ހދ. ނޮޅިވަރަންފަރުން ފުރައިގެން ދަތުރުކުރި ޑިންގީއެއް ބަންޑުންޖަހާލުމުން ގެއްލިގެން ހޯދަމުންދިޔަ އަންހެން މީހާ ފެނިއްޖެއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވީ، ގެއްލުނީ ހދ. ނޮޅވަރަންފަރުން ފުރައިގެން އެ އަތޮޅު ހަނިމާދޫއަށް ދަތުރުކުރި ޑިންގީއެއް ކަމަށެވެ. މި ޑިންގީން ޖުމްލަ ދިހަ މީހަކު ދަތުރުކުރި ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއެވެ.

ޑިންގީން ދަތުރުކުރި ދިހަ މީހުން ގެއްލިގެން ހޯދަމުން ދަނިކޮށް މިހާރު ފެނިފައި ވާއިރު، އޭގެތެރެއިން ފަސް މީހަކު ނިޔާވެފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ. މި ހާދިސާގައި ނިޔާވި މީހުންގެ ތެރޭގައި ޑިންގީން ދަތުރުކުރި ހަމަ އެކަނި ކުޑަކުއްޖާވެސް ހިމެނެއެވެ.

މި ޑިންގީ ބަންޑުން ޖަހާލާފައި ވަނީ ހަނިމާދޫ ކަންމައްޗަށް ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފް ކޯސްޓްގާޑު އެމްއާރުސީސީއަށް ލިބިފައިވަނީ މިއަދު މެންދުރު 12:25 ހާއިރު ކަމަށެވެ. ޑިންގީ ބަންޑުންޖަހާލި ހާދިސާ އާއި ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑު ލޯންޗުންނާއި ސީ އެމްބިއުލާންސް ހަރަކާތްތެރިވެފައި ވެއެވެ.

ނޮޅިވަރަންފަރުން ހަނިމާދޫ އަށް ލޯންޗެއްގައި އާންމު ގޮތެއްގައި ދިހަ މިނެޓު ތެރޭގައި ދަތުރު ކުރެވެއެވެ. މިއަދުގެ ހާދިސާގައި ބަންޑުންޖަހާލި ޑިންގީއަކީ އާންމު ގޮތެއްގައި މި ދެރަށުގެ ދެމެދުގައި ދަތުރުކުރާ ޑިންގީ އެއް ކަމަށް ވެއެވެ. މި ޑިންގީ ބަންޑުން ޖަހާލާފައި ވަނީ މޫސުން ގޯސްވެ ކޮޅިގަނޑެއްގައި ޖެހިގެން ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއެވެ. ޑިންގީ ބަންޑުން ޖަހާލި ވަގުތު އެއިން ދަތުރުކުރި އެއްވެސް މީހަކު ލައިފްޖެކެޓް ނާޅައި ތިބިކަން ވެސް އެމްއެންޑީއެފް އިން ފާހަގަކޮށްފައި ވެއެވެ.

ޑިންގީ ގެއްލިގެން ރިޕޯޓުކޮށްފައި ވަނީ ނޮޅިވަރަންފަރުން ނައްޓާލިތާ އެތައް އިރެއްވީއިރުވެސް ހަނިމާދޫއަށް ލޯންޗު ނުދިއުމުންނެވެ. އަދި ޑިންގީ ބަންޑުންޖަހާލި ކަން އެނގިފައި ވަނީ، އެއިން ދަތުރުކުރި މީހަކު ފަތާފައި ގޮސް ހަނިމާދޫއަށް އަރައި އެކަން އެންގުމުންނެވެ. އެ ހާދިސާގެ ރިޕޯޓު ލިބުނުތާ ގިނައިރެއް ނުވެ އެމްއެންޑީއެފް އިން ވަނީ ހާދިސާ ހިނގި ސަރަޙައްދުގައި ހަރަކާތްތެރިވެފައެވެ. އަދި އޭގެ ފަހުން ކަނޑުވެފައި ތިބި މީހުން ހޯދައި އެމްއެންޑީއެފްގެ އުޅަނދެއްގައި ހަނިމާދޫ ސިއްޙީ މަރުކަޒަށް ވަނީ ގެންގޮސްދީފައެވެ.

ހދ. އަތޮޅުގައި ދިހަ މީހުންނާއެކު ދަތުރުކުރަމުންދިޔަ ޑިންގީއެއް ބަންޑުން ޖަހާލާފައި މިވަނީ، އެ ސަރަޙައްދަށް މޫސުން ގޯސްވެ، ރީނދޫ ސަމާލު (ޔެލޯ އެލާޓް) ނެރެފައި ވަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ......

