ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދަނީ އެމަނިކުފާނަށް މަންފާނެ ގޮތަށް ކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުން ސިރާޖު ވިދާޅުވީ މިހާރުން މިހާރަށް ޕީޖީގެ މަގާމުގައި ހުންނެވި އައިޝަތު ބިޝާމް މަގާމުން ދުރުކުރަންޖެހޭ ކަމަށާއި ޔާމީންގެ ޝަރީއަށް ކުރިއަށްދާތީ އެ މަގާމުގައި ބިޝާމް ބެހެއްޓުމަކީ ދެއްކޭނެ ބަހަނާއެއް ނޫން ކަމަށެވެ.

ސިރާޖު ވިދާޅުވީ ސިއްރު ހެކިތައް ހާމަ ކުރުން ފަދަ ކަންކަމަކީ ގަސްތުގައި ކުރައްވާ ކަންކަން ކަމަށާއި އިޖުރާއަތްތަކާ ހިލާފަށް ވެސް އެތަށް ކަމެއް ކުރަމުންދާ ކަމަށެވެ. ޔާމީންގެ ޝަރީޢަތައް އިޝާރާތް ކުރަމުން ސިރާޖު ވިދާޅުވީ ބިޝާމް ގެންދަވަނީ ރައީސް ޔާމީންއަށް މަންފާވާ ގޮތަށް ކަންތައް ކުރައްވަމުން ކަމަށެވެ.

"އިއްޔެވެސްް ސިއްރު ހެކިންތަކެއް ހާމަވީ އެއީ އޯޅިގެން ވާ ކަމެއް ނޫން. އެއީ ގަސްތުގައި ކުރަމުންދާ ކަމެއް. މިހާރުން މިހާރަށް ވަކި ކުރަން ޖެހޭ ކަމެއް. ރައީސް ޔާމީންގެ ޝަރީއަތެއް ހިނގާތީ ޕީޖީ ވަކި ކުރަން ނުޖެހޭނެ ކަމަށް ދެއްކޭނެ އެއްވެސް ބަހަނާއެއް ނޯންނާނެ. އެ ޝަރިއަތްތައް ވެސް އެ ގެންދަނީ ރައީސް ޔާމީންއަށް އޭގެ މަންފާނާވެ ގޮތަށް އެތަށް އިޖުރާއީ ކަންކަމެއް ގޯސްކޮށް،" ސިރާޖު ވިދާޅުވި އެވެ.

ޕީޖީގެ މަގާމުން ބިޝާމް ވަކި ކުރަން ޖެހޭ ކަން ޖުޑީޝަލް ކޮމިޓީއަށް ހާޒިރު ކުރުމަށް ފަހު ހާމަވި ކަންކަމުން ވެސް އެނގިގެންދާ ކަމަށް ސިރާޖު ވިދާޅުވި އެވެ. ޕްރޮސެކިއުޓަލް ގައިޑްލައިންއާ ހިލާފަށް މިހާރު ވެސް އަމަލު ކުރަމުންދާ ކަމަށާއި ގެއްލުނު ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލާގައި އެ ކޮމީޓީއަށް ދޮގު މައުލޫމާތު ދީފައިވާ ކަން ވެސް ހާމަވެފައިވާ ކަމަށް ސިރާޖު ވިދާޅުވި އެވެ.

"އަޅުގަނޑަކަށް ނުވިސްނޭ މިކަންކަން މިހެން ހުރި އިރު އަދި މި ރާއްޖޭގެ އެތަށް ފަރާތެއްގެ މައްޗަށް ނުހައްގުން ދައުވާތަކެއްކޮށް ގާނޫނާ ހިލާފަށް އަމަލުކޮށްފައިވާ އިރު ވެސް ބިޝާމް މަގާމުން ވަކި ނުކުރެވިގެން އުޅެނީ ކޮން ބޭނުމަކަށްޓަކައި ކަން،" ސިރާޖު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. ޔައުނީ

  ކޮރަޕްޓް ބެއަށް ލިބުނު އެތިވަރު މަދީތޯ

  25
  1
 2. ހެހެހެ

  ސިރާޖު އަށް ރެހެންދި އެޕާޓްމެންޓްއިން ފްލެޓެއް ލިބިފައިވޭ. ކަލޭ ކޮއްފަހުރި ކޮރަޕްޝަންގެ އަމަލުތައް އޮއްބަން ވެގެން ޔާމީނުއާ އަޅައިގަނެގެން ނެއްޓެން ނޭންގިގެން ތިއުޅެނީ.

