ވ.އަތޮޅު ފެލިދުއަށް މިއަދު ހެނދުނު ނަގޫރޯޅިއެއް އަރާ ބައެއް ގެތަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

އެރަށުން "ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުނީ ނަގޫރޯޅީގެ ސަބަބުން އެއް ގޭގެ ފުރާޅު އެއްލާލާ، އިތުރު ގެއެއްގެ ފާރެއް ވެއްޓިފައިވާ ކަމަށެވެ. އަދި އިތުރު ގެއެއްގެ ބަދިގޭގެ ފުރާޅު އެއްލާލާ، އެގޭގައި ހުރި ޑިޝްއެންޓަނާއެއް ވަނީ ވެއްޓިފައެވެ. މީގެ އިތުރުން ރަށުގެ ބައެއް ގަސްތައް ވެސް ވަނީ ނަގޫރޯޅީގެ ސަބަބުން ވެއްޓިފައެވެ.

"މިއަދު 09:15 ހާއިރު އެރި ރޯޅީގެ ސަބަބުން ތިން ގެއަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައި." ފެލިދޫން ވާހަކަދެއްކި މީހަކު ބުންޏެވެ.

ފެލިދޫ އިން ވާހަކަދެއްކި މީހާ ބުނީ ގެއްލުން ލިބުނު ގެތައް ސާފު ކުރުމުގެ މަސައްކަތް މިހާރު ރަށުގެ ރައްޔިތުން ކުރަމުންދާ ކަމަށާއި، ނަގޫރޯޅީގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ތަފްސީލް މިހާރު ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރަށް ދީފައި ވާނެ ކަމަށެވެ.

ނަގޫރޯޅީގެ ސަބަބުން ގެއްލުން ލިބުނު ގެއެއް – ވަގުތު އިމޭޖްސް
ނަގޫރޯޅީގެ ސަބަބުން ގެއްލުން ލިބުނު ގެއެއް – ވަގުތު އިމޭޖްސް

ފެލިދުއަށް މިވަގުތު ވައި މަޑުކޮށް އޮތް ނަމަވެސް އެރަށަށް މޫސުން ގޯސް ކަމަށް ފެލިދޫން މައުލޫމާތު ދެއެވެ.

އިއްޔެ އިން ފެށިގެން ރާއްޖޭގެ އެކި ހިސާބުތަކަށް އަންނަނީ ވިއްސާރަ ކުރަމުންނެވެ.

މިއަދާއި މިރޭ ވެސް މޫސުން ގޯސްވެ ބައެއް ސަރަހައްދުތަކަށް 50 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއ ިން ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން ހުރިހާ ފަރާތްތަކަކުން ވެސް މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިންނާއި، ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ވަނީ އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މައްނާޅި

    ވޮލީ ކުޅެއުޅޭ ބަޔަކު ތިޔަ ރަށަށް އެރިފަހުން ހުސް ބަދު ނަސީބު ކަންތައް ލައިގެން އުޅެނީ.

    5
    15