    މިހާ ވިއްސާރަ އިރު ދަތުރު ކުރާ ކަށް ނުވާނެދޯ !!!

    70
    8
  2. ދަންސޫރަ

    މިއޮށް ސަރުކާރެއް ސަރުކާރު ޖާހިލުވިވަރަކަށް ގައުމުގަ ބުރުވެރިކަން އުފެދޭނެ

    29
    49
    • ކެރަބެ

      މާ ސިޔާސީ ވާން ނޫޅެބަލަ!

      21
    • ކަދުރު

      ކަލޭގެ ޖާހިލުކަން ކުޑަތަ؟ ގުދުރަތީ ހާދިސާ ހިނގީމަވެސް ސަރުކާރު ކުއްވެރިކޮށް ވާހަކަދަށްކާ ގަމާރަކު ބަލައިބޮޑު ކޮށްފި ވިއްޔަ.

      16
      1
  3. Muslim

    ޙެޔޮހަާލުގައި ލަހައްޓަވާށި

    42
    1
    • ރާޅު

      ކޮންބައެއްތޯ، މަރުވިމީހުންތޯ؟

  4. ލޯންގޭ

    ހާދާދެރައޭ..???

    40
  5. ދެރަވެއްޖެ

    ދަތުރު ކުރާއިރު ޖެކެޓް އެޅުވުން އެއީ ހާދަހާ މުހިންމު ކަމެކޭ!
    ކޮންމެ ދަތުރެއް ކުރަންފަށާއިރު ކުރަންވެއްޖެ!
    މިކަމައްމަލާމަތް ނުކުރަންއެދެން!
    ހިތާމައިގެ ކޮޅެއްނެތް!
    ﷲ ގެ ރަހުމަތުން އެމީހުން ސަލާމަތް ކޮއްދެއްމުމަށް އެދި ދުއާކުރަން!

    101
  6. ދަންސޫރަ

    މިހާގަދައިރު ހާއްސަކޮށް ކުދިއުޅަދުތަކުގަ ދަތުރުކުރާ ބޭފުޅުން ލައިފް ޖެކެޓް އަޅައިގެންތިބެ ދަތުރު ކުރައްވާ އޭރުން ކަމެއްދިމާވިޔަސް ހުރިހާބޭފުޅުން ސަލާމަތްވާނެ

    51
    3
  7. ބޭބެ

    މާތްﷲގެ އިރާދަފުޅުން ގެއްލުނު 3 މީހުންވެސް ހެޔޮ ޙާލުގައި ސަލާމަތާ ރައްކާތެރިކަމާއެކު ފެނުމަށް އިރާދަކުރައްވައިފާންދޭވެ. އާމީން

    76
  8. އަފީ

    އެއާއިލާތަކައް ކެއްތެރިކަންދެއް ވާށި
    އަދި ނިޔާވި މަރުހޫމުންނައް ސުވަރު
    ގޭގެދާއިމީ ނިއުމަތް ލައްވާށި
    أمين

    37
  9. ބޯކިބާ

    ވިއްސާރައަސް އަވިދިނަސް މާލެއަށް ފުރަން ނޫނީ މާލެއަށް ބަޔަކު ފުރުވަން ރާއްޖޭގެ ރައްޔިތުންނަށް މަޖުބޫރުކޮށްފަ އޮންނަނީ. އަސާސީ ހިދުމަތް ބޭނުމިއްޔާ ތޫފާނުގެ މެދުތެރޭވެސް މާލެއަށްނުގޮސް ފަރުޖެހޭގޮތަކަށްނޫން މާލޭމީހުން ކަންކަން ރާވައިގެން އުޅެނީ.

    4
    2
  10. ކަހަނބު 0

    މާތް ﷲގެނިޔާާާ އެކަކަށްވެސް ބަދަލު ނުކުރެވޭނެއެވެ .އެމީހުންނަށް ރަހްމަތްލެއްވުންއެދި ދުޢަާ ކުރާށެވެ ﷲގެ އަޅުން ދެރަވެފަ ތިބި ވަގުތު ބެޭކާރުވާހަކަ އެމީހުންނަށް އަމާޒު ނުކުރަާށެވެ ހެޔޮ ބަހެއް ނުޫނީ ނުބުނާށެވެ

  11. ާަަަަަެެެޮޮިުއަފީ

    * إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ

  12. ާަަަަަެެެޮޮިުއަފީ

    إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ

    إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