  49
  2
 3. ތައުފީޤު

  މިހިރަގަމާރު ޖާހިލުގަޑާ ޝަރީއަތްގެންދަނީ އިންސާފުވެރިކޮށް! އިންސާފުވެރިނޫންކޮށް މައްސަލައިގެތެރެއަށް ވަދެ ޕިޖީގެ ވަކީލުންނާ ހެކިންނާ ފުލުސްއޮފީހުައި ބައްދަލުކުރީ ސަރުކާރުން ބޭނުންވާގޮތައް މައްސލަ ނިންމަންވެގެން ! ފަޑިޔާރުގެ ފަރާތުން އެއްވެސް މިންވަރަކަށް ޔާމީނުއަށް ލުޔެއްދީފައެއްނެތް! ޔާމީނުގެ މޮޅު ބުއްދީގެ ބޭނުންހިފައިގެން ސަރުކާރުން އުފެއްދި ހެކިން ފަޅައަރުވާލީމައި މިޔަށްކިޔާނީ ޔާމީނުގެ މޮޅުކަން ފަޑިޔާދޭނީކޮންލުޔެއްތަ! މުޅީރާއްޖެ މި މަންޒަރުބަލަމުންދާއިރު ތިޔަގޮތައްބުނި މީހަކީ ތިޔަގޮތެއްނެތް ސިރާޖު! ހާދަހަސަވެރިދޯ

  42
  2
 4. ދއ

  ސާބަހޭ ކަލޯ ތިމާމެން ހިތް ނޭދޭ އެންމެން މަޤާމުތަކުން ވަކިކުރިޔަސް ކަލޭމެންނަށް ނުކުރެވޭނެ އެއްކަމެއް އެބައޮތް އެއީ ކަލޭމެންނަކަށް އެއްވެސް މީހެއްގެ ރިޒުގެއް ބަންދެއް ނުކުރެވޭނެ> މިއަދު ބޮޑާކަމާއި ކިބުރުވެރިކަމުގައި ޖާހާއި މަޤާމުގެ ބޭނުންކޮށްގެން ދުލެއް އައިހާ އެއްޗެއް އެހެން މީހުންނާދިމާއަށް ގޮވިދާނެ! މާދަމާގެ މަތިން ހަނދާންކުރަން އޮތް ދުވަހަކީވެސް ހަމަ މިއަދުކަން ހަންދާންކޮށްދެން!

  39
  1
 5. ނުރަބޯ

  ކަލޭ ތިހުރީ ހަމައިގަތަ. އިއްޔެ ސިއްރުހެއްކެއް ހާމަވި ވާހަކައެއް ނޫން އޮތީކީ. ދަށުކޯޓުން ޝަރީއަތްކުރިއިރުގެ ވާހަކަ އޮތީ.

  20
  1
 6. ދަންސޫރަ

  ޔާމީން އަކީ ބަތޮލެއް މިސަރުކާރުން ރަށްޔިތުންނަށްދޭ ހިދުމަތްތަށް ލިބެނީ ޔާމީންގެ ސަރުކާރުން ބޮޑެތި މަސްރޫޢުތަށް ނިންމާފަހުރީމަ

  24
  1
 7. ޞިރާޠު

  ދައުލަތުން ހުށައެޅި ޕްރޮސިކުޓަރާ ، ވަކިގޮތަކަށް ހެކިދިނުމަށް ޓްރެއިންކޮށް ނެރުނު ހެކިންނާ މައްސަލަ ބަލަން އިން ފަނޑިޔާރާ މި އެންމެން ތިބީ ވާނުވާ ނޭގިފަކަން ލައިވް ޝަރީޢަތުން ރައްޔިތުންނަށް ވަރަށް ސާފެވެ. ޔާމީން އަދި އެމަނިކުފާނުގެ ވަކީލުން ނެންގެވި އިޖްރާތުތަކަށް ދައުލަތް ހުއްޓުންއަރާ ކޮށިއަރާގަތްމަންޒަރުވެސް ފެނުނެވެ. ދައުލަތުން ހުށައެޅި ހެކިން އެއްދުވަސްކުރިން ކޮޓަރިއަކަށްލާ ރިހާސަލް ޖެއްސާ އެ ރިހާސަލްއާ އެއްގޮތަށ ބުންނަނޭގިގެން ފެންބޯ މަންޒަރުވެސް ފެނުނެއެވެ. ދެން މިނިކާވަގު ޅަ ބަކަރީގެމައްޗަށް ޙުކުމްކުރިގޮތަށް " އެހެންނަމަވެސް" ކިޔާފަ ޣައިރުޤާނޫނީ ޙުކުމެއް ނެރެ އިންސާނަކަށް ނުޙައްޤުން އަދަބު ދީފަ ސަލާމަތުން ތިބެވޭނޭކަމަށް ހީނުކުރާށެވެ.

