ފަނޑިޔާރުން ވަކިކުރުމުގައި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އާއި ރައްޔިތުންގެ މަޖިލީހުން އަމަލުކުރަނީ ޑިއު ޕްރޮސެސްގެ އުސޫލާއި ހިލާފަށް ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު މވިދާޅުވެއްޖެ އެވެ.
ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފަނޑިޔާރުން ވަކިކުރުމުގައި ޖޭއެސްސީއިންނާއި މަޖިލީހުން އަމަލު ކުރަނީ ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން ނޫން ކަމަށާއި އެ ކަމުގެ ސަބަބުން ޑިއު ޕްރޮސެސްގެ އުސޫލު ވެސް ގެއްލިފައިވާ ކަމަށެވެ.
"ފަނޑިޔާރުން ވަކިކުރުމުގައި ޖޭއެސްސީ އާއި މަޖިލީހުން އަމަލުކުރާ ގޮތުން ޑިއު ޕްރޮސެސް ގެއްލިއްޖެ. ޤާނޫނުއަސާސީގައިވާ ގޮތާ ހިލާފަށް ފަނޑިޔާރުން ވަކިކުރުމުން ޤާނޫނުން ލިބޭ ރައްކާތެރިކަން ގެއްލޭ. ޖޭއެސްސީ ސިޔާސީ ވެފައިވާއިރު މަޖިލީހުން ބަލަނީ ޤާނޫނުއަސާސީއާ ހިލާފަށް ކަން ކުރަން ފަހިކުރަން." ޖަމީލް ވިދާޅުވިއެވެ.
ފަނޑިޔާރުން ވަކިކުރުމުގައި ޖޭއެސްސީ/މަޖިލީހުން އަމަލުކުރާ ގޮތުން ޑިއު ޕްރޮސެސް ގެއްލިއްޖެ. ޤާނޫނުއަސާސީގައިވާ ގޮތާ ހިލާފަށް ފަނޑިޔާރުން ވަކިކުރުމުން ޤާނޫނުން ލިބޭ ރައްކާތެރިކަން ގެއްލޭ. ޖޭއެސްސީ ސިޔާސީ ވެފައިވާއިރު މަޖިލީހުން ބަލަނީ ޤާނޫނުއަސާސީއާ ހިލާފަށް ކަން ކުރަން ފަހިކުރަން
— Mohamed Jameel Ahmed (@MJameelAhmed) August 29, 2019
ފަނޑިޔާރުން ވަކިކުރުމުގައި ޑިއު ޕްރޮސެސް ގެއްލިފައިވާ ކަމަށް ޖަމީލް ވިދާޅުވެފައި ވަނީ އިއްޔެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރި އަބްދުﷲ ދީދީ (ޑީޑީ) ވަކިކުރުމުގެ ކަންތައްތައް ވަރަށް އަވަސް އަރުވާލައިގެން މަޖިލީހުން ކުރިއަށް ގެންގޮސްފައި ވާތީއެވެ.
ޑީޑީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރުމުގެ މައްސަލަ ޖޭއެސްސީ އިން މަޖިލީހަށް ފޮނުވިތާ 24 ގަޑިއިރު ނުވަނީސް ވަނީ މަގާމުން ދުރުކޮށްފައެވެ. ޑީޑީގެ މައްސަލަ ޖުޑީޝަލް ކޮމެޓީއަށް ފޮނުވާ، އެކޮމެޓީން އެމައްސަލަ ދިރާސާކޮށް، އަނބުރާ މަޖިލީހަށް ފޮނުވާ، މަޖިލީހުން އެކަމަށް ބަހުސްކޮށް، ޑީޑީ މަގާމުން ދުރުކުރަން ހޭދަވީ 18 ވަރަކަށް ގަޑިއިރެވެ.
ޑީޑީ ވަނީ އޭނާ ފަނޑިޔާރުކަމުން ވަކިކުރީ އެއްވެސް މީހެއްގެ ބާރާއި، ނުފޫޒަކަށް ބެލުމެއްނެތި ޙުކުމް ކޮށްފައި ވާތީ ކަމަށް ވިދާޅުވެފައެވެ.
ޑީޑީ އާމެދު އެއްވެސް ފިޔަވަޅެއް ނޭޅުމަށް ސްޕްރީމް ކޯޓުން ނެރުނު އަމުރު ކޮބާތަ؟ އެ އަމުރު ވުޖޫދުގައި އޮއްވާ ޑީޑީ ވަކިކުރި ކުރުމަކީ ސްޕްރީމް ކޯޓުގެ އަމުރަށް ތަބަޢަނުވުންކަމުގައި ނުވާނެބާ؟ އެއަމުރު މަޖިލިހުން ބާތިލްކުރީތަ؟ މިއީ ހައްތަހާވެސް އުފެދޭ ސުވާލުތައް!
މީ ދެން ކާކުތަ އަދިވެސް ރެލަވަންޓް ވާންވެގެން ކޮރަޕްޓް ފަނޑިޔާރެއްގެ ފަހަތަށް އަރާ ހުރެ ފާޑުފާޑުގެ ކޮމެންޓު ކުރަނީ!
މާތްالله ހުރިހާކަމެއްވެސް މޮޅަށް ދެނެވޮޑިގެންވަނީ.
"ނަޖްވާ" ތިޔަ ބުނާހެން ފަނޑިޔާރު ޑީޑީ އަކީ ކޮރަޕްޓް މީހަކަށް ވިޔަސް، ދިވެއްސަކަށްވަންޏާ
ރާއްޖޭގެ ޤާނޫނު އަސާސީން ލިބިދޭ ޙައްޤުތަށް ލިބެން ޖެހޭނެ.
އަންނިއަށް ހުކުމް ކުރީމާ ތިމާމެންނަށް ބާރު ލިބުނު ދުވަހު ޤާނޫނުއަސާސީއާޢި ޚިލާފަށް ބަދަލު ހިފުމުގެ ރޫޙުގައި ފަނޑިޔާރު ވަކިކުރީ. އަދިވެސް ތި އަނިޔާވެރިން އޭގެ ހިތިރަހަ ދެކޭނެ ދުވަސް އަންނާނެ.
މސﷲ ހިތިރަހަދެކޭނެ( އމޑޕ)