅު ތިޔަހެންދާނީ.. ދެން ފެންނާނީ ގާނޫނަކުން...
ރިޔާސަތުގައި އިންނަ މީހާ އަށް ސުވާލު ނުކުރެވޭތި އޭނާ ބުނެގެން ޖާބިރު ކުރާ ސުވާލު އެއީ ބަލަ ކަލޭމެންނަކަށް ނޭގޭތަ.... ފުރަތަމަ ސުރުހީ އެ އަޅާލީ ... ދެން ހުއްދަ ކުރާނީ އަންހެނުން ފަޑިޔާރު ކަންކުރުމާއި ގުޅޭ ބަހުސް ކުރަމުން ގޮސް އެންމެ ފަހުން އެކަންވެސް ހުއްދަކުރި އިމްރާނުގެ ވާހަކައިގައި ނުސީދާ ކޮށް އެބުނީ އެއްނު މަޖިލީހުން ހުއްދަ ކޮށްފިއްޔާ ކުރެވިދާނެއޭ ތިޔަ ބޭފުޅުން އެކަން ނިންމަވާ ދެއްވަވާށޭ.....
ލާދީނީ ކިޔާތީ ބަޔަކު ކަންބޮޑުވޭ އެމީހުންގެ އެޖެންޑާ ނުހިންގޭތީ. ބަލަ ކަމެއްވެގެނޭ ލާދީނީ ގޮވަނީ. މިއަދު ރައްޔިތުންނަށް ފަހުމް ވާނެ ލާދީނީ މީހުން ވެރިންގެ ގޮތުގައި ނުގެންނަންވީ ކީއްވެގެންކަން. މިކަން ނުހުއްޓޭނެ އަދި މިއަށްވުރެ ގޯސްވާނެ މިފަދަ މީހުންނަށް ފުރުސަތު ދެންޏާ.
ލާދީނީ އިމްރާން
ކާށިދޫ މީހުން ހޮވި ބޭފުޅާ! މީގެން އެނގެނީ ކާށިދޫ މީހުންގެ ޗިޕު މަދުކަން!
ދުނިޔެއިންލިބޭ މަދުއެތިކޮޅަކައް އާޚިރަތްވިއްކާލި ޝޭޚް ތިވިދާޅުވީ މަރުވާނާހުއްދަކުރާނީ މަޖްލިހުންނޭތޯ ތިމަންނަ އުއްމީދުކުރަމޭތޯ މަޖްލިހުން އެކަންނިންމާނެކަމައް ކޮބަތަލަދު
މަޖިލީހަކީ ހަރާމް ހަލާލު ކަނޑައަޅާތަނެއްތަ