  16
 8. ގަމާރު ފާޠިމާ،

  ދައުލަތަށް ލިބޭ ފައިސާ އޮތަރައިޒް ކުރުމުގެ އޮތޯރިޓީ ލިބިފައިވާ ފަރާތަކަށް ރައީސް ޔާމީން ވީހިނދު، އެމަނިކުފާނުގެ އެކައުންޓަށް އެއްމިލިޔަން ޑޮލަރު ޖަމާކޮށްފައިވަނީ، އެހެންފަރާތަކުން ކަމުގައިވާއިރު، އެކަން އެނގުމާއެކު، އެފައިސާ ޙިމާޔަތްކޮށް ރައްކާތެރިކުރުމަށް ލިޔުމުން ވެފައިވާ އެއްބަސްވުމަކީ، އޭސީސީއާއި، ސީދާ ރައީސް ޔާމީނުއާއި ދެމެދު ވެފައިވާ އެއްބަސްވުމަކަށްވާއިރު، ހިނގާދިޔަ ޙާދިސާގައި ޢަލަމުކޮށްފައިވާ ގޮތަށްބަލައި އެއީ މަނީލޯންޑްރިންގެ މައްސަލައެއް ކަމަށް ޤަބޫލު ނުކުރެވޭނެއެވެ.

 9. ގލޅ

  ޔާމީ ތާށިކުރަން ޖަހާމަޅިފަތީގައި ބެދޭނީ ނިވަލުގައި ފިލާހުރި މުލިވަގެވެ ހުރިހާ ކުށަކުން ސަލާމަތްވެ ހުދުބޯކިރުކޮޅަކަށް ހެދި ކިހާދުވަހަކު ހުރެވޭބާވައެވެ

 10. ގުއިދައިތަ

  ޔާމީނަށް ކާމިޔާބު ވާހެން ހީވީމާ ޕީޖީ އެއް ނޫން ޤާޒީއެއް ނޫން އަދި ޤާނޫނު ވެސް ކަލޭމެނަށް ގޯސްވާނެ. މިހިރީ މިމަރުމޯލުގެ ފެންވަރު. އަދީބު އަތުން ޚިޔާނާތުގެ ލާރިގަނޑު ހޯދައިގެން ރެހެންދި ފްލެޓެއް ގަނެގެން އުޅޭ ބުރާންޗެއް މީ. ތަންކޮޅެއް އާރުލާ ވާހަކަ ދައްކަބަލަ ތިޔަ މަޖިލީހުގަ. ކުރީގަ ރީކޯ މޫސަ މައުމޫނާއި އަޅައިގަނެގެން ނެއްޓެން ނޭނގިގެން އުޅުނުހެން މީނަ މިއުޅެނީ ޔާމީނާއި އަޅައިގަނެގެން. މިކަލޭގެއަށް ޤާނޫނީ ވަކީލު ކަމުގެ ހުއްދަ ދިނީ ކާކުބާއޭ ހިތަށް އަރާ. ސިކުނޑީގެ ޓެސްޓެއް ހަދާފަ، އެހުއްދަ ބާތިލުކޮށް މަޖިލިސް މެމްބަރު ކަމުން ވެސް ވަކިކުރަންވެފަ މީނަ މިހިރީ. މަޖިލީހަށް މިފަހަރު ހޮވުން އެންމެ "ކަޑަ" އެކަކު މީ.

 11. މުހައްމާ

  އެމް،ޑީ،ޕީ ސަރުކާރު މިއީ
  ޥަރަށް ހެއްވާ ކާރެއް
  ޝަރުއީނިޒާމްގަ ވެސް
  މެޝިނެއް. ބަހައްޓަށް .ވީ .ހައްޤާއި.ހަާލު.އެއްކިބާކޮށް
  ޝަރީއަތް.ވެސް .ކަމުނުދާ.ކަމަށް.ބުނާބައެއް !!!!!!!!

 12. މުޙައްމާ

  މިވެރިން ބަލަނީ ޔާމީން ވަގަކަށް ހަދާފަ ޖަލަށްލާން އެއީ ނުހައްގުންވެސް ވެސ ް އެކަން ކުަރަން މިއުޅެނީ!!!!!